ކުރީގެ ރައީސް ޔާމީންއާ ގުޅުވައިގެން ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދު އެ އޮތީ ފުދިފައި: ޝަހީބު

ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ޝަހީބު -- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ޝަހީބު -- ފޮޓޯ: ރައީސް އޮފީސް

ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދު އޮތީ ފުދިފައި ކަމަށް ސަރުކާރުގެ ތަރުޖަމާނު، މުހައްމަދު ޝަހީބު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަހީބު ވިދާޅުވީ ޔާމީންއާ ގުޅުވައިގެން ރައީސް މުއިއްޒު ދެއްކެވި ވާހަކައަކީ އެ އޭރުގެ ސަރުކާރުން ޔާމީންގެ މައްޗަށް ކުރި ހުކުމަކީ ޝަރުއީ ނިޒާމުގެ ތެރެއަށް އަތް ބާނައިގެން ކޮށްފައިވާ ސިޔާސީ ހުކުމެއް ކަމަށާއި ވެރިކަން ލިބިވަޑައިގެންފި ނަމަ ސަރުކާރުން ޝަރީއަތުގެ މައްޗަށް ނުފޫޒު ފޯރުވުން ހުއްޓައިލައްވާނެ ކަމަށެވެ.

"ރައީސްކަމުގެ ހުވާ ކުރެއްވި ދުވަހު 17 ނޮވެމްބަރު، އެ ދުވަހު ދެއްވި ރިޔާސީ ބަޔާނުގައި ވަރަށް ސާފު އިބާރާތުން ވިދާޅުވީ ސަރުކާރުން ޖުޑީޝަރީއަށް އަތް ބޭނުން މިވަގުތުން މިވަގުތަށް ނިމުނިއްޔޭ، ސަރުކާރުން ޖުޑީޝަރީ ތެރެއަށް އަތެއް ނުބާނަމޭ. ކޯޓުތަކުގެ ތެރެއަށް އަތެއް ނުބާނާނަމޭ، ކޯޓުތަކުގެ މައްސަލަތަކަށް ނުފޫޒެއް ނުފޯރުވާނަމޭ. އެހެންވީމާ އެ ދުވަހުން ފެށިގެން ސަރުކާރުގެ ފަރާތުން ކޯޓުތަކަށް އަތް ބޭނުން ޝަރީއަތްތަކަށް ނުފޫޒު ފޯރުވުމުގެ މަރުހަލާ އެއޮތީ ނިމިފައި. އެހެންވީމާ ރައީސް ޔާމީންއާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދު އެއޮތީ ފުދިފައި،" ޝަހީބު ވިދާޅުވި އެވެ.

ޝަހީބު ވިދާޅުވީ ރައީސް ޔާމީން މިނިވަންވުން އޮތީ ޖުޑިޝަރީގެ އަތް މަތީގައި ކަމަށާއި އެއީ ސަރުކާރާ ގުޅޭ ކަމެއް ނޫން ކަމަށެވެ. އަދި އެކަމުގެ ތެރެއަށް ސަރުކާރުން ވަދެ ނުފޫޒު ނުފޯރުވާނެ ކަމަށް ވެސް ޝަހީބު ވިދާޅުވި އެވެ.

ނަމަވެސް ރައީސް ޔާމީން މިނިވަން ކުރެއްވުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުފުފުޅެކެވެ. ރިޔާސީ ކެމްޕޭނު ދުވަސްވަރު އެންމެ އަޑު ހަރުކޮށް ރައީސް ދެއްކެވި އެއް ވާހަކައަކީ އެމަނިކުފާނުގެ ވެރިކަމެއްގައި ޔާމީން ހުންނަވާނީ މިނިވަނެއްގެ ގޮތުގައި ކަމަށެވެ.

ރައީސް މުއިއްޒު ވެރިކަމުގެ ހުވާ ކުރައްވަން ވަޑައިގަންނަވާނީ ވެސް ޔާމީންއާ އެކުގައި ކަމަށް ޕީޕީއެމް/ޕީއެންސީގެ ލީޑަރުޝިޕުން އޭރު ބުނެފައިވެ އެވެ. ނަމަވެސް ރައީސް ޔާމީން މިވަގުތު ވެސް ހުންނެވީ ކުރީ ސަރުކާރުން ދެފަހަރެއްގެ މަތިން ދެއްވި ލުއިގަ އެވެ. އިތުރު ލުޔެއް ދެއްވަން ޔާމީންގެ ފަރާތުން އެދިވަޑައިގެންނެވި ނަމަވެސް އެކަމަށް ކަރެކްޝަންސްއިން ވަނީ އިންކާރުކޮށްފަ އެވެ.

ޝަހީބު ވިދާޅުވީ ރައީސް ޔާމީން ގެއަށް ބަދަލު ކުރީ ރައީސް މުއިއްޒުގެ އެދިވަޑައިގަތުމަށް ކަމަށާއި އެއީ ކުރީ ސަރުކާރުގެ "ހެޔޮފުޅު" ކަމުން ކުރި ކަމެއް ނޫން ކަމަށެވެ.

"އެއީ ކުރީ ސަރުކާރުން ހެޔޮފުޅު ކަމުންނޭ ގެއަށް ބަދަލުކުރީ ބައެއް ބޭފުޅުން ވިދާޅުވެދާނެ. ނަމަވެސް, އޭގެ ކުރިން ވެސް ފުރުސަތު އޮތް. އިންތިހާބީ ރައީސް އިލްތިމާސް ކުރެއްވީމާ ބަދަލުކުރެއްވީ،" ޝަހީބު ވިދާޅުވި އެވެ.

ޔާމީންއާ ގުޅުވައިގެން ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅު ފުދިފައިވާ ކަމަށް ސަރުކާރުން ބުނެފައިވާއިރު، ޕީޕީއެމް/ޕީއެންސީގެ ވެރިންނާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކުގައި ޔާމީން ވަނީ ޕީޕީއެމުން ވަކިވެ އައު ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށައިފަ އެވެ.

ޕީއެންއެފްގެ ނަމުގައި އުފެއްދުމަށް މަސައްކަތް ކުރާ އެ ޕާޓީގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ ފަރާތްތަކުން ދަނީ މި ސަރުކާރުން ޔާމީންއާ މެދު ކަން ކުރަމުންދާ ގޮތަށް ފާޑުކިޔައި ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެ ފަރާތްތަކުން ބުނަމުން ދަނީ މި ސަރުކާރުން ޔާމީންއަށް ބޭވަފާތެރިވެފައިވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox