މާލޭ ބިންވެރިންގެ މައްސަލަތަކަށް ރައީސް ދެއްވި ޖަވާބު މިރޭ ހާމަ ކުރަނީ

މާލެ ސިޓީ، ބިންވެރިންގެ މައްސަލަތައް ޖަމިއްޔާތަކުން ރައީސަށް ހިއްސާކޮށްފައިވޭ -- ފޮޓޯ: އަދަދު

މާލެ ސިޓީ، ބިންވެރިންގެ މައްސަލަތައް ޖަމިއްޔާތަކުން ރައީސަށް ހިއްސާކޮށްފައިވޭ -- ފޮޓޯ: އަދަދު

މާލޭ ބިންވެރިންގެ ޖަމިއްޔާތަކުން ހުށަހެޅި މައްސަލަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ޖަވާބު މިރޭ ހިއްސާކުރަން އެޖަމިއްޔާތަކުން ނިންމައިފި އެވެ.

ރައީސް ދެއްވި ޖަވާބު ހިއްސާކުރުމަށް ޖަމިއްޔާތަކުން ނިންމީ މިރޭ ސަލްޓަން ޕާކުގައި ބާއްވާ "މާލެ ބިންވެރިންގެ ސައްލާ" ނަމުގައި ބާއްވާ ބައްދަލުވުމެއްގަ އެވެ. ބައްދަލުވުން ފެށުމަށް ހަމަޖެހިފައި އޮތީ މިރޭ 8:00 ޖަހާއިރެވެ.

މާލެ ސަރަހައްދުން ގޯތި ލިބިފައިވާ މީހުން ތަމްސީލު ކުރާ ޖަމިއްޔާތަކަކާ ރައީސް މުއިއްޒު ވަނީ ބައްދަލު ކުރައްވައިފަ އެވެ. އެއީ ގިރާވަރު މާލެ ސިޓިޒެންސް އެސޯސިއޭޝަން އާއި ގުޅީފަޅު ރައްޔިތުންގެ އެސޯސިއޭޝަން އާއި މާލޭ ރަށްވެހިންގެ ޖަމިއްޔާ އަދި ހުޅުމާލެ ރައްޔިތުންގެ ކޮމިޓީ އެވެ.

ރައީސްއާ ބައްދަލުކުރެއްވީ ހަތަރު ޖަމިއްޔާގެ ފަރާތުން ކަނޑައެޅުއްވި މަންދޫބު ސުނާދު ލަތީފެވެ.

ބައްދަލުވުމަށްފަހު ގިރާވަރު މާލެ ސިޓިޒެންސް އެސޯސިއޭޝަން އިން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ރައީސް ދެއްވި މެސެޖު މިރޭ ހިއްސާކުރާނެ ކަމަށެވެ.

"ހަތަރު ޖަމިއްޔާގެ ފަރާތުން ކަނޑައަޅާފައިވާ މަންދޫބު ސުނާދު ލަތީފް ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކޮށް ސައްލާ ބައްދަލުވުމުގެ މައުލޫމާތު ހިއްސާ ކުރެވުނެވެ. އަދި އެމަނިކުފާނު ދެއްވި މެސެޖު ހޮނިހިރު ދުވަހުގެ ރޭ އޮންނަ ބައްދަލުވުމުގައި ހާމަ ކުރެވޭނެ،" ފޭސްބުކް ޕޯސްޓުގައި ލިޔެފައިވެ އެވެ.

ކުރީ ސަރުކާރުން ގުޅީފަޅު އަދި ގިރާވަރު ފަޅުން ގޯތި ދޫކޮށްފައިވާ މީހުންނަށް އެ ގޯތިތައް ދިނުން ލަސްވާތީ އެކަމުގެ ކަންބޮޑުވުން ގޯތިތައް ލިބުނު ރައްޔިތުން އަންނަނީ ފާޅު ކުރަމުންނެވެ.

ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުން ގޯތި ލިބޭނެ ކަމަށް ލިސްޓްކޮށްފައިވާ މީހުންނާ ގޯތިތައް ހަވާލު ނުކުރާތީ އެކަމާ ގުޅޭގޮތުން ފާޅުކުރަމުން އަންނަ ކަންބޮޑުވުންތަކަށް ގާނޫނީ ހައްލެއް ހޯދައި ދިނުމަށް، މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއީލް އަހުމަދު ނަސީމު މަޖިލީހަށް ބިލަށް ވެސް ހުށަހަޅުއްވާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox