ކުއްޔަށް ދޭ މީހުންނާއި ކުއްޔަށް ހިފާ މީހުންގެ ހައްގުތައް ވެސް ރައްކާތެރިވާން ޖެހޭ: ޒުލްފާ

ާމާލެ ސިޓީ، ގިނަ ބަޔަކު ކުއްޔަށް އުޅެމުންދާއިރު ކުއްޔަށް ދޭ މީހާ އަދި ކުއްޔަށް ހިފާ މީހާގެ ހައްގުތައް ރައްކާތެރިކުރެވޭނެ ގޮތްތަކެއް ނޯވޭ -- ފޮޓޯ: އިޔާން / އަދަދު

ާމާލެ ސިޓީ، ގިނަ ބަޔަކު ކުއްޔަށް އުޅެމުންދާއިރު ކުއްޔަށް ދޭ މީހާ އަދި ކުއްޔަށް ހިފާ މީހާގެ ހައްގުތައް ރައްކާތެރިކުރެވޭނެ ގޮތްތަކެއް ނޯވޭ -- ފޮޓޯ: އިޔާން / އަދަދު

ދިރިއުޅުމަށްޓަކައި ގޯތި ގެދޮރު ކުއްޔަށް ދޭ މީހުންނާއި ކުއްޔަށް ހިފާ މީހުންގެ ހައްގުތައް ރައްކާތެރިވާން ޖެހޭ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯ ޑރ. މަރިޔަމް ޒުލްފާ ވިދާޅުވެއްޖެ އެވެ.

ގޯތި ގެދޮރު ކުއްޔަށް ދިނުމާ ބެހޭ ގާނޫނު ތަންފީޒުކުރުމާ ގުޅޭ ތަމްރީން ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ޒުލްފާ ވިދާޅުވީ ދިރިއުޅުމަށް ގޯތިގެދޮރު ކުއްޔަށް ދޭ ތަންތަން ބައެއް ހާލަތްތަކުގައި ވަރަށް ހާލަތު ދެރަކޮށް ހުންނަކަން ކަމަށެވެ. ކުލީގެ މުއާމަލާތްތަކުގައި ހައްގުތައް ނިގުޅައިގަނެވޭ ހާލަތުގައި އެކަން ބަލާނެ މީހަކުވެސް ނުހުންނަކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޝަރުއީ ނިޒާމު އޮންނަ ގޮތުން ކައުންސިލްތަކަކީ ދައުލަތް ހިންގުމުގައި ވަރަށް މުހިންމު ބައެއް، ކައުންސިލްތައް މިތިބެނީ ރައްޔިތުންނަށް ހިދުމަތް ކުރުމަށާއި ހައްގުތައް ރައްކާތެރިކުރުމަށް އަތުކުރި އޮޅާލައިގެން، ރައްޔިތުންނާ އެންމެ ގާތުން ތިބޭ ބަޔަކީ ކައުންސިލަރުންނާއި ކައުންސިލްގެ މުވައްޒަފުން،" ޒުލްފާ ވިދާޅުވި އެވެ.

މީގެ އިތުރުން، އިމާރާތްތަކާއި ގުޅުން ހުރި އެހެން ބިލުތަކުގެ މަސައްކަތްތައް ވެސް ބަލަމުންދާ ކަމަށާއި ބިލުތައް ފާސްވުމުން އެކަންކަން ކައުންސިލްތަކާ ހަމައަށް ގެނެސްދޭނެ ކަމަށް ވިދާޅުވި އެވެ. އެލްޖީއޭ މިނިސްޓްރީތައް ގުޅިގެން އެ މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ލާމަރުކަޒީ ގާނޫނުގެ ރޫހަކީ ވެސް، ސަރުކާރުގެ ހުރިހާ އިދާރާއެއް ގުޅިގެން މަސައްކަތް ކުރުމެވެ.

ގޯތި ގެދޮރު ކުއްޔަށް ދިނުމާ ބެހޭ ގާނޫނު ތަސްދީގުކުރީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. ރާއްޖޭގައި ކުއްޔަށްދޭ ހުރިހާ ތަންތަނުގައި އެންމެ ދަށްވެގެން ހުންނަންޖެހޭ މިންގަނޑުތަކެއް ކަނޑައެޅީ އެ ގާނޫނުންނެވެ. ކުއްޔަށް ދޭ ހުރިހާ ތަނެއްގެ ދަފްތަރެއް އެކުލަވައިލަން ވެސް އެ ގާނޫނުން ލާޒިމުކުރި އެވެ.

އެ ގާނޫނުގައިވާ ގޮތުން ކުއްޔަށް ދޫ ކުރާ ތަނަކީ އިމާރާތް ކުރުމާ ބެހޭ ގާނޫނާ އެއްގޮތަށް ހަދާފައި ހުރި ތަނަކަށްވާންޖެހެ އެވެ. އަދި އެ ތަނެއްގައި ފެނާއި ނަރުދަމާ ހުރުމުގެ އިތުރުން ފަސޭހަކަމާއެކު ވަދެ ނިކުމެވޭ ގޮތެއް ހުންނަންޖެހެ އެވެ.

ގެދޮރު ކުއްޔަށް ދިނުމާ ބެހޭ ގާނޫނުގައިވާ ގޮތުން ކޮންމެ ރަށެއްގައި ވެސް ކުއްޔަށް ދޭ ތަންތަނުގެ ދަފްތަރު ކަނޑައަޅަންޖެހެނީ އެ ރަށެއްގެ ކައުންސިލުންނެވެ.

ގެދޮރު ކުއްޔަށް ހިފާ ފަރާތްތަކާއި ކުއްޔަށް ދޭ ފަރާތްތައް ވެސް އަމަލު ކުރަންޖެހޭ ގޮތްތަކެއް ބަޔާންވެ، ދެ ފަރާތަށް ލިބިފައިވާ ހައްގުތައް ވެސް އެ ގާނޫނުގައި ކަނޑައަޅާފައި ވެ އެވެ. އެ ގާނޫނުގައިވާ ގޮތުން ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ގިނަވެގެން ނެގޭނީ ދެ މަސް ދުވަހުގެ ކުއްޔަށް ވާ ފައިސާ އެވެ.

ކުއްޔަށް ދޭ ތަނުގެ ކުޑަބޮޑުމިނަށް ބެލުމަށްފަހު އެތަނެއްގައި އެންމެ ގިނައިން އުޅެވޭނެ މީހުންގެ އަދަދު ކަނޑައަޅަން ވެސް އެ ގާނޫނު ލާޒިމުކުރެ އެވެ. އަދި ސަބް ލީޒްއަށް ތިން ވަނަ ފަރާތަކަށް ކުއްޔަށް ދޭ ނަމަ އެކަން ކުރެވޭނީ ކުއްޔަށް ދޭ ފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމެއް އޮވެގެން ކަމަށް ވެސް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox