ހުޅުމާލެ ކައިރީ އޮންނަ ޑައިވިން ޕޮއިންޓަކަށް ޑައިވް ކުރި ޓުއަރިސްޓަކު މައްޗަށް އެރި ވަގުތު ޑައިވިން ދޯނީގެ ބުރަފަތީގައި ޖެހި އޭނާގެ ފައި ބުުރި ވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެހާދިސާގައި ފައިބުރިވީ އުމުރުން 63 އަހަރުގެ އެމެރިކާ އަންހެނަކަށް ކަމަށެވެ. އޭނާގެ ފައިގެ ކަކުލުހުޅުގެ ތިރިން ފައި މުޅިން ބުރިވެފައިވާ ކަމަށެވެ. އޭނާއަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ހާދިސާ ފުލުހުންނަށް ރިޕޯޓްކުރީ މިއަދު ހެނދުނު 8:30 އެހާކަށް ހާއިރު އެވެ.
ފުލުހުން އަންނަނީ އެ ހާދިސާ ތަހުގީގުކުރަމުންނެވެ.












