ޝާހުގެ ނަން އަނބުރާ ގެންދިޔުމުން ޔަންގް ޑިމޮކްރެޓްސްގެ ލީޑަރު އޮޓެމެޓިކުން އިންތިހާބުވެއްޖެ

ޑިމޮކްރެޓްސްގެ އިންތިހާބެއްގެ ތެރެއިން: ޝާހު ބުނީ އޭނާ ނަން އަނބުރާ ގެންދިޔައީ ދިމާވެފައި އޮތް މައްސަލަ އަމިއްލައަށް ހައްލު ކުރަން ކަމަށް -- ފޮޓޯ: އަދަދު ފައިލް

ޑިމޮކްރެޓްސްގެ އިންތިހާބެއްގެ ތެރެއިން: ޝާހު ބުނީ އޭނާ ނަން އަނބުރާ ގެންދިޔައީ ދިމާވެފައި އޮތް މައްސަލަ އަމިއްލައަށް ހައްލު ކުރަން ކަމަށް -- ފޮޓޯ: އަދަދު ފައިލް

ވާދަވެރިޔާގެ ނަން އަނބުރާ ގެންދިޔުމުން، ދަ ޑިމޮކްރެޓްސްގެ ޒުވާނުންގެ ގޮފި, ޔަންގް ޑެމްސްގެ ރައީސްގެ މަގާމަށް މުހައްމަދު މާސިހު އިންތިހާބުވެއްޖެ ކަމަށް އެ ޕާޓީން މިއަދު އިއުލާނުކޮށްފި އެވެ.

އިންތިހާބުގައި ވޯޓު ލާންޖެހޭ އަދަދަށް ވުރެ ގިނައިން ވޯޓު ކަރުދާސް ދޫކޮށްގެން މައްސަލަ ދިމާވި ފޮށިތަކުގެ ވޯޓު ބާތިލުކޮށް، މައްސަލަ ހައްލުނުކުރެވި އެތައް ދުވަހެއް ވެފައި ވަނިކޮށް އެ މަގާމަށް ވާދަކުރި ޔޫސުފު ޝާހު ވަނީ ނަން އަނބުރާ ގެންގޮސްފަ އެވެ.

ޑިސެމްބަރު 2، 2023، ގައި ބޭއްވި ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބު އިންތިޒާމު ކުރުމުގައި ހަރަކާތްތެރިވި ފަރާތްތަކަށް ހެދިފައިވާ ގޯހަކުން ބައެއް ފޮށިތަކަށް ވޯޓުލާން ޖެހޭ މިންވަރަށް ވުރެ ގިނައިން ވޯޓު ކަރުދާސް ދޫކުރެވިފައިވާތީ ޔަންގް ޑެމްސްގެ ލީޑަރު އިންތިހާބުކުރުމަށް ލި ވޯޓުތައް ވަނީ ބާތިލުކޮށްފަ އެވެ. ބާތިލު ކުރި ވޯޓުގެ ނަތީޖާ އޮތް ގޮތުން ކުރި ހޯދީ ޝާހެވެ.

ނަމަވެސް އިތުރަށް ވޯޓު ކަރުދާސް ދޫކުރެވިފާ ކަމަށް ބުނެ އެ ވޯޓު ބާތިލުކުރިތާ ދެ މަސް ދުވަސް ފަހުން ބާތިލުކުރި ބައިތަކުގެ ވޯޓުލުން އަލުން އޮންނާނެ ދުވަހެއް އިއުލާނު ކުރުމެއް ނެތި، އެ މަގާމުތައް ނުލައި ޕާޓީ ރައީސް ވަނީ ކައުންސިލް އެކުލަވާލައިފަ އެވެ.

އެކަމާ ޒުވާން މެންބަރުން ނުރުހުން ފާޅު ކުރަމުން ދަނިކޮށް ޑިމޮކްރެޓްސްއިން ފަހުން ވަނީ ބާތިލުކުރި ވޯޓުތައް ފެބްރުއަރީ މަހުގެ 17، ގައި ބާއްވާނެ ކަމަށް އިއުލާނުކޮށްފަ އެެވެ.

ނަމަވެސް އެ ޕާޓީން މިއަދު ކުރި އިއުލާނެއްގައި ބުނީ ޕާޓީގެ ޔަންގް ޑިމޮކްރެޓްސްގެ ލީޑަރުކަމަށް ކުރިމަތިލާފައިވާ ދެ ކެންޑިޑޭޓުންގެ ތެރެއިން، ޔޫސުފް ޝާހްގެ ނަން އަނބުރާ ގެންގޮސްފައިވާތީ، އެމަގާމަށް ވާދަކުރި ދެވަނަ ކެންޑިޑޭޓު މާސިހު އޮޓަމެޓިކުން އިންތިހާބުވެފައިވާ ކަމަށެވެ.

"އަދަދު" އާ ވާހަކަ ދައްކަމުން ޝާހު މިއަދު ވިދާޅުވީ އޭނާ ނަން އަނބުރާ ގެންދަން ނިންމީ، އެތައް ދުވަހެއް ފާއިތުވި އިރުވެސް ޕާޓީއަށް އެ މައްސަލަ ހައްލު ނުކުރެވުމުން އެކަމަށް އޭނާ އަމިއްލަ ހައްލެއް ހޯދައިދިނުމަށް ކަމަށެވެ. އަދި އެ މައްސަލަ ޕާޓީއަށް ހައްލުނުކުރެވުމުގެ ސަބަބުން ޕާޓީގެ އެކި ކަންތައްތަކުގައި އިސްކޮށް އުޅުނު އެތައް ޒުވާނުން ޕާޓީގެ ހަރަކާތްތަކާއި ދުރަށް ޖެހެމުންދާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

އެގޮތުން ދަ ޑިމޮކްރެޓްސްގެ އައްޑޫސިޓީ ވިމެން ޑިމޮކްރެޓްސް ލީޑަރު އަދި ހުޅުދޫ ދައިރާގެ ރައީސް ވެސް ވަނީ މަގާމުން އިސްތިއުފާ ދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox