ރެއާލުން ފުރުސަތެއް ނެތަސް ކެޕާ ޗެލްސީ އަށް ދާން ބޭނުމެއް ނޫން

Jan 13, 2024, 7:44 AM
ރެއާލުން ފުރުސަތެއް ނެތަސް ކެޕާ ޗެލްސީ އަށް ދާން ބޭނުމެއް ނޫން

މެޑްރިޑް (ޖެނުއަރީ 13) - ރެއާލް މެޑްރިޑުން ފުރުސަތު ނުލިބުނު ކަމުގައި ވިޔަސް އަންނަ ސީޒަނުގައި އަލުން ޗެލްސީ އަށް ދާން ސްޕެއިންގެ ކީޕަރު، ކެޕާ އަރިއްޒަބަލާގާ ބޭނުންނުވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އެއް އަހަރުގެ ލޯނެއްގައި ރެއާލުން ކެޕާ، 29، ގެންނަން ނިންމީ ރެއާލްގެ އެއް ވަނަ ކީޕަރު ތިބައު ކޯޓުއާ އަށް އަނިޔާވުމާ ގުޅިގެންނެވެ. ރެއާލާ އެކު ކެޕާ ސޮއިކުރި އެއްބަސްވުން އޮތީ މި އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެ ކޮންޓްރެކްޓްގައި ރެއާލުން ބޭނުންނަމަ ދާއިމީކޮށް ކެޕާ އެ ޓީމުގައި ބަހައްޓަން ދައްކަންޖެހޭނެ ފީއެއް ހިމަނައިފައިނުވެ އެވެ.

އެހެންކަމުން، ކެޕާ އަށް މި ސީޒަނަށް ފަހު އިތުރު ފުރުސަތެއް ރެއާލުން ދޭނަމަ ޗެލްސީއާ އެކު އާ ޑީލެއް މަޝްވަރާ ކުރަން ޖެހޭނެ އެވެ.

ރިޕޯޓްތައް ބުނާގޮތުން، ރެއާލުން ވިސްނަނީ ކޯޓުއާގެ ދެ ވަނަ ކީޕަރެއްގެ ގޮތުގައި، ރެއާލްގައި މި ވަގުުތު ހުރި ޔޫކްރެއިންގެ ކީޕަރު އަންޑްރީ ލުނިން ބަހައްޓާށެވެ. ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ މި ވަގުތު ޗެމްޕިއަންސް ލީގާއި ސްޕެނިޝް ލީގުގެ މެޗުތަކުން ފުރުސަތު ދެނީ، ލުނިން އަށެވެ. ކެޕާ އަށް ކިރިޔާ ވެސް ފުރުސަތެއް އޮތީ، ސްޕެނިޝް ކަޕް މެޗުތަކުންނެވެ.

ރެއާލުން ބޭނުންނުވެއްޖެނަމަ ކެޕާ އަށް ޖެހޭނީ އަލުން ޗެލްސީ އަށް ދާށެވެ.

އެކަމަކު، ސްޕެއިންގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ކެޕާގެ ވިސްނުމަކީ ޗެލްސީ އަށް ނުގޮސް އެހެން ޓީމެއް ހޯދުމަށެވެ. އަދި އެންމެ ބޮޑަށް އިހުތިޔާރުކުރާނީ ސްޕެނިޝް ލީގުގެ ޓީމަކަށް ބަދަލުވުމަށެވެ.

އެތުލެޓިކް ބިލްބާއޯ ދުކޮށް، 2018 ވަނަ އަހަރު ކެޕާ، ޗެލްސީ އަށް ބަދަލުވީ އެ ވަގުތު ދުނިޔޭގެ އެންމެ އަގުބޮޑު ކީޕަރުގެ ގޮތުގަ އެވެ. އެއީ، 90 މިލިއަން ޑޮލަރުގެ ފީ އަކަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް މާޒިޔާ އިން ތިން ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-1 އިން ބަލިކޮށް، މާޒިޔާ ވަނީ ލީގު ތާވަލުގެ ތިންވަނައަށް ޖެހިލާފައި. މިއީ މި ފަހަރު ލީގުގައި މާޒިޔާ އިން ހޯދި ތިން ވަނަ މޮޅު. މި މޮޅާއެކު މާޒިޔާ އަށް 10 ޕޮއިންޓް ލިބިފައިވާއިރު، ބިސް ބުރު އޮތީ 6 ޕޮއިންޓާއެކު ތާވަލުގެ ހަ ވަނައިގައި.

ޔުނައިޓެޑްގައި ޓެން ހާގް ފެއިލްވީ ރޮނާލްޑޯގެ ސަބަބުން

މެންޗެސްޓާ ޔުނައިޓެޑްގައި އޭނާ ފެއިލްވި އެއް ސަބަބަކީ ކްރިސްޓިއާނޯ ރޮނާލްޑޯއާ ދިމާވި މައްސަލަތައް ކަމަށް އެ ޓީމުގެ ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފި. ޓެން ހާގް ހާމަކުރި ގޮތުގައި ރޮނާލްޑޯގެ އަމަލުތަކުގެ ސަބަބުން ޓީމުގެ މަސައްކަތްތަކަށް ބުރޫއަރައި، ކޯޗުގެ އިރުޝާދުތަކަށް އޭނާ ފުރިހަމައަށް އިހުތިރާމް ކޮށްފައެއް ނުވޭ

ދިއްދޫ ބަލިކޮށް ޓީސީ އަށް ދެ ވަނަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ 1-0 އިން ބަލިކޮށް، ޓީސީ ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ދެވަނަ މޮޅު ހޯދައިފި. މި މެޗުގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖަހައިދިނީ ޓީސީގެ ބްރެޒިލް މިޑްފީލްޑަރު ޖޯސޭ މެގްސަން އެވެ. މި މޮޅާއެކު ޓީސީން ވަނީ ތާވަލުގެ ހަތް ވަނަ އަށް ޖެހިލައިފައި.

ގައްދޫން ނަޒީހުއާ އެކު ހަދާފައި އޮތް އެއްބަސްވުން އުވާލައިފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ގައްދޫ ޓީމުގެ ހެޑް ކޯޗު ނަޒީހުއާ އެކު ހަދާފައިވާ އެއްބަސްވުން އެ ކްލަބުން އުވާލައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ލީގުގައި މިހާތަނަށް ކުޅުނު ހަ މެޗުން ވެސް ބަލިވެ، ޕޮއިންޓެއް ނުލިބި ގައްދޫ ލީގު ތާވަލުގެ އެންމެ ފުލުގައި އޮތުމާ ގުޅިގެން. އެ ކްލަބުން މިހާރު އަންނަނީ އާ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުން

އާޖެންޓީނާ މެޗު މައްސަލައިގައި މިސްރަށް ފީފާ އިން ފިޔަވަޅުތަކެއް

ވޯލްޑް ކަޕްގައި އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގައި ރެފްރީގެ ނިންމުންތަކަށް ހިތްހަމަނުޖެހުން ފާޅުކޮށް ފާޑުކިޔުމުން، ފީފާ އިން ވަނީ މިސްރުގެ ކޯޗާއި ބައެއް ކުޅުންތެރިންނަށް ފިޔަވަޅު އަޅައިފައި. މިގޮތުން ކޯޗު ހޮސާމް ހަސަން އާއި އިބްރާހިމް ތިން މެޗަށް، އަދި ކުޅުންތެރިޔާ ޒީކޯ ފަސް މެޗަށް ސަސްޕެންޑް ކުރަން ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ވަނީ ނިންމައިފައި

މެންޗެސްޓާ ސިޓީގެ ސެމެންޔޯ ދެ މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް

މެންޗެސްޓާ ސިޓީގެ ފޯވާޑް އަންޓުއާން ސެމެންޔޯގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން، ކުރިއަށް އޮތް ދެ މަހެއްހާ ދުވަހު އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ. މި އަނިޔާ އޭނާއަށް ލިބުނީ އިޕްސްވިޗް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ކަމަށްވާއިރު، އޮޕަރޭޝަނެއް ކުރަން ނުޖެހުނަސް ފިޓްވާން އަށް ހަފްތާ ނަގާނެ ކަމަށް ކޯޗު ވަނީ ބުނެފައި.

ޕްރިމިއާ ލީގު ރަނގަޅުވާނީ ރެފްރީންގެ ފެންވަރު ވެސް ރަނގަޅުވެގެން

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ރެފްރީންގެ ފެންވަރު މަތިކުރަން ޖެހޭ ކަމަށް ކްލަބް އީގަލްސްގެ ކޯޗު ބެންޖޯ) ބުނެފި. އޭނާ މިހެން ބުނީ އެންމެ ފަހުން ދިއްދޫއާ ދެކޮޅަށް ކުޅުނު މެޗުގައި ރެފްރީގެ ނިންމުންތަކުގެ ސަބަބުން ދިމާވި ގޮންޖެހުންތަކަށް އިޝާރާތްކޮށް، ކްލަބްތަކުގެ މަސައްކަތާ އެއްވަރަށް ރެފްރީންގެ ލެވަލް ރަނގަޅުކުރަން ޖެހޭ ކަމަށް

Newsletter

Get the latest news delivered straight to your inbox