ޕީއެންސީ/ޕީޕީއެމް ޕްރައިމަރީގައި ހަމަނުޖެހުން ބޮޑުވެ، ގުނުން ކުރިއަށް ދަނިކޮށް ވޯޓު ކަރުދާސްތަކެއް ވީދާލައިފި

މެދު ހެންވޭރު ދާއިރާގެ ބައެއް ވޯޓުތައް ބިންމަތީގައި: މިހާރު ވޯޓު ގުނުން ކުރިއަށްދަނީ ފުލުހުންގެ ސެކިއުރިޓީއާއެކު -- ފޮޓޯ: ވީޑިއޯ ކެޕްޗާ

މެދު ހެންވޭރު ދާއިރާގެ ބައެއް ވޯޓުތައް ބިންމަތީގައި: މިހާރު ވޯޓު ގުނުން ކުރިއަށްދަނީ ފުލުހުންގެ ސެކިއުރިޓީއާއެކު -- ފޮޓޯ: ވީޑިއޯ ކެޕްޗާ

މިއަދު ކުރިއަށްގެންދިޔަ ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި މައްސަލަ ބޮޑުވެ، މެދު ހެންވޭރު ދާއިރާގެ ވޯޓު ގުނުން ކުރިއަށް ދަނިކޮށް ވޯޓު ކަރުދާސްތަކެއް ބަޔަކު ވީދާލައިފި އެވެ.

ވޯޓުލުން ކުރިއަށްދަނިކޮށް ވެސް ކަލާފާނު ސްކޫލުގައި ބެހެއްޓި އެ ދާއިރާގެ ވޯޓު ފޮށި ކައިރީ މައްސަލަ ޖެހުނެވެ. މައްސަލަ ޖެހުނީ ވޯޓާސް ލިސްޓުގައި ބައެއް މީހުންގެ ނަން ނެތުމާއި ޕާޓީ ދަފުތަރުގައި ނެތް ބަޔެއްގެ ނަން ލިސްޓުގައި އޮތުމުންނެވެ.

މެދު ހެންވޭރު ދާއިރާއަށް ކުރިމަތިލީ ހަސަން ރަމީޒް (ޓިމޯ) އާއި ހުސެއިން ނާސިހެވެ. އޭގެ އިތުރުން ހަސަން ޝިޔާމް (ވީބީ ޝިޔާމް) ވެސް ކުރިން ވާދަ ކުރަން ނިންމި އެވެ. ނަމަވެސް އޭނާ ފަހުން ނަން ނެގީ އެވެ.

މަންޒަރު ދުށް ބައެއް މީހުން މި ނޫހާ ވާހަކަ ދައްކަމުން ބުނީ ވޯޓު ކަރުދާސްތައް އުކާލައި، ވަރަށް ގިނަ ކަރުދާސްތައް ވީދާލީ ކަލާފާނު ސްކޫލުގައި ހަރަކާތްތެރިވި ގޭންގަކުން ކަމަށެވެ. ވޯޓު ކަރުދާސްތައް ވީދާލިއިރު، ހުރީ ވޯޓުތައް ވަކިކޮށް، ބަންޑެލި ޖަހާފައި ކަމަށް އޭނާ ބުންޏެވެ.

"ބަންޑެލި ޖެހީމާ އެނގޭނެތާ ވޯޓު ގިނައީ ކޮން ކެންޑިޑޭޓަކަށްކަން. ދެން އެ ހިސާބުން އައިސް ހައިޖާނު ހަދާލާފައި ވޯޓުތައް އުކާލީ،" ނޫހުގައި ނަން ނުޖެހުމަށް އެދި އޭނާ ބުންޏެވެ.

ވޯޓު ކަރުދާސްތައް ވީދާލުމުގައި އިސްކޮށް އުޅުނު މީހަކު ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. އޭނާ ގެންދާ މަންޒަރުގެ ވީޑިއޯއެއް މި ނޫހަށް ވަނީ ލިބިފަ އެވެ. ވޯޓު ކަރުދާސްތައް ބިންމަތީގައި ހުރި ތަން މި ނޫހަށް ލިބިފައި ހުރި ބައެއް އެހެން ވީޑިއޯތަކުން ފެނެ އެވެ.

އެ ސަރަހައްދުގައި ހުރި މި ނޫހުގެ ނޫސްވެރިޔަކު ބުނީ މިހާރު ވޯޓު ގުނަން ފަށާފައިވާ ކަމަށާއި ވޯޓު ގުނަނީ ފުލުހުން ސެކިއުރިޓީ ދީގެން ހަމައެކަނި ކެންޑިޑޭޓުންގެ މަންދޫބުންގެ ހާޒިރުގައި ކަމަށެވެ.

މެދު ހެންވޭރު ދާއިރާގައި ހިމެނޭ ވަރަށް ގިނަ އަދަދެއްގެ ބަޔަކު ޕާޓީ އާއި ވޯޓާސް ލިސްޓުން އުނިކޮށްފައިވާ ކަމަށް އެ ދާއިރާގެ ބައެއް މީހުން ބުނެ އެވެ. އެގޮތުން، ރެއާ ހަމައަށް ލިސްޓުގައި އޮތް 329 މީހެއްގެ ނަން މިއަދު ވޯޓާސް ލިސްޓުގައި ނެތް ކަމަށް ބައެއް މީހުން ބުނެ އެވެ.

"ރޭ ދަންވަރު ވެސް އަޅުގަނޑު ބެލިއިރު ނަން އޮތް. މިއަދު ނެތް ޕާޓީ ލިސްޓަކު ވެސް. ބައިވަރު މީހުންގެ ނަން ނެތް. އަޅުގަނޑުމެން ބަލަހައްޓާ ބޮޑު ލިސްޓެއް އޮވޭ. އޭގައި ހިމެނޭ މަދު ބައެއްގެ ނަން މިއަދު އޮތީ،" މެދު ހެންވޭރަށް ނިސްބަތްވާ އަހުމަދު ޝާހީން މި ނޫހާ ވާހަކަ ދައްކަމުން ބުންޏެވެ.

އޭގެ އިތުރުން، ޕާޓީގެ ދަފުތަރުގައި ވެސް ނެތް އަދި ދުވަހަކު ވެސް ޕާޓީއަށް ސޮއި ނުކުރާ މީހުންނާއި ބައެއް އެހެން ޕާޓީތަކުގެ ދަފުތަރުގައި ހިމެނޭ މީހުންގެ ނަަން ވޯޓާސް ލިސްޓުގައި އޮތް ކަމަށް ވެސް ބައެއް މީހުން ތުހުމަތު ކުރި އެވެ.

"ދުވަހަކުވެސް ޕާޓީއަކަށް ވަންނަން ފޯމެއް ނުފުރަން. އީސީން ބުނީ ޕާޓީއެއްގަ ނެތޭ. އެކަމަކު ޕީޕީއެމް ޕްރައިމެރީގެ ލިސްޓްގައި ނަން އެބަ އޮތް، ވޯޓު ލާން ބަލާ ވެސް އަތުވެއްޖެ. މިކަހަލަ ބައިވަރު ވޯޓުލައިފި. ކިހިނެތް ހަދަންވީ ލަފައެެއް ބޭނުން،" ވޯޓާސް ލިސްޓުގެ ފޮޓޯއަކާއެކު ޕީއެސްއެމްގެ އިސް ވަޒީފާއެއްގައި އުޅޭ މުހައްމަދު އަފުޒަލް މިއަދު އެކްސްގައި ލިޔެފައި އޮތެވެ.

މިއަދު ކުރިއަށްދާ އިންތިހާބުގައި ޖުމްލަ 227 ވޯޓު ފޮށި ބަހައްޓައި ވޯޓުލުން ކުރިއަށްދާއިރު، 283 ކެންޑިޑޭޓުން ވާދަކުރެ އެވެ.

މާލެ ސަރަހައްދުގައި މި އިންތިހާބުގެ ވޯޓުލުުން ކުރިއަށް ގެންދާނީ ހަތް ސަރަހައްދެއްގަ އެވެ. އެއީ ހެންވޭރު ދަނޑު، ކަލާފާނު ސްކޫލް، ޖަމާލުއްދީން ސްކޫލް، ތާޖުއްދީން ސްކޫލް، ވިލިމާލެ ޔޫތް ސެންޓަރ، ކާމިލްދީދީ ސްކޫލް، ރެހެންދި ސްކޫލް އެވެ. މީގެ ތެރެއިން މާލޭގައި ދިރިއުޅޭ އަތޮޅުތެރޭ މީހުން ވޯޓުލާނީ ހެންވޭރު ދަނޑުގައި ބަހައްޓާ ވޯޓު ފޮއްޓަށެވެ.

ޖުމްލަ 73 ދާއިރާއަކަށް ވާދަކުރާ ކެންޑިޑޭޓުން މި އިންތިހާބުގައި ހޮވާއިރު، ވޯޓުލުމުގެ ހައްގު ލިބޭ 71،597 މީހުން ތިބިކަމަަށް ޕީޕީއެމުން ވަނީ ހާމަކޮށްފަ އެވެ.

ޕްރައިމަރީ އަކާ ނުލައި 13 މީހަކަށް އެ ކޯލިޝަންގެ ޓިކެޓު އޮތީ ކަށަވަރު ވެފަ އެވެ. މި 13 މީހުންނަށް ޓިކެޓު ކަށަވަރުވީ އެ މީހުން ކުރިމަތިލީ ދާއިރާތަކަށް އިތުރު މީހަކު ކުރިމަތިލާފައި ނުވާތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox