ރަށު ކައުންސިލުތަކުގެ އިހުތިސާސްގައި ނުހިމެނޭ ރަށްރަށާއި ފަޅުތައް ހޯދޭނެ ގޮތް ހަދައިފި

ރާއްޖޭގެ ފަޅު ރަށެއް: ރަށު ކައުންސިލުތަކުގެ އިހުތިސާސްގައި ނުހިމެނޭ ރަށްރަށާއި ފަޅުތައް ހޯދޭނެ ގޮތް ހަދައިފި - ފޮޓޯ: ވިޒިޓް ތާ

ރާއްޖޭގެ ފަޅު ރަށެއް: ރަށު ކައުންސިލުތަކުގެ އިހުތިސާސްގައި ނުހިމެނޭ ރަށްރަށާއި ފަޅުތައް ހޯދޭނެ ގޮތް ހަދައިފި - ފޮޓޯ: ވިޒިޓް ތާ

ރަށު ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ނުހިމެނޭ ރަށްތަކާއި ފަޅުތައް ކައުންސިލުތަކާ ހަވާލުކުރެވޭނެ އުސޫލެއް ތައާރަފުކުރަން މިދިޔަ މަހު ފަހެއްގައި ވަޒީރުންގެ މަޖިލީހުން ނިންމި ނިންމުމާ އެއްގޮތަށް، އެކަމަށް އަމަލުކުރުމަށް ގަވާއިދެއް ހަދާ ގެޒެޓުކޮށްފި އެވެ.

މިދިޔަ ސަރުކާރުން އެކުލަވާލި "މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސޯދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅު ރަށްރަށް ދޫކުރުމާ ބެހޭ ގަވާއިދު" އުވާލާ އެ ގަވާއިދަށް ގެނައި އިސްލާހުތަކާއެކު އިއްޔެ ގެޒެޓުކޮށްފައިވާ އާ ގަވާއިދުގައި ބުނެފައިވާ ގޮތުން ކައުންސިލްތަކުގެ އިހުތިސާސްގައި ނުހިމެނޭ ރަށެއް ނުވަތަ ފަޅެއް ދޫކުރާނީ ލޯކަލް ގަވަމަންޓު މިނިސްޓްރީންނެވެ.

މިގޮތުން ދޫކުރެވޭ ރަށްތައް ކަނޑައަޅާނީ ރައީސުލްޖުމްހުރިއްޔާ އެވެ. އެ ރަށްތަކުގެ ލިސްޓު މިހާތަނަށް އާންމުކޮށްފައެއް ނުވެ އެވެ.

Advertisement

ކައުންސިލްތަކުން އެދޭ ރަށަކީ ހުށަހަޅާ ކައުންސިލެއް ނިސްބަތްވާ އިދާރީ ދާއިރާގެ ފަޅު ރަށަކަށް ވާން ޖެހޭނެ އެވެ. ނަމަވެސް އެ އިދާރީ ދާއިރާގައި އެފަދަ ފަޅު ރަށެއް ނެތްނަމަ އެހެން އިދާރީ ދާއިރާއެއްގެ ރަށެއް ހޯދުމުގެ ފުރުސަތު ވެސް އާ ގަވާއިދުގެ ދަށުން ލިބެ އެވެ.

މިދިޔަ މަހު ފަހެއްގައި ބޭއްވި ވަޒީރުންގެ މަޖިލީހަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ލާމަރުކަޒީ ގާނޫނުން ކޮންމެ ރަށެއްގެ 700 މީޓަރާ ހަމައަށް ހުންނަ ތަންތަން އެ ރަށެއްގެ ރަށު ކައުންސިލުގެ އިހުތިސާސްގެ ތެރޭގައި ހިމަނާފައިވާ އޮތް ނަމަވެސް، އެފަދަ ބައެއް ތަންތަނުގެ އެންމެ އެކަށީގެންވާ ބޭނުން ނުކުރެވޭ ކަމަށެވެ.

"ދެން މިހެން ހުރި ރަށްތައް ވެސް އެބަހުރޭ. އަދި ދޫނުކޮށް ހުރި ރަށްތައް ވެސް އެބަހުރޭ އަދި އެ ނޫން އެ ބައުންޑަރީއަށް ވުރެ ދުރުގަ ހުންނަ ފަޅުފަޅާއި ރަށްރަށް ވެސް އެބަހުރޭ، އެ ރަށްރަށުގެ ކައުންސިލުތަކަށް އޭގެނެ ފައިދާ ވާނެ ކަހަލަ މަޝްރޫއުތަކެއް ލިބިދާނެ ކަހަލަ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ސަރުކާރުގެ މަގުސަދަކީ މިހެން ހުރި ތަންތަނުގެ އެންމެ އެކަށީގެންވާ މަންފާ ރައްޔިތުންނަށް ލިބޭނެ މަގުފަހިކޮށްދިނުމެވެ. މިކަމަށްޓަކައި ފުރިހަމަވާން ޖެހެނީ ދެ ހަމައެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އާ ގަވާއިދުގައި ބުނެފައިވާ ގޮތުން، ސަރުކާރުން އިއުލާނުކުރާ ރަށެއް ބޭނުންވާ ނަމަ ރަށު ކައުންސިލުން ޖެހޭނީ ބޭނުންވާ ރަށެއްގައި ކުރަން ބޭނުންވާ ތަފުސީލު ރިޕޯޓެއް ހުށަހަޅާށެވެ. ރިޕޯޓާއެކު ފަޅުރަށް ހިމެނޭ އިދާރީ ދާއިރާ ނިސްބަތްވާ އަތޮޅު ކައުންސިލްގެ ހުއްދައިގެ ލިޔުމެއްވެސް ހުށަހަޅަންޖެހެ އެވެ.

މީގެއިތުރުން، އެއް ފަޅު ރަށެއް ހޯދުމަށް އެކަކަށްވުރެ ގިނަ ރަށެއްގެ ކައުންސިލުން ގުޅިގެންވެސް މިނިސްޓްރީއަށް ރިޕޯޓު ހުށަހެޅުމުގެ ފުރުސަތު އާ ގަވާއިދުން ލިބިދެ އެވެ.

މިގޮތަށް ދޫކުރެވޭ ރަށްތަކުގައި ކުރެވޭ މަސައްކަތަކުގެ ތަފުސީލާއި އާމްދަނީއާއި ހަރަދުތައް ހިމެނޭ އަހަރީ ރިޕޯޓެއް ހުށަހެޅުމަށް ވެސް އާ ގަވާއިދުން ވަނީ ލާޒިމްކޮށްފަ އެވެ. ކައުންސިލްތަކަށް ދޫކުރާ ރަށެއް ނަމަ އެ ރިޕޯޓު ހުށަހަޅަންވާނީ ރައްޔިތުންގެ ބައްދަލުވުމަކުން ފާސްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox