ވާގޮތް: ދިފާއީ ނިޒާމުގެ އަޖައިބުކުރުވަނިވި 5 ކަމެއް

ވާގޮތް: ދިފާއީ ނިޒާމުގެ އަޖައިބުކުރުވަނިވި 5 ކަމެއް

އަހަރެމެންގެ ވަށައިގެން ވާ މާހައުލެކޭ އެއްފަދައިން، އަމިއްލަ ހަށިތަކަކީ ވެސް ގުދުރަތުގެ އަޖައިބުތަކުން ފުރިގެންވާ ވަރުގަދަ ސިސްޓަމްތަކެކެވެ. ދިރިއުޅުމުގެ އެތައް ކަމެއް ކުރުމަށް ބޭނުންކުރާ މި ހަށިތަކުގައި، އެކި ކަންކަމަށް ހާއްސަ ބައިވަރު ނިޒާމުތަކެއްވެ އެވެ. މިގޮތުން، ދިފާއީ ނިޒާމަކީ ވެސް އަހަރެމެންނަށް ވަރަށް މުހިންމު ބައެކެވެ. ލޮލަށް ނުފެނުނަސް، އިހްސާސްނުކުރެވުނަސް، ކޮންމެ ދުވަހެއްގެ ކޮންމެ ވަގުތެއްގައިވެސް، ސަލާމާތީ ކަންކަން ބަލަހައްޓާ ފަރާތެއް ފަދައިން، އަހަރެންމެ ހަށިގަނޑު ދިފާއުކުރެ އެވެ. ދިފާއި ނިޒާމަކީ ހަށިގަނޑުގެ ވަކި ބައެއް ނޫނެކެވެ. އެހެނަސް މިއީ ގުނަވަންތަކާ، ސެލްތަކާ، ޕްރޮޓީންތައް އަދި ކެމިކަލްތަކުގެ ވަރުގަދަ ވިއުގަ އެކެވެ. މި ނިޒާމުން އަދާކުރާ ޒިންމާތައް ވަރަށް ގިނަ އެވެ. މި ޒިންމާތަކުގެ ތަފްސީލްތައް ބަޔާންކޮށްދޭ އެތައް ފޮތެއް ލިޔެވިފައި އެބަހުއްޓެވެ. މި ހުރިހާ ތަފްސީލަކަށް ޖެހިލާކަށް އަޅުގަނޑު ނެތީމެވެ. އެކަމަށް އެކަށީގެނެއް ވެސް ނުވެ އެވެ. ނަމަވެސް ޝައުގުވެރި ސިކުނޑިތަކަކަށް އެކަމުން މަންފާ ލިއްބައިދޭނެ ކަމަށް ގަބޫލުކުރެވޭ، މި ނިޒާމަށް ހާއްސަ އަދި އަޖައިބުކުރުވަނިވި ބައެއް ކަންކަން ހިއްސާކޮށްލުމަށް ކުފޫ ހަމަވާކަމަށް ދެކެމެވެ.

1. ދިފާއީ ނިޒާމުން ޖަރާސީމުތަކުގެ ރިކޯޑެއް ބަލަހައްޓާ

އަހަރެމެންގެ ދިފާއީ ނިޒާމުން ޖަރާސީމެއް ދެނެގެތަމަށްފަހު، ދިރި ހުރިހާ ދުވަހަކު އެ ޖަރާސީމުގެ ހަނދާން ހުންނާނެ އެވެ. މިކަން ހިނގާ ގޮތަކީ މި އެވެ. ޖަރާސީމުތަކާ ކުރިމަތިލުމަށް "އެންޓިބޮޑީ" ގެ ނަން ދެވިފައިވާ ހާއްސަ ޕްރޮޓީން އެއް މި ނިޒާމުން އުފައްދަ އެވެ. މިފަދަ އެންޓިބޮޑީއެއް އުފެއްދުމަށް ފަހު އޭގެ ކޮޕީއެއް ދިފާއީ ނިޒާމުގައި ރައްކާކުރެ އެވެ. އެހެންކަމުން ދެން އެ ޖަރާސީމު އަންނަ ކޮންމެ ފަހަރަކު އެއީ ކޮން ޖަރާސީމެއް ކަމާއި، ޖަރާސީމު ނައްތާލާނެ ގޮތް ދިފާއީ ނިޒާމަށް އެނގެ އެވެ. ބައެއް ބަލިތައް އެންމެ ފަހަރަކު އަހަރެމެންނަށް ޖެހޭ ސަބަބަކީ ވެސް މިއެވެ. އެ ބަލި ޖެހޭ ޖަރާސީމު ދެނެގަނެ ނައްތާލުމަށް ފުރަތަމަ ފަހަރު ވަގުތު ނަގަނީ އެވެ. ނަމަވެސް ދެން އައުމުން ޖަރާސީމުން އިންފެކްޓްވުމުގެ ކުރިން ނައްތާލަ އެވެ. ވެކްސިންތައް ވެސް މަސައްކަތްކުރަނީ މިފަދަ ގޮތަކަށެވެ.

2. ހުން އައުމަކީ ރަނގަޅުކަމެއް

އަހަރެމެންގެ ގިނަބަޔަކަށް ހުން އައުން އެނގިފައިވަނީ ގޯސް ކަމެއްގެ ގޮތުގަ އެވެ. އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. އާންމު ބަލިތައްވާ ކޮންމެ ފަހަރަކުހެން ހުން އާދެ އެވެ. ނަމަވެސް ހަގީގަތަކީ ހުން އައުމަކީ އޭގެ ޒާތުގައި ރަނގަޅު ކަމެކެވެ. ހުން އައުމުން އަންގައިދެނީ އަހަރެމެންގެ ދިފާއީ ނިޒާމު ރަނގަޅަށް މަސައްކަތްކުރާކަމެވެ. ހަށިގަނޑު ހޫނުކޮށްލުމަކީ ޖަރާސީމުތައް ނައްތާލުމަށް މި ނިޒާމުގައިވާ އެންމެ މުހިންމު އެއް އުކުޅެވެ. ބައެއް ޖަރާސީމުތަކަކީ ހެދި ބޮޑުވެ އިތުރުވުމަށް ވަކި ފިނިހޫނުމިނެއް ބޭނުންވާ އެއްޗެއްސެވެ. ހަށިގަނޑު ހޫނުކޮށްލުމުން މިފަދަ ޖަރާސީމުތަކުގެ ހެދިބޮޑުވުން މަޑު ޖައްސާލާ އިތުރުވުން ހުއްޓުވާލަ އެވެ. އަދި ހުމާ އެކީގައި ހަށިގަނޑު "ސިފައިން" ކަމުގައިވާ "ވައިޓް ބްލަޑް ސެލްސް" ތައް ނިކުމެ މި ޖަރާސީމުތަކަށް ހަމަލާދެ އެވެ. މީގެ އިތުރުން ހުމަކީ ހަށިގަނޑުގެ ގެއްލުންތަކަށް ފަރުވާކުރުމުގެ ބައިވެރިއެއް ވެސް މެ އެވެ. ނަމަވެސް އާންމުކޮށް ހުން އަންނަ ވަރަށް ވުރެ ހޫނުކަން ގަދަނަމަ މިއީ ސަމާލުވާންޖެހޭ ކަމެކެވެ.

3. ބައެއް ފަހަރު އަމިއްލަ ނަފްސަށް ވެސް ހަމާލާދޭ

"އޮޓޯ އިމިއުން" ބައްޔަކީ އަމިއްލަ ހަށިގަނޑުގެ ދުޅަހެޔޮ ސެލްތަކާއި، ޓިޝޫތަކާއި ގުނަވަންތައް ހަމަލާދޭ ބައްޔެކެވެ. މި "މެލްފަންކްޝަން" ގެ ސަބަބުން އެކި މީހުންނަށް އެކި ކަހަލަ ބަލިތައް ޖެހެ އެވެ. އޭގެތެރޭގައި އާތިރައިޓިސް، ޓައިޕް ވަން ޑަޔަބިޓީސް، ސްކްލަރޯސަސް އަދި ސީލިއަކް ޑިޒީސް ހިމެނެ އެވެ. މިފަދަ ބަލިތަކުގައި އަމިއްލަ އަދި އެހެން ސެލްތައް ވަކިކުރުމަށް ދިފާއީ ނިޒާމު ނުކުޅެދި، އަމިއްލަ ޓިޝޫތަކަށް ހަމަލާދެ އެވެ. މިކަމުގެ ސަބަބުން ގުނަވަންތަކާ ނިޒާމުތަކަށް ގެއްލުންވެ އެވެ. މި ބަލިތަކަށް ފަރުވާކުރަނީ ދިފާއީ ނިޒާމު ބަލިކޮށްލާ ބޭސްތަކުންނެވެ.

4. ދިރިއުޅުމުގެ ވައްޓަފާޅިން ދިފާއީ ނިޒާމަށް އަސަރުކުރޭ

އަހަރުމެންގެ އާދަތަކުން ދިފާއީ ނިޒާމަށް ވަރަށް ބޮޑަށް އަސަރުކުރެ އެވެ. މިގޮތުން އެންމެ ބޮޑު އަސަރެއްކުރާ އެކައްޗަކީ ނިދުމުގެ އާދަތަކެވެ. ދިފާއީ ނިޒާމުގެ ސިއްހަތަށް ނިދިހަމަކުރުމާއި ފެންވަރު ރަނގަޅު ނިދި މުހިންމެވެ. މަދުވެގެން ކޮންމެ ރެޔަކު ފަސް ގަޑިއިރު ނުނިދާނަމަ ދިފާއީ ނިޒާމުގެ ވަރުދެރަވެ އެވެ. ނަތީޖާއަކީ ބަލިތަކާ އިންފެކްޝަންތަކުގެ ފުރުސަތު ބޮޑުވުމެވެ. މީގެ އިތުރުން ގަވާއިދުން ކަސްރަތު ކުރުމަކީ ދިފާއީ ނިޒާމަށް އެހީތެރިވުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ. ޖިސްމާނީ ހަރަކާތްތަކުގައި ބައިވެރިވުމަކީ ދިފާއީ ނިޒާމުގެ ކުޅަދާނަކަން ވަރުގަދަވެ، ޖުމްލަކޮށް ދިފާއީ ނިޒާމުގެ މަސައްކަތްތަކަށް އެހީތެރިވެދޭ ކަމެކެވެ.

5. ދިފާއީ ނިޒާމުގެ ބޮޑުބައެއް ވަނީ ގަޓު ސަރަހައްދުގަ

ގޭސްޓްރޯއިންޓެސްޓިނަލް ޓްރެކްޓްގައި ދިފާއީ ނިޒާމުގެ ބޮޑު ބައެއް ހުރެއެވެ. ހަޖަމުކުރުމުގައި ގޮހޮރުގެ ދައުރުގެ އިތުރުން، ދިފާއީ ނިޒާމު ދިފާއުކުރުމުގައި މުހިއްމު ދައުރެއް އަދާކުރެއެވެ. ދުޅަހެޔޮ ގޮހޮރެއް ދެމެހެއްޓުމަށާއި، ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް ރަނގަޅު ކާނާ ލިބުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ފައިބާ، ޕްރީބަޔޮޓިކްސް، އަދި ޕްރޮބަޔޮޓިކްސް އިން މުއްސަނދި ކާނާ ކެއުމަކީ ގޮހޮރުގެ ފައިދާ ހުރި ބެކްޓީރިއާ ބޮޑުވުމަށް އެހީތެރިވެދޭ ކަމެކެވެ. މިއީ ދިފާއީ ނިޒާމުގެ މަސައްކަތްތަކަށް ހެޔޮ އަސަރުތަކެއް ކުރާ ކަމެކެވެ. މީގެ އިތުރުން ޕްރޮސެސްޑް ކާނާއާއި އެންޓިބަޔޮޓިކްސް މާގިނައިން ބޭނުންކުރުމުން ދުރުހެލިވުމަކީ ގޮހޮރުގެ މައިކްރޯބަޔޮޓާގެ ނާޒުކު ބެލެންސް ރައްކާތެރިކުރުމަށް އެހީތެރިވެދޭ ކަމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox