ރޭ 22:23 ހާއިރު ށ. ފޯކައިދޫ ކައިރިން ޑިންގީއެއް ބަންޑުޖަހައިލައި، ކަނޑުވި ދެމީހަކަށް އެ ރަށު ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި އެވެ.
ބަންޑުންޖަހާލީ ށ. މިލަންދޫން ފުރައިގެން ހދ. ކުޅުދުއްފުއްޓަށް ދަތުރުކުރަމުންދިޔަ ޑިންގީއެކެވެ.
އެމްއެންޑީއެފުން ބުނީ ޑިންގީ ބަންޑުންޖަހާލި އިރު އޭގައި ތިބީ ދެމީހުން ކަމަށާއި، ދެ މީހުންގެ ވެސް ހާލު ރަނގަޅުކަމަށް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.
އެ ދެ މީހުން ފެނުނީ ރޭ 00:21 ހާއިރު އެ ސަރަހައްދުން ދަތުރުކުރި ކަންނެލި ދޯންޏަކަށެވެ.












