ގުވަނަވަނެއް އިންދުން ހުއްދަވާނީ ހަދިޔާކުރާ ހާލަތުގައި އެކަނި: ފަތުވާ

ކިޑްނީ ހަދިޔާކުރަން ބާރު އަޅާ ޕޯސްޓަރެއް. އާޓްވޯކް: އަދަދު

ކިޑްނީ ހަދިޔާކުރަން ބާރު އަޅާ ޕޯސްޓަރެއް. އާޓްވޯކް: އަދަދު

ވަކި ޝަރުތުތަކަކާ އެކު އިންސާނުންނާއި ޖަނަވާރުގެ ގުނަވަން އިންދުން މުސްލިމުންނަށް ހުއްދަ ކަމަށާއި އެހެން ނަމަވެސް އެހެން މީހެއްގެ ގުނަވަނެއް އިންދޭނީ އެ ގުނަވަން ހޯދުމަށް ޓަކައި ގުނަވަނުގެ ވެރިޔާއަށް އެއްވެސް އަގެއް ދޭން ނުޖެހޭ ހާލަތުގައި އެކަނި ކަމަށް ފަތުވާ މަޖިލީހުން މިއަދު ނެރުނު ފަތުވާއެއްގައި ބުނެފި އެވެ.

އިސްލާމީ ފަތުވާދޭ މަޖިލީހުން މިއަދު ނެރުނު ފަތުވާގައިވާ ގޮތުން މީހެއްގެ ގުނަވަނެއް އެހެން މީހަކަށް ބަދަލުކުރުން ހަލާލުވުމުގެ ޝަރުތުތައް ހަމަވާ ހާލަތްތަކުގައި ވެސް ފައިސާ ނުވަތަ އެެހެން އެއްޗެއް، ހަދިޔާއެއްގެ ގޮތުގައި ދީގެން އެ މުއާމަލާތް ކުރުން ހުއްދައެއް ނުވާނެ އެވެ. އެއީ އިންސާނެއްގެ ހަށިގަނޑުން ބައެއް ވިއްކުމަކީ ހުރިހާ ހާލަތެއްގައި ވެސް ހަރާމް ކަމެއް ކަމަށް ވާތީ އެވެ.

"...ގުނަވަން ބަދަލުކުރުން ހުއްދަ ހާލަތުގައި ވެސް ފައިސާއެއް ނުވަތަ ހަދިޔާއެއް ނުވަތަ އެހެން އެއްޗެއް ދީގެން ވެސް އިންސާނެއްގެ ގުނަވަނެއް އެހެން އިންސާނަކަށް، ހުއްދަނޫން، ހަރާމްކަމެކެވެ. އެއީ އިންސާނެއްގެ ގުނަވަނެއް، ނުވަތަ ހަށިގަނޑުން ބައެއް ވިއްކުމަކީ ހުރިހާ ހާލަތެއްގައި ވެސް ހުއްދަނޫން ހަރާމް ކަމަކަށް ވާތީ އެވެ،" ފަތުވާފައި ބުނެފައި ވެ އެވެ.

އެހެން މީހެއްގެ ގުނަވަނެއް އިންދުމުގެ ފަރުވާ ދިވެހިން އާއްމުކޮށް ހޯދަނީ ދެ ކިޑްނީ ފެއިލްވުން ފަދަ ހާލަތްތަކުގައި ކިޑްނީ އިންދުމަށެވެ.

ގުނަވަނެއް ބަދަލުކުރުން ހުއްދަ ހާލަތްތައް

ފަތުވާ މަޖިލީހުން މިއަދު ނެރެނު ފަތުވާގައިވާ ގޮތުން އެހެން މީހެއްގެ ގުނަވަނެއް ނުވަތަ ޖަނަވާރެއްގެ ގުނަވަނެއް ހަށިގަނޑުގައި އިންދުން މުސްލިމަކަަށް ހުއްދަވާނީ ދެ ހަލާތެއްގަ އެވެ. ފުރަތަމަ ހާލަތަކީ އެ ފަރުވާ ނުދީފި ނަމަ މީހެއްގެ ފުރާނައަށް ނުރައްކާވާ ހާލަތެވެ.

މީގެ އެއް މިސާލަކީ ހިތުގެ ލޭނާރެއް ބެދުމުގެ ސަބަބުން ހަށިގަނޑުގެ އެހެން ތަނަކުން ލޭނާރެއް ބަދަލުކުރަން ޖެހުމެވެ.

ދެވަނަ ހާލަތަކީ ފުރާނަަ ސަލާމަތް ވިޔަސް ގުނަވަނެއް ބަދަލުކުރުމުގެ ބޭނުންތެރިކަން އޮތުމެެވެ. މީގެ މިސާލަކީ މީހެއްގެ ހަށިގަނޑުގެ ބައެއްގެ ހަންގަނޑު ހަލާކުވެފައި ވުމުގެ ސަބަބުން ހަން ލެއްވުމެވެ. ފަތުވާގައިވާ ގޮތުން މި ދެ ހާލަތުގައި ވެސް އެކަން ހުއްދަވަނީ އެކަމުގެ ގެއްލުމަށް ވުރެ ފައިދާ ބޮޑުވީމަ އެވެ.

ދިރިހުރި މީހެއްގެ ގުނަވަނެއް ނެގޭނީ ދޭ މީހާގެ ފުރާނައަށް ގެއްލުން ނުވާ ނަމަ

ފަތުވާގައިވާ ގޮތުން ދިރިހުރި މީހެއްގެ ގުނަވަނެއް އެހެން މީހަކަށް ބަދަލުކުރެވޭނީ ގުނަވަން ހަދިޔާކުރާ މީހާގެ ފުރާނައަށް އެކަމުގެ ސަބަބުން ގެއްލުމެއް ނުވާ ހާލަތުގައި އެކަންޏެވެ. މިސާލަކަށް އެއް ބާވަތެއްގެ ދެގުނަވަނުގެ ތެރެއިން އެއް ގުނަވަނެވެ. އެއީ ކިޑްނީ ފަދަ ގުނަވަންތަކެވެ.

މީހާގެ ފުރާނައަށް ގެއްލުން ނުވާ ގޮތަށް ނެގޭނެ އަނެއް ބާވަތަކީ ނެގިޔަސް އަލުން އުފެދޭނެ ގުނަވަންތަކެވެ. އެކެއްގެ ގައިން ލޭ ނަގައި އަނެކެއްގެ ގަޔަށް އެޅުން ހުއްދަވަނީ އެގޮތުންނެވެ. މަފްހޫމަކީ ގުނަވަން ހަދިޔާކުރުމުގެ ސަބަބުން، ހަދިޔާކުރާ މީހާގެ ފުރާނައަށް ގެއްލުން ނުލިބުމާ އެކު ލިބޭ މީހާއަށް ފައިދާ ކުރުމެވެ.

އިންސާނުންނާއި ޖަނަވާރުގެ ގުނަވަން އިންދުން މުސްލިމުންނަށް ހުއްދަ ނުވާ ހާލަތްތަކާއި އިންދުން ހުއްދަ ނޫން ގުނަވަންތަކުގެ ތަފްސީލު ވެސް މިއަދު ނެރުނު ފަތުވާގައި އެބަ އޮތެވެ. އިންދުން ހުއްދަ ނޫން އެއް ގުނަވަނަކީ އުރަވަޅި އެވެ. އެއީ ނަސްލު އޮޅިދާނެތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox