ޕީއެންސީ ކޯލިޝަނުގެ މަޖިލިސް ޕްރައިމަރީ ބާއްވާ ތާރީހު ދެވަނަ ފަހަރަށް ފަސްކޮށްފި

ޕީއެންސީގެ ލީޑާޝިޕް މެމްބަރުން، ޕީއެންސީ ޕްރައިމަރީގައި ވޯޓުލެވޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހަޅަން ވަނީ ހުޅުވާލާފަ. -- ފޮޓޯ: ޕީއެންސީ

ޕީއެންސީގެ ލީޑާޝިޕް މެމްބަރުން، ޕީއެންސީ ޕްރައިމަރީގައި ވޯޓުލެވޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހަޅަން ވަނީ ހުޅުވާލާފަ. -- ފޮޓޯ: ޕީއެންސީ

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގައި ހިމެނޭ ޕީއެންސީ އާއި ޕީޕީއެމްގެ ފަރާތުން މަޖިލީހަށް ވާދަ ކުރާނެ ކެންޑިޑޭޓަކު ހޮވަން ބާއްވާ ޕްރައިމަރީ ބާއްވާ ތާރީހު ދެވަނަ ފަހަރަށް ފަސްކޮށްފި އެވެ.

އެ ކޯލިޝަނުގެ ޕްރައިމަރީ ބާއްވަން ފުރަތަމަ ކަނޑައެޅި ތާރީހަކީ މިދިޔަ ޑިސެމްބަރު މަހުގެ 23ގަ އެވެ. އެ ފަހަރު ޕްރައިމަރީ ފަސްކުރީ މި މަހު 20 އަށެވެ.

ޕްރައިމަރީ ފަސްކުރާ ސަބަބެއް ކަމަށް އެ ކޯލިޝަނުން އޭރު ބުނީ ކުރިން ތާވަލުކުރި ތާރީހަކީ ސްކޫލު ބަންދު ދުވަސްވަރަކަށް ވެފައި, ގިނަ ރައްޔިތުން އެކި ބޭނުންތަކަށް އަދި އުމްރާ ކުރުމަށް ގައުމުން ބޭރަށް ދަތުރު ކުރުމަށް ހަމަޖެހިފައިވާ ދުވަސްވަރަކަށް ވާތީ އެވެ.

މިފަހަރު ޕްރައިމަރީ ލަސްކުރީ ކީއްވެކަން އެ ކޯލިޝަނުން އަދި ނުބުނެ އެވެ. ނަމަވެސް ޕްރައިމަރީގައި ވާދަ ކުރާ ކެންޑިޑޭޓުންގެ ޝަކުވާތައް ގިނަކަން ފާހަގަކުރެވެ އެވެ. އޭގެ ތެރޭގައި ވޯޓާސް ލިސްޓާ ގުޅޭ ޝަކުވާތައް ވެސް ހިމެނެ އެވެ.

ޕީއެންސީން މިރޭ ވަނީ ޕްރައިމަރީގައި ވޯޓު ލެވޭ ލިސްޓު އާންމުކޮށްފަ އެވެ. މި ލިސްޓު އެ ޕާޓީގެ ވެބްސައިޓުތަކުން ފެންނާނެ އެވެ.

އެ ކޯލިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ ލިސްޓުގައި އެއްވެސް މައްސަލައެއް އުޅޭނަމަ އެކަން ލިޔުމުން ޕާޓީއަށް އަންގަން ޖެހޭނެ ކަމަށެވެ. އެ ޝަކުވާތަށް ބަލައިގަންނާނީ 18 ޖެނުއަރީ ވާ ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6 ގެ ކުރިންނެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ބައެެއް ދާއިރާތަކުން އިތުރު މީހަކު ކުރިމަތިނުލާތީ ޕްރައިމަރީއަކާ ނުލައި މަޖިލިސް އިންތިހާބުގެ ޓިކެޓު ބައެއް މީހުންނަށް ދީފަ އެވެ. މި އަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިހާބު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވާ ތާރީހަކީ އަންނަ މާޗު މަހުގެ 17 އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox