ރައީސްގެ ސުވާލެއް: އަޅުގަނޑު އެންމެ މައުލޫއެއްގައި ވެސް ދެގޮތަށް ވާހަކަ ދައްކައިފިންތޯ؟

ރައީސްގެ ސުވާލެއް: އަޅުގަނޑު އެންމެ މައުލޫއެއްގައި ވެސް ދެގޮތަށް ވާހަކަ ދައްކައިފިންތޯ؟

އެއްވެސް ކަމަކާ ގުޅޭ ގޮތުން ދެގޮތަކަށް ވާހަކަ ދައްކަވާފައި ނުވާނެ ކަމަށް ވިދާޅުވެ އިދިކޮޅު ފަރާތްތަކާއި އާންމުންގެ ފަރާތުން އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްދު ދެއްވައިފި އެވެ.

ރައީސް މުއިއްޒު އެކި މަންސަތަކުގައި ދައްކަވާ ވާހަކަތައް ބަދަލުވަމުންދާ ކަމަށް ބުނެ އާންމުންގެ ފާޑުކިޔުން އަމާޒުވެފައިވެ އެވެ. އެގޮތުން, ކުރީގެ ރައީސް އަބްދުالله ޔާމީން މިނިވަން ކުރުމާއި ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމާ ގުޅޭގޮތުން ރައީސް ދައްކަވާފައިވާ ވާހަކަތައް ބަދަލުވެފައިވާ ކަމަށް ބައެއް ފަަރާތްތަކުން ދަނީ ބުނަމުންނެވެ.

ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ އަތޮޅު ވޭމަންޑޫގައި ރޭ ބޭއްވި ޖަލްސާއެއްގައި ރައީސް ވަނީ އެމަނިކުފާނު ދައްކަވާ ވާހަކަތައް މިހާތަނަށް ބަދަލުވެފައި ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.

"ދުވަހަކު ވެސް އަޅުގަނޑު މިއަދާ ހަމައަށް އައިރުގައި، ކެމްޕެއިން ތެރެެއިން ފެށިގެން، ކެމްޕެއިން ފެށި ދުވަހުން ފެށިގެން މިއަދާ ހަމައަށް އައިއިރުގައި އެންމެ މައުލޫއެއްގައި ވެސް ތަފާތު ގޮތަކަށް ވާހަކަ ދައްކައިފިންތޯ،" ރައީސް ވިދާޅުވި އެވެ.

"ނޯންނާނެ ދައްކާފައެއް,"

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް ފަހު، މަދަނީ މީހުންގެ ގޮތުގައި އޮޅުވާލައިގެން އަލުން ގެންނާނެ ކަމަށް ދެކެވޭ ވާހަކައާ ގުޅުވައި ސުވާލުކުރުމުން، އެކަން އެހެން ނުހިނގާނެ ކަމަށް ރައީސަށް މިއަދު ވެސް ވިދާޅެއް ނުވެ އެވެ.

އޭގެ ބަދަލުގައި ވިދާޅުވީ، "ރާއްޖޭގައި ބޭރު ސިފައިންގެ އެއްވެސް ބަަޔަކު ނުތިބޭ ހިސާބަށް ގެންދެވޭނެ" ކަމަށެވެ. ސީދާ އެ ކަމަށް ޖަވާބެއް ނުދެއްވަ އެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ރާއްޖޭން އިންޑިއާގެ ސިފައިން އެއްކޮށް ފޮނުވާލުމުގެ ވައުދާ އެކު އެވެ. ނަމަވެސް, އެކަމާ ގުޅޭ ގޮތުން އިންޑިއާ ސަރުކާރުން ދައްކާ ވާހަކަ އާއި ރާއްޖޭން ދައްކާ ވާހަކައާ ދިމައެއް ނުވެ އެވެ.

އިންޑިއާގެ އަސްކަރިއްޔާ ރާއްޖޭން ބޭލުމަކީ ނޮން ނެގޯޝިއަބަލް ކަމެއް ކަމަށް ކެމްޕޭނުތެރޭގައި ރައީސް މުއިއްޒު ވިދާޅުވެފައި ވާއިރު، ވެރިކަމަށް ވަޑައިގެން އިންޑިއާއަށް ބަހުގެ ހަމަލާތައް ވެސް ދޫކުރައްވަމުން ގެންދެވުމަށް ފަހު ރޭ ވޭމަންޑޫގައި ވިދާޅުވީ "ރުންކުރު އުސޫލު ބޭނުންކޮށްގެން" ކަންކަން ހާސިލު ނުވާނެ ކަމަށެވެ.

އިންޑިއާ ސިފައިން އެއްކޮށް ބޭލުމަށް ސަރުކާރުން ފުރަތަމަ ދިން ތާރީހަކީ މާޗު 15 އެވެ. ނަމަވެސް، އެ ތާރީހު ބަދަލުކޮށް، މާޗު 10 ގެ ކުރިން ބާލަން އެއްބަސްވީ ރާއްޖޭގެ އެއް ސަރަހައްދެއްގައި ތިބި އިންޑިއާ ސިފައިންނެވެ. އެހެން ސިފައިން ބާލަން އެއްބަސްވީ މެއި 10 ގެ ކުރިންނެވެ.

ރިޔާސީ ކެމްޕޭނުގައި ވީ އެންމެ ބޮޑު ވައުދަކީ ކުރީގެ ރައީސް އަދި ޕީޕީއެމް/ޕީއެންސީގެ އޭރުގެ ލީޑަރު އަބްދުﷲ ޔާމީން މިނިވަން ކުރެއްވުމެވެ. އޭރު ރައީސް މުއިއްޒު އާއި އެ ކޯލިޝަންގެ ލީޑަރުން ވިދާޅުވަމުން ގެންދެވީ ޔާމީން ޖަލަށް ލާފައި ހުރީ ކުށެއް ކޮށްގެން ނޫން ކަމަށާއި، މިިނިވަން ނުވެ ހުރީ އޭރު ސަރުކާރުން ކޯޓުތަކަށް ނުފޫޒު ފޯރުވާތީ ކަމަށެވެ.

ޔާމީން އަދިވެސް މިނިވަން ނުވެ ހުންނެވިއިރު، އެ ވައުދު ފުއްދިފައިވާ ކަމަށް މި ސަރުކާރުން ބުނެފައިވެ އެވެ. އެ މަނިކުފާނު އަދިވެސް ހުންނެވީ މާލޭ ބަންދުގަ އެވެ. ކުރިން އިވެމުންދިޔަ ހަރާމް ހުކުމުމުގެ އަޑުވެސް ވަނީ ކެނޑިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox