ޔޫޓިއުބުގެ ސިލްވާ ޕްލޭ ބަޓަން ލިބުނު މަސްވެރިޔާއަށް މިނިސްޓަރުގެ ތައުރީފު

އާދަމް ރަޝީދު: ޔޫޓިއުބުން ރަނގަޅު އާމްދަނިއެއް ލިބޭ ކަމަށް އޭނާ ބުނޭ -- ފޮޓޯ: އާދަމް

އާދަމް ރަޝީދު: ޔޫޓިއުބުން ރަނގަޅު އާމްދަނިއެއް ލިބޭ ކަމަށް އޭނާ ބުނޭ -- ފޮޓޯ: އާދަމް

ޔޫޓިއުބްގެ ސިލްވާ ޕްލޭ ބަޓަން ލިބުނު މަސްވެރިޔާ އާދަމް ރާޝިދު، 35، އަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މަރުހަބާ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝިޔާމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އާދަމް ކުރާ މަސައްކަތަކީ ގައުމީ މަސައްކަތެއް ކަމަށާއި އެކަމަށް ޝުކުރު އަދާކުރާކަމަށެވެ.

"ދިވެހިރާއްޖޭގައި ކުރެވޭ މަސްވެރިކަމަކީ ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭ މަސްވެރިކަން އެޑަމްގެ ހިތްގައިމު ވީޑިއޯތަކުން ބޭރުދުނިޔެއަށް ޔަގީންކޮށްދޭ،" ޝިޔާމް ވިދާޅުވި އެވެ.

އާދަމްއާ މިހާތަނަށް ދެކެވުނު ވާހަކަތަކުން، ވީޑިއޯ އުފެއްދުމުގެ މަސައްކަތަށް ގޮންޖެހުންތަކެއް ހުރިކަން އެނގިވަޑައިގެންނެވި ކަމަށް ޝިޔާމް ވިދާޅުވި އެވެ. ޝިޔާމް ވިދާޅުވީ އެކަންކަމަށް "އަލިމަގެއް" ހޯދައިދިނުމުގައި މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.

"ދަ ލައިފް އޮފް އަ ފިޝަމޭން 4076" އެކައުންޓު އާދަމް އުފެއްދީ މަސްވެރިކަމަށް މަޝްހޫރު ފަރެސްމާތޮޑާ މަސްވެރިން ކުރާ މަސައްކަތް ރާއްޖޭގެ އިތުރުން މުޅި ދުނިޔެއަށް ދައްކައިލުމުގެ ބޭނުމުގަ އެވެ.

ޔޫޓިއުބު އަދި ފޭސްބުކް ޕޭޖުގައި އާދަމް ހިއްސާކުރާ ވީޑިއޯތައް ރިކޯޑުކުރަނީ މަހަށްދާ ދޯނީގެ ޗެންޗެއިނުގައި ސްޓޭންޑެއް ހަރުކޮށްގެން އޭނާގެ ފޯނުންނެވެ. އަދި މަސް އައިނަކާ ލައްވައިލުމާއެކު ފޯނު ސްޓޭންޑުގައި ހަރުކުރުމަށްފަހު ވީޑިއޯ ޖައްސައި، ދުވެފައި މަސްބާނަން ދޯނީގެ ފަހަތައް ދަނީ ކަމަށް އާދަމް ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox