ކުރުސީ އެކައުންޓު ހިންގަނީ މީރާކަމަށް ދެކެވޭ ވާހަކަތައް ނަޝީދު ދޮގުކުރައްވައިފި

ެނަޝީދުގެ ދަރިކަނބަލުން މީރާ -- ފޮޓޯ: އެކްސް

ެނަޝީދުގެ ދަރިކަނބަލުން މީރާ -- ފޮޓޯ: އެކްސް

އެކްސްގައި ކާކުކަން ނޭނގޭ ގޮތަށް ސަރުކާރަށް ފާޑުކިޔައި އެކި ތުހުމަތުތައް ކުރަމުންދާ "ހަސަން ކުރުސީ"ގެ އެކައުންޓު ހިންގަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދަރިކަނބަލުން މީރާ ލައިލާ ނަޝީދު ކަމަށް ދެކެވޭ ވާހަކަތައް އެމަނިކުފާނު ދޮގުކުރައްވައިފި އެވެ.

ރައީސް ނަޝީދު ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރުސީގެ އެކައުންޓަކީ އެމަނިކުފާނުގެ ދަރިކަނބަލުން މީރާ ހިންގާ އެކައުންޓެއްކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް ކަމަށެވެ. އަދި އެމަނިކުފާނަކީ އެންޓި-އިންޑިއާ ކެމްޕޭންތަކާ ދެކޮޅު މީހެއް ކަމަށް ވެސް ވިދާޅުވި އެވެ.

އިންޑިއާގެ ޖަޒީރާ އަތޮޅެއްގެ ގޮތުގައި އޮންނަ ލަކްޝަދީޕް އަށް މޯދީ ކުރެއްވި ޒިޔާރަތުގެ ވީޑިއޯއަކާއެކު އިންޑިއާ މީހަކު ޖެނުއަރީ 4، ގައި އެކްސްގައި ކުރި ޕޯސްޓަކަށް، ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރުން ކޮށްފައިވާ ރިޕްލައިތަކަކާ ގުޅިގެން ރާއްޖެއާ ދެކޮޅަށް އިންޑިއާގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުންނާއި ބޮލީވުޑްތަރިން ހިމެނޭ ގޮތަށް ވަނީ ކެމްޕޭނެއް ފަށާފަ އެވެ.

Advertisement

މި ކެމްޕޭނާ ގުޅިގެން ކުރުސީގެ އެކްގައި އެކައުންޓުން ރާއްޖެ ދިފާއުކޮށް އިންޑިއާއަށް ފާޑުކިއުންތައް އަމާޒުކުރުމާއި ގުޅިގެން، ކުރިން ދިވެހި ސަރުކާރުން ވެސް ކާކުކަން ކަށަވަރުކުރުމަށް މަސައްކަތް ކުރި ކުރުސީ ހިންގަނީ ކާކުކަން ބަލާނެކަމަށް އިންޑިއާގެ ބައެއް އެކްޓިވިސްޓުން ބުނެފައި ވެއެވެ.

ކުރުސީގެ އެކައުންޓު ހިންގަނީ އިނގިރޭސިވިލާތުގައި ހުރި މީހަކު ކަމަށް ވެސް ބައެއް މީހުން ބުނެފައި ވެއެވެ. އެހިސާބުން އެއީ މީރާ ހިންގާ އެކައުންޓެއް ކަމަށް އެއް ބަޔަކު ތުހުމަތުކުރި އެވެ.

ރާއްޖެއާ ދެކޮޅަށް އިންޑިއާގައި ކެމްޕޭނާއެކު ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީން ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.

މައްސަލަ ހޫނުވެފައި ވަނިކޮށް އިންޑިއާގައި ހުންނަވާ ރާއްޖޭގެ އެމްބަސެޑަރު ވަނީ އިންޑިއާގެ އެކްސްޓާނަލް އޮފީހަށް ހާޒިރުކޮށްފަ އެވެ. އަދި ރާއްޖޭގައި ހުންނަވާ އިންޑިއާގެ އެމްބަސެޑަރު ވެސް ވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރީއަށް ހާޒިރުކޮށްފަ އެވެ. ނަމަވެސް އެ ދެ ބައްދަލުވުމުގެ ތަފުސީލެއް މިހައިތަނަށް އެއްވެސް ފަރާތަކުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox