މޭޔަރު އިންތިހާބުގައި ވޯޓުލީ އެންމެ 32 ޕަސެންޓު މީހުން

މިއަދު ބޭއްވި އިންތިހާބުގެ ވޯޓު ގުނުމުގެ ތެރެއިން: މާލޭ މޭޔަރުކަމާއި ބައެއް ކައުންސިލު މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގައި ވޯޓުދިނީ އެންމެ 32 ޕަސެންޓު މީހުން -- ފޮޓޯ: އިޔާން/އަދަދު

މިއަދު ބޭއްވި އިންތިހާބުގެ ވޯޓު ގުނުމުގެ ތެރެއިން: މާލޭ މޭޔަރުކަމާއި ބައެއް ކައުންސިލު މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގައި ވޯޓުދިނީ އެންމެ 32 ޕަސެންޓު މީހުން -- ފޮޓޯ: އިޔާން/އަދަދު

މާލޭ މޭޔަރުގެ މަގާމަށް މީހަކު ހޮވުމަށް މިއަދު ބޭއްވި އިންތިހާބުގައި ވޯޓު ދިނީ، ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ އެންމެ 32 ޕަސެންޓު މީހުން ކަމަށް ނަތީޖާ ޝީޓުތަކުން ދައްކައިފި އެވެ.

މިއަދު ހެނދުނު 8:00 އިން ފެށިގެން 17:00 އަށް ވޯޓުލުން ނިމުމާ ހަމައަށް ވޯޓު ދިނީ 17،442 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ 31.8 އިންސައްތަ އެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 54،680 މީހުންނަށް ލިބުނެވެ.

މިއީ 2021 ގައި ބޭއްވި ލޯކަލް ކައުންސިލު އިންތިހާބުގައި، ފުރަތަމަ ފަހަރަށް މާލޭގެ މޭޔަރަކު ހޮވަން ވޯޓު ދިން އަދަދާ އަޅާ ބަލާއިރު ވެސް މަދު އަދަދެކެވެ. އެ އިންތިހާބުގައި 41 ޕަސެންޓު މީހުން ވޯޓު ދިނެވެ. އެއީ 21،161 މީހުންނެވެ. އެ ފަހަރު މާލެއިން ވޯޓު ދިނުމުގެ ހައްގު ލިބުނީ 51،702 މީހުންނަށެވެ.

މާލޭ މޭޔަރު އިންތިހާބުގައި ވާދަކުރެއްވި ފަސް ކެންޑިޑޭޓުން

  1. ޝުއައިބު އަލީ (އަމިއްލަ ގޮތުން)
  2. ހުސެއިން ވަހީދު (އަމިއްލަ ގޮތުން ނަމަވެސް ކުރީގެ ރައީސް ޔާމީންގެ ތާއިދާއެކު)
  3. އާއިޝަތު އާޒިމާ ޝަކޫރު (ޕީއެންސީ)
  4. އާދަމް އާޒިމް (އެމްޑީޕީ)
  5. މުހައްމަދު ސައިފް ފާތިހު (ދަ ޑިމޮކްރެޓްސް)

މާލެ ސިޓީ ކައުންސިލުގެ މޭޔަރު ހޮވަން ބޭއްވި ބައި-އިލެކްޝަނުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި އެންމެ ގާތުން ވާދަކުރެއްވި ކެނޑިޑޭޓާ ތަފާތު ބޮޑު ނަތީޖާއަކުން ކުރި ހޯއްދަވައި، އިންތިހާބު ކާމިޔާބުކުރެއްވީ އެމްޑީޕީ ކެންޑިޑޭޓު އާދަމް އާޒިމެވެ.

ވަގުތީ ނަތީޖާއިން ދައްކާ ގޮތުން އާޒިމަށް 44.8 ޕަސެންޓު ވޯޓު ލިބިވަޑައިގެންފައި ވާއިރު ދެވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވި ކުރީގެ ބަންޑާރަ ނައިބު އަދި ރައީސް އޮފީހުގެ މިނިސްޓަރު، އާޒިމާ ޝަކޫރަށް ލިބިވަޑައިގެންނެވީ 29.6 ޕަސެންޓެވެ.

މާލޭ މޭޔަރުގެ ގޮނޑި ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި މާލެ ސިޓީގެ ފުރަތަމަ އިންތިހާބީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިހާބުވެވަޑައިގަތުމާ ގުޅިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox