ވަޒީފާއިން ވަކިވާން އަންގައި މުވައްޒަފުންނަށް އެޗްޑީސީން ފޮނުވި ސިޓީތައް ބާތިލުކޮށްފި

ރައީސް މުއިއްޒު އަދި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް. އެންގީ ތިން މަހުގެ މުސާރައާއެކު ވަކިވާން --- ފޮޓޯ: އަބްދުالله އިޔާން/އަދަދު

ރައީސް މުއިއްޒު އަދި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް. އެންގީ ތިން މަހުގެ މުސާރައާއެކު ވަކިވާން --- ފޮޓޯ: އަބްދުالله އިޔާން/އަދަދު

އެޗްޑީސީގެ މުނިސިޕަލް ހިދުމަތްތައް ދިނުމުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން މާލެ ސިޓީ ކައުންސިލުގެ ދަށަށް ބަދަލުވާން ބޭނުން ނުވާ ފަރާތްތަކަށް ވަޒީފާއިން ވަކިވުމަށް އަންގައި އެ ކޯޕަރޭޝަނުން ފޮނުވި ލިޔުންތައް އެ ކޯޕަރޭޝަނުން ބާތިލުކޮށްފި އެވެ.

އެ ކޯޕަރޭޝަނުން މުވައްޒަފުންނަށް ފޮނުވި މެސެޖުގައި ބުނެފައި ވަނީ ސިޓީ ކައުންސިލަށް ބަދަލުވާން ބޭނުން ނުވާ މުވައްޒަފުން "ރިޑަންޑެންސީ ޕޮލިސީ" ގެ ދަށުން ތިން މަހުގެ މުސާރައާ އެކު ވަޒީފާއިން ވަކިވުމަށް އަންގައި ފޮނުވި ލިޔުން ބާތިލު ކުރުމަށް އެޗްޑީސީގެ މެނޭޖުމަންޓުން ނިންމާފައިވާ ކަމަށެވެ.

އެ ލިޔުންތައް ބާތިލުކޮށްފައިވާ ކަން އެޗްޑީސީގެ އިސް އޮފިޝަލަކު ވަނީ "އަދަދު" އަށް ކަށަވަރު ކޮށްދީފަ އެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން އެޗްޑީސީގެ ރަސްމީ ބަހެއް އަދި ލިބޭގޮތް ވަނީ ނުވެފަ އެވެ.

މިދިޔަ ހަފުތާގައި އެޗްޑީސީގެ ބައެއް މުވައްޒަފުންނަށް އެ ކޯޕަރޭޝަނުން ފޮނުވި ސިޓީގައި ބުނެފައި ވަނީ މުނިސިޕަލް ހިދުމަތް ސިޓީ ކައުންސިލުގެ ދަށަށް ބަދަލު ކުރުމުން އެ ޑިޕާޓުމެންޓުގައި މަސައްކަތް ކުރަމުން އައި މުވައްޒަފުން ކުރާނެ އިތުރު މަސައްކަތެއް އެޗްޑީސީގައި ނެތް ކަމަށެވެ.

އެހެންކަމުން އެޗްޑީސީގެ މުނިސިޕަލް ޑިޕާޓުމެންޓުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން ސިޓީ ކައުންސިލަށް ބަދަލުވާން ބޭނުންނުވާ މުވައްޒަފުން މިއަދުގެ 12:00 ގެ ކުރިން އެ ކޯޕަރޭޝަނުގެ އެޗްއާރަށް އެންގުމަށް އެ ލިޔުމުގައި ބުނެފައިވެ އެވެ. އަދި އެ މުވައްޒަފުން ތިން މަހުގެ މުސާރައާ އެކު ވަޒީފާއިން ވަކިވުމަށް އަންގާފައިވެ އެވެ.

އެޗްޑީސީން ދެމުން އައި ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ސިޓީ ކައުންސިލުގެ ދަށަށް ބަދަލު ކުރަން ނިންމީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއްގެ ދަށުންނެވެ. އެ ހިދުމަތް ސިޓީ ކައުންސިލުގެ ދަށަށް ބަދަލު ކުރާއިރު، އެޗްޑީސީގައި ތިބި މުވައްޒަފުންނަށް ވަޒީފާ އަދާކުރާނެ ތަނެއް އިހުތިޔާރު ކުރުމުގެ ފުރުސަތު ދެއްވާނެ ކަމަށް ރިޔާސީ ކެމްޕޭނު ދުވަސްވަރު ރައީސް ވައުދުވެވަޑައިގެންނެވި އެވެ.

އެޗްޑީސީން ދެމުންދިޔަ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލުގެ ދަށަށް ބަދަލު ކުރުމަށް ޕީއެންސީގެ މެނިފެސްޓޯ އިފުތިތާހު ކުރި ޖަލްސާގައި ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދު ތަފުސީލު ކޮށްދެއްވަމުން މިދިޔަ އަހަރުގެ އޯގަސްޓު 23، ގައި ރައީސް ތުހުމަތު ކުރެއްވީ، ރަށްވެހިކަމުގެ ހިދުމަތް ދޭން އެޗްޑީސީން ބޭނުން ކުރި ބަޖެޓާއި ރިސޯސަސް މާލެ ސިޓީ ކައުންސިލުގެ ދަށަށް ބަދަލު ކުރުމަށް ވައުދުވެވަޑައިގެންނެވުމުން އޭރު އޮތް ސަރުކާރުން އެކަން އޮޅުވާލައި އެޗްޑީސީގެ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދެއްކި ކަމަށެވެ.

މުނިސިޕަލް ހިދުމަތް ސިޓީ ކައުންސިލުގެ ދަށަށް ބަދަލު ކުރާއިރު، އެޗްޑީސީގެ މުވައްޒަފުންނަށް ވަޒީފާ އަދާކުރާ ތަނެއް އިހުތިޔާރު ކުރުމުގެ ފުރުސަތު ދެއްވާނެ ކަމަށް ރައީސް ވިދާޅުވީ ކެމްޕޭނުގައި ށ. ކަނޑިތީމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

"އަޅުގަނޑު ދެންނެވީ ބަޖެޓު ބަދަލު ކުރާނަމޭ، ބަޖެޓާ އެކީގައި ރިސޯސް. މާނައަކީ ބޭނުންކުރާ ވެހިކަލްތަކާއި އެކަމަށް ބޭނުންކުރާ އެހެން އާލާތްތަކާ އެއްކޮށޭ ބަދަލު ކުރާނީ، މުވައްޒަފުން ބަދަލުވުމަކީ މުވައްޒަފުންގެ އަމިއްލަ އިހުތިޔާރުގައި އޮންނަ ކަމެއް، އާބަންކޯގައި މަދު ކުރެވޭނެ، އަޅުގަނޑުމެންނަށް ބަޖެޓު ބަދަލުވީމާ އެ ބަދަލުވާން ބޭނުންވާ މުވައްޒަފުން ބަދަލުވެފައި ދެން އިތުރަށް [ސިޓީ ކައުންސިލަށް] ބޭނުންވާ މުވައްޒަފުން އެ ބަޖެޓު ތެރެއިން އަޅުގަނޑުމެން އިއުލާނުކޮށްގެން ނަގާނީ، އެހެންވީމާ އެއްވެސް މީހެއްގެ ވަޒީފާއެއް ނުގެއްލޭނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެޗްޑީސީގެ މުނިސިޕަލް ޑިޕާޓުމެންޓުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން ސިޓީ ކައުންސިލަށް ބަދަލުވާ މުވައްޒަފުންނަށް މިހާރު ވެސް ލިބޭ މުސާރައާއި އިނާޔަތްތައް އެއް އަހަރު ދުވަސްވަންދެން އެޗްޑީސީން ދިނުމަށް ވަނީ ނިންމައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox