އާޒިމްގެ އަމާޒަކީ މާލޭގައި ދުއްވޭނެ ވެހިކަލްތަކުގެ އަދަދު ހަ މަސް ތެރޭ ކަނޑައެޅުން

މާލޭގައި ދުއްވާ ވެހިކަލްތަކުގެ އަދަދު ދުވަހަކަށްވުރެ ދުވަހެއް އަންނަނީ އިތުރުވަމުން، ހަ މަސް ދުވަހުގެ ތެރޭ ވެހިކަލް ދުއްވޭނެ އަދަދު ކަނޑައަޅާނެ ކަމަށް އާޒިމް ވިދާޅުވި -- ފޮޓޯ: އަދަދު

މާލޭގައި ދުއްވާ ވެހިކަލްތަކުގެ އަދަދު ދުވަހަކަށްވުރެ ދުވަހެއް އަންނަނީ އިތުރުވަމުން، ހަ މަސް ދުވަހުގެ ތެރޭ ވެހިކަލް ދުއްވޭނެ އަދަދު ކަނޑައަޅާނެ ކަމަށް އާޒިމް ވިދާޅުވި -- ފޮޓޯ: އަދަދު

ތޮއްޖެހިފައިވާ މާލޭގައި ވެހިކަލް ދުއްވޭނެ އަދަދު، ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭ ކަނޑައަޅާނެ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ރޭ މަގާމުގެ ހުވާ ކުރެއްވުމަށް ފަހު، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭގެ މަގުތަކަކީ އުޅެން ފަސޭހަ، ހިތްގައިމު ތަނަކަށް ހެދުމަށް މޭޔަރުގެ ހައިސިއްޔަތުން މަސައްކަތް ކުރާނެ ކަންކަމަށް އަލިއަޅުއްވާލެއްވި އެވެ. އާޒިމް މޭޔަރަކަށް ވާދަކުރެއްވި އިރު، ވެފައިވާ އެއް ވައުދަކީ ވެސް މާލެއަކީ ހިތްފަސޭހަ، އުޅޭ ހިތްވާ ތަނަކަށް ހަދައި ދިނުމެވެ.

އެ މަގުން މަސައްކަތް ކުރުމަށް، ޓްރާންސްޕޯޓް މިނިސްޓްރީއާ ގުޅިގެން މާލޭގައި ވެހިކަލް ދުއްވޭނެ އަދަދު ކަނޑައަޅަން ޖެހޭ ކަމަށް އާޒިމް ވިދާޅުވި އެވެ.

"ވެހިކަލްގެ އަދަދު ކަނޑައަޅަން ޖެހޭ، ކުރިއަށް އޮތް ހަ މަސް ތެރޭ އިރާދަކުރެއްވިއްޔާ އަދަދު ކަނޑައަޅާނަން، މާލޭ މަގުތައް ފުރާ ވެހިކަލްތައް އެތުރުމަކީ އެއްވެސް ފަސޭހައެއް ވާނެ ކަމެއް ނޫން، މިކަމަށް އަވަސް ހައްލެއް ގެންނަން އެބަ ޖެހޭ،" އާޒިމް ވިދާޅުވި އެވެ.

މާލޭގައި ދުއްވޭނެ ވެހިކަލްގެ އަދަދު ކޮންޓްރޯލް ކޮށްފައި ނުވާތީ ދުވަހަކަށް ވުރެ ދުވަހެއް ވެހިކަލްތަކުގެ އަދަދު އިތުރުވެ، ތޮއްޖެހޭ މިންވަރު އަންނަނީ އިތުރުވަމުންނެވެ.

ވެހިކަލްގެ އަދަދު ކޮންޓްރޯލް ކުރުމާއި ގަރާޖު ސިޓީގެ މައްސަލަ ހައްލު ކުރުން ފަދަ ކަންކަމުގައި އެހީތެރިވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އަރިހުގައި ވެސް އެދިފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ. މިނިސްޓަރުގެ ފަރާތުން އެކަމަށް އެއްބާރުލުން ލިބޭނެ ކަމަސް ވިދާޅުވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ގަރާޖު ސިޓީގެ ކަންކަން ސިޓީ ކައުންސިލްގެ ތެރެއިން ވެސް އެންމެ ރަނގަޅަށް ނުހިނގާކަމަށް މައުލޫމާތު ލިބޭ، އަޅުގަނޑަކީ ކަންކަން އުސޫލުގެ ތެރެއިން ހިންގުމަށް މަސައްކަތް ކުރާ މީހެއް، ގަރާޖު ސިޓީގެ މައްސަލަ ހައްލު ކުރަންވެސް ޓްރާންސްޕޯޓް މިނިސްޓްރީ އާއެކު މަސައްކަތް ކުރަން ޖެހޭ،" އާޒިމް ވިދާޅުވި އެވެ.

މޭޔަރުކަމަށް ވާދަ ކުރައްވާ ކުރެއްވި ކެމްޕެއިންގައި އާޒިމް ލޯންޗު ކުރި "ފެހި ތަނަވަސް މާލެ" މެނިފެސްޓޯ ގައި މާލޭގައި ފާހަގަކުރެވޭ ގިނަ މައްސަލަތަކަށް ހައްލު ހުށަހަޅުއްވާފައިވެ އެވެ.

އޭގެ ތެރޭގައި ވެހިކަލްތަކުގެ މައްސަލަތައް ހައްލު ކުރުމާއި ކުނީގެ މައްސަލަ ހައްލު ކުރުމާއި ހިނގާ މީހުންނަށް ފަސޭހަ ތަނަކަށް މާލެ ހެދުމަށް ކުރެވޭނެ ކަންކަން ހުށަހަޅުއްވާފައިވެ އެވެ. މާލެއަކީ މީހުން އުޅޭ ހިތުން އުޅޭ ތަނަކަށް ހެދުމަކީ އޭނާގެ ވައުދެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox