ހޫނު މޫސުމުގެ ޕީކަށް ތައްޔާރުވާން ސްޓެކްލޯއިން ދެ ޖަނަރޭޓަރު ސެޓު ގެނެސްފި

ސްޓެލްކޯއިން ގެނައި ޖަނަރޭޓަރު ސެޓުތައް: މާލޭގައި ޕީކު ސީޒަނުގައި ކަރަންޓުގެ ޑިމާންޑަކީ 117 މެގަވޮޓު -- ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯއިން ގެނައި ޖަނަރޭޓަރު ސެޓުތައް: މާލޭގައި ޕީކު ސީޒަނުގައި ކަރަންޓުގެ ޑިމާންޑަކީ 117 މެގަވޮޓު -- ފޮޓޯ: ސްޓެލްކޯ

ކަރަންޓު ބޭނުން ކުރާ މިންވަރު އެންމެ ބޮޑަށް އިތުރުވެގެންދާ ހޫނު މޫސުމުގެ ދުވަސްވަރާ ދިމާކޮށް، މެދުނުކެނޑި ކަރަންޓު ލިބޭނެ މަގު ފަހިކޮށްދިނުމުގެ މަގުސަދުގައި ދެ ޖަނަރޭޓަރު ސެޓު ސްޓެލްކޯއިން މިއަދު ގެނެސްފި އެވެ.

ސްޓެލްކޯއިން އެކްސް ގައި ކުރި ޕޯސްޓެއްގައި ބުނީ މި އަހަރުގެ ޕީކް ސީޒަނަށް (ހޫނު މޫސުމަށް) ތައްޔާރުވުމަށްޓަކައި، ގެނައުމަށް ހަމަޖެހިފައިވާ ޖެނަރޭޓަރު ސެޓްތަކުގެ ތެރެއިން 1.6 މެގަވޮޓްގެ ދެ ހައިސްޕީޑް ކޮންޓެއިނާ ޖަނަރޭޓަރު ސެޓް ރާއްޖެ ގެނެވި، ބެހެއްޓުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. މީގެ އިތުރު ދެ ސެޓު ގެންނަން ހަމަޖެހިފައި ވާއިރު، މި ހަތަރު ސެޓާއެކީ ޖުމްލަ 6.4 މެގަވޮޓުގެ ކަރަންޓު އިތުރަށް އުފެއްދޭނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

މިކަމާ ގުޅޭގޮތުން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އެކްސްގައި ވިދާޅުވީ ސްޓެލްކޯ އަބަދުވެސް ދެމި އޮންނާނީ ރައްޔިތުންނަށް ފުރިހަމަ ހިދުމަތެއް ފޯރުކޮށް ދިނުމުގައި ކަމަށެވެ. އަދި ކުރިއަށް އެ ކުންފުނިން ހިންގަން ރާވާފައިވާ މާލެ ސަރަހައްދުގެ ބިޔަ ޕަވާ ޕްރޮޖެކްޓު، ސިކްސްތު ޕަވާ ޑިވެލޮޕަމަންޓުގެ އަމަލީ މަސައްކަތް ދާދި އަވަހަށް ފެށިގެން ދާނެ ކަން ވެސް ހާމަކުރެއްވި އެވެ.

"އިރާދަކުރެއްވިއްޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ރާއްޖޭގައި ހިންގޭ އެންމެ ބޮޑު ޕަވަރ ޕްރޮޖެކްޓް، ސިކްސްތު ޕަވާ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށައިގަނެވި، އިންގިލާބީ ހެޔޮ ބަދަލެއް ރާއްޖޭގެ ކަރަންޓުގެ ސިނާއަތައް އަޅުގަނޑުމެން މި ވެރިކަމުގައި ގެންނާނަން" ފަހުމީ ވިދާޅުވި އެވެ.

ކުރިއަށް އޮތީ ރޯދަ މަސް ކަމަށްވާއިރު، ރޯދަ މަހަކީ ކަރަންޓު ބޭނުން ކުރާ މިންވަރު ނިސްބަތުން އިތުރުވާ ދުވަސްވަރަކެވެ. މިފަހަރުގެ ހޫނު މޫސުމުގެ ދުވަސްވަރު ވެސް އިއްތިފާގު ވަނީ ރޯދަ މަހާ އެވެ. ސްޓެލްކޯއިން ބުނި ގޮތުގައި މިހާރު މާލޭ ސަރަހައްދުގައި ޕީކު ޑިމާންޑަކީ 117 މެގަވޮޓެވެ.

ސްޓެލްކޯގެ މިހާރުގެ މެކްސިމަމް ކެޕޭސިޓީއަކީ 122 މެގަވޮޓެވެ. ކޮންޓެއިނަރު ޖަނަރޭޓަރު ސެޓުތަކާ އެކީ ކެޕޭސިޓީ 128 މެގަވޮޓަށް އުފުލާލެވޭނެ އެވެ. ކުރިން "އަދަދު"އަށް ދެއްވި އިންޓަވިއުއެއްގައި ފަހުމީ ވަނީ މިހާރު ހުރި ކެޕޭސިޓީގައި، ޖަނަރޭޓަރަކަށް މައްސަލައެއް ދިމާވެއްޖެ ހާލަތެއްގައި ކަރަންޓު ކަނޑާނުލައި ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް މި ޖަނަރޭޓަރުތައް ގެނެވުމުން 24 ގަޑިއިރު ކަރަންޓުގެ ހިދުމަތް މެދުނުކެނޑި ދެވޭނެ ކަމަށް ސްޓެލްކޯއިން ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox