ސިފައިން ގެންދަން މަޝްވަރާ ކުރާ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒުން އެއްބަހެއް ނުވި

އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރީގެ ތަރުޖަމާނު، ރަންދިރު ޖައިސްވަލް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި --

އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރީގެ ތަރުޖަމާނު، ރަންދިރު ޖައިސްވަލް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި --

އިންޑިއާ އާއި ރާއްޖެއާ ދެމެދު މިދިޔަ އާދީއްތަ ދުވަހު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ އިންޑިއާގެ އޭވިއޭޝަން ޕްލެޓްފޯމުތަކުން ރާއްޖޭގައި ދެމުންދާ އިންސާނީ އެހީގެ ހިދުމަތް ދެ ގައުމުން އެއްބަސްވެވޭ ގޮތެއްގެ މަތިން ކުރިއަށް ގެންދަން ކަމަށް އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީގެ ތަރުޖަމާނު، ރަންދިރު ޖައިސްވަލް ވިދާޅުވެއްޖެ އެވެ.

ކޮންމެ ހަފުތާއަކު ވެސް އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީން ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ އެގައުމަށް ވަކި ތާރީހެއްގެ ކުރިން ގެންދަން އަންގާފައިވާ ކަމަށް ބުނާ ވާހަކައާ ގުޅުވައި ނޫސްވެރިޔަކު މިއަދު ވަނީ ސުވާލެއް ކޮށްފަ އެވެ.

އެ ސުވާލުގެ ޖަވާބުގައި ޖައިސްވަލް ވިދާޅުވީ މިމަހު 14 ވަނަ ދުވަހު ރާއްޖޭގައި ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ ރާއްޖެއަށް އެ ގައުމުން މިހާރު ވެސް ދެމުންދާ އިންސާނީ އެހީގެ ހިދުމަތްތައް ދެ ގައުމުން ވެސް އެއްބަސްވެވޭ ހަމައެއްގެ މަތިން ކުރިއަށް ގެންދެވޭނެ މަގެއް ހޯދުމަށް ކަމަށެވެ. އެކަމުގެ އިތުރު ތަފުސީލު ލިބޭނީ ދެ ގައުމުގެ އިސްވެރިންގެ މެދުގައި ދެން އޮންނަ ބައްދަލުވުމަކަށް ފަހު ކަމަށް ޖައިސްވަލް ވިދާޅުވި އެވެ.

"އެ ދުވަހު އަޅުގަނޑުމެން އާންމު ކުރިން ޕްރެސް ރިލީޒެއް ވެސް، އޭގައި ވެސް އޮންނާނެ އިންޑިއާގެ އޭވިއޭޝަން ޕްލެޓްފޯމުތަކުން އިންސާނީ އެހީއާއި ބަލި މީހުން އުފުލުމުގައި ރާއްޖޭގައި ފޯރުކޮށްދެމުންދާ ހިދުމަތްތައް ދެގައުމުން އެއްބަސްވާ ގޮތެއްގެ މަތިން ކުރިއަށް ގެންދަން ކުރެވުނު މަޝްވަރާތަކުގެ ވާހަކަ،" ޖައިސްވަލް ވިދާޅުވި އެވެ.

ރާއްޖެއިން އެ ދުވަހު އާންމުކުރި ނޫސްބަޔާނުގައި ވަކި ތާރީހެއްގެ ކުރިން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގެންދިޔުމަށް އަންގާފައިވާ ކަމަށް ބުނެފައި އޮތް ނަމަވެސް އިންޑިއާއިން އެ ދުވަހު އާންމުކުރި ނޫސްބަޔާނުގައި އެފަދަ ވާހަކައެއް ބަޔާން ކޮށްފައި ނުވާކަން ފާހަގަކޮށް އެހެން ނޫސްވެރިއަކު ވެސް ވަނީ ޖައިސްވަލްއަށް އެހެން އިބާރާތަކުން އެ ސުވާލު ތަކުރާރުކޮށްފަ އެވެ.

އެ ސުވާލުގެ ޖަވާބުގައި އޭނާ ވިދާޅުވީ އެދުވަހުގެ ބައްދަލުވުމުގައި ދެކެވުނު ހުރިހާ ވާހަކަތަކެއް އިންޑިއާއިން އާންމުކުރި ނޫސްބަޔާނުގައި އޮންނާނެ ކަމަށާއި މިހައިތަނަށް ދެކެވުނު ވާހަކައަކީ އެއީ ކަމަށެވެ.

ރާއްޖެއާ އިންޑިއާއާ ދެމެދު ކުރެވެމުންދާ މަޝްވަރާތަކަކީ އަދި އަދިވެސް ކުރިއަށްދާ ކަމެއްކަން ފާހަގަކޮށް ޖައިސްވަލް ވަނީ މަޝްވަރާތަކެއްގައި ދެކެވޭ ވާހަކަައަކީ ވަކި ގޮތަކަށް ކަމެއް ނިންމުން ނޫން ކަމަށް ވިދާޅުވެފަ އެވެ. އަދި ވަރަށް އަވަހަށް ދެގައުމުގެ ދެމެދުގައި އަނެއްކާވެސް ބައްދަލުވުމެއް ބޭއްވުމަށް ތައްޔާރުވަމުންދާ ކަމަށާއި އެ ބައްދަލުވުން ކުރިއަށް ގެންދާނީ އިންޑިއާގައި ކަމަށް ޖައިސްވަލް ވިދާޅުވި އެވެ.

މިދިޔަ އާދީއްތަ ދުވަހު ރާއްޖޭގެ ފޮރިން މިނިސްޓަރީގައި އިންޑިއާގެ އިސްވެރިންގެ ވަފުދަކާއެކު ރާއްޖޭގެ އިސް ބޭފުޅުން ކުރިއަށް ގެންދިޔަ ބައްދަލުވުންތަކާ ގުޅޭގޮތުން އެ ދުވަހު ރައީސް އޮފީހުގެ ޕޮލިސީ ޑިރެކްޓަރު، އަބްދުﷲ ނާޒިމް ވިދާޅުވީ، އިންޑިއާ އާއި ރާއްޖެއާ ދެމެދު މިއަދު ކުރިއަށްދާ ބައްދަލުވުމަށް ރައީސްގެ ފަރާތުން ހުށަހެޅުއްވީ ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި އެ ގައުމުގެ ސިފައިން ރާއްޖެއިން ބޭލުމަށް ކަމަށެވެ.

"މި ބައްދަލުވުމަށް ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ ވަނީ މާޗް 15، ގެ ކުރިން އިންޑިއާ ސިފައިން މި ގައުމުން ބާލައި ނިންމުމަށް ވަނީ ހުށަހަޅުއްވައިފަ. ސަރުކާރުން، ރައީސް އޮފީހުން ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ވަނީ ބައްދަލުވުމުގެ އެޖެންޑާއަށް މި ދެންނެވި ތާރީހު ހުށަހަޅުއްވާފަ. އެ މަޝްވަރާތައް މި ދެންނެވި ބައްދަލުވުމުގައި މިހާރު ކުރިއަށް ދަނީ،" ނާޒިމް ވިދާޅުވި އެވެ.

އިންޑިއާގެ ޑޯނިއާއަކާއި ދެ ހެލިކަޕްޓަރު ބޭނުންކޮށްގެން ރާއްޖޭގައި މިހާރު ވެސް ދެމުންދާ އިންސާނީ ހިދުމަތް ދެގައުމުން ރުހޭ ގޮތަކަށް ކުރިއަށް ގެންދެވޭނެ މަގެއް ހޯދުމަށް މަޝްވަރާ ކުރެވުނު ކަމަށް މިއަދު ޖައިސްވަލް ވިދާޅުވި ނަމަވެސް އެދުވަހު ނާޒިމް ވިދާޅުވީ އިންޑިއާގެ ސިފައިންނަށް ރާއްޖެއަކު ނުތިބެވޭނެ ކަމަށާއި ރައްޔިތުން ވެސް ބޭނުންވާ ގޮތަކީ އެއީ ކަމަށެވެ.

"މީގެ އެންމެ މުހިންމު ނުކުތާއަކީ، ފާހަގަ ކުރަންޖެހޭ ކަމަކީ އިންޑިއާ ސިފައިންނަކަށް މި ގައުމަކު ނުތިބެވޭނެ. އެއީ މި ސަރުކާރުގެ ސިޔާސަތަކީ. އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދަކީ، ދިވެހި ރައްޔިތުން ބޭނުންވާ ގޮތަކީ،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް އެކަން ކުރާނީ ދެގައުމުގެ ގުޅުމަށް ބުރޫ ނާރާނެ ގޮތަށް ކަމަށް ނާޒިމް އެ ދުވަހު ވިދާޅުވި އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އިތުރު ނޫސްވެރިޔަކު ކުރި ސުވާލެއްގެ ޖަވާބުގައި ޖައިސްވަލް ވަނީ އިންޑިއާއިން ރާއްޖޭގައި ހިންގަމުންދާ އެއްވެސް ޕްރޮޖެކްޓެއް ހުއްޓައިލުމަށް ނުވަތަ މަޑުޖައްސައިލުމަށް ވެސް ނިންމާފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެންގެ ފަރާތުން މިތިބީ ޕްރޮޖެކްޓުތައް ކުރިއަށް ގެންދާ ގޮތަށް، އަޅުގަނޑުމެންނަކީ މިވީހައި ތަނަށް ވެސް ދިވެހިރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއް، އަދި ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖޭގެ ތަރައްގީއަށް ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދޭން އަޅުގަނޑުމެން މިތިބީ ތައްޔާރަށް،" އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ ފޮރިން ޕޮލިސީއަކީ އިންޑިއާއަށް ރާއްޖެއިން ބަރޯސާވެފައި އޮތް އޮތުން ނައްތާލުން ކަމަށް ސަރުކާރުން ބުނެ އެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަކީ ވެސް އެމަނިކުފާނުގެ ވައުދެކެވެ. މިދިޔަ ނޮވެމްބަރު މަހު ވެރިކަމާ ހަވާލުވެވަޑައިގެން ފަހުން ރައީސް ވަނީ އިންޑިއާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ރާއްޖޭގެ މިނިވަންކަން ދަމަހައްޓާނެ ކަމަށް ވިދާޅުވެފަ އެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުން ގޯސްވެފައިވާއިރު ރައީސް މުއިއްޒު އެމަނިކުފާނުގެ އެންމެ ފުރަތަމަ ސްޓޭޓް ވިޒިޓް މިދިޔަ ހަފުތާގައި ކުރެއްވީ އިންޑިއާއާ ވާދަވެރި ޗައިނާއަށެވެ. ޖެނުއަރީ 7، ގައި ފެށި އެ ދަތުރު ނިންމާލެއްވީ އޭގެ ހަ ދުވަސް ފަހުން މިދިޔަ ހުކުރު ދުވަހެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox