ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންތަކެއް ފާއިތުވެދިޔަ ދުވަސްތަކުގެ ތެރޭގައި ޕާޓީ ބަދަލުކުރުމާ އެކު މަޖިލިސް އެކުލެވިގެންވާ ގޮތަށް އަައި ބަދަލާ އެކު މައިނޯރިޓީ ޕާޓީއަކީ ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ކަމަށް އިއުލާނުކޮށްފި އެވެ.
މިހާރު މަޖިލީހުގެ މައިނޯރިޓީ ލީޑަރަކީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ކަމަށް ވެސް ވަނީ އިއުލާނުކޮށްފަ އެވެ.
މަޖިލީހުގެ ގޮނޑިތައް ބެހިފައި ހުރި ގޮތް
- އެމްޑީޕީގެ 44 މެމްބަރުން
- ޕީއެންސީގެ 14 މެމްބަރުން
- ދަ ޑިމޮކްރެޓްސްގެ 13 މެމްބަރުން
- ޕީޕީއެމްގެ ދެ މެމްބަރުން
- އެމްޑީއޭގެ ދެ މެމްބަރުން
- ޖޭޕީގެ ދެ މެމްބަރުން
- ވަކި ޕާޓީއަކަށް ނިސްބަތްނުވާ ތިން މެމްބަރުން
އިދިކޮޅު އެންމެ ބޮޑު ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ 13 މެމްބަރަކު ޕީއެންސީއަށް ވަނީ ބަދަލުވެފަ އެވެ.
މީގެ ކުރިން މަޖިލީހުގެ މައިނޯރިޓީ ލީޑަރަކީ ޑިމޮކްރެޓްސްގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެވެ.
މަޖިލީހުގައި ޕާޓީތައް ތަމްސީލުވާ މިންވަރު ބަދަލުވުމުން، ތަޅުމުގައި ބަހުސް ކުރުމަށް ޕާޓީތަކަށް ލިބޭ ވަގުތަށް ވެސް ވަނީ ބަދަލު އައިސްފަ އެވެ.














