ވަޒީރުންނަށް ރުހުން ދިނުމަށް މާދަމާ ހެނދުނު 11:00 ގައި ޖަލްސާއެއް ބާއްވަނީ

ވަޒީރުންނަށް ރުހުން ދިނުމަށް މާދަމާ ހެނދުނު 11:00 ގައި ޖަލްސާއެއް ބާއްވަނީ

ވަޒީރުންނަށް ރުހުން ދިނުމަށް ތާވަލުކުރި މިއަދުގެ ޖަލްސާ ކުރިއަށްނުގެންދެވި ނިންމާލުމާ ގުޅިގެން އަނެއްކާ މާދަމާ ވެސް އެކަމަށް ޖަލްސާއެއް ތާވަލުކޮށްފި އެވެ.

މަޖިލީހުގެ އިދާރާއިން އެޖެންޑާ އާންމުކޮށްފައިވާއިރު ޖަލްސާ ފަށާނީ މާދަމާ ހެނދުނު 11:00 ގަ އެވެ. އެޖެންޑާގައި އޮތީ ރުހުން ދިނުމާއި އެކަމަށް ވޯޓަށް އެހުމެވެ.

މިއަދުގެ ޖަލްސާ ފުރަތަމަ ފެށީ ހެދުނު 9:00 ގަ އެވެ. އެ ދަންފަޅީގައި މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްފަހު ޖަލްސާ މެދުކަނޑާލީ މެންދުރު 1:30 ގައި ވޯޓުލާ ދަންފަޅި ފެށުމަށް މަސައްކަތް ކުރުމުން ސަރުކާރުގެ މެންބަރުން ވަނީ އެކަމަށް ހުރަަސް އަޅާފަ އެވެ.

އޭގެ ފަހުން ޖަލްސާ ބޭއްވުމަށް މިރޭ 08:00 އިން ފެށިގެން މަސައްކަތް ކުރިއިރު އެކަން ވެސް ކާމިޔާބު ނުވެ މެދުކަނޑާލި އެވެ.

އެއަށްފަހު, އަނެއްކާ ވެސް 10:30 ގައި ޖަލްސާ ބާއްވަން މަސައްކަތް ފެށި އެވެ. އޭރު ރިޔާސަތުގައި ހުރި މައިކް ސިސްޓަމް ނެގުމާ ގުޅިގެން މަޖިލިސް ރައީސް މުހައްމަދު އަސްލަމް އިންނެވީ ވަޒީރުން ތިއްބަވާ މޭޒުގަ އެވެ.

އަދި, ދެ މެމްބަރަކަށް މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް ނަސޭހަތް ދެއްވި އެވެ. އެއަށް ފަހު ވެސް މުޅި މަޖިލިސް ކުރާ ހޯލުން ވެސް ދުންމާރީގެ އަޑު ކެނޑިފައިނުވާއިރު 10:57 ހާއިރު އަސްލަމް ވަނީ ޖަލްސާ ނިންމަވާލައްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox