ޗައިނާ އިންވެސްޓަރުން ހޯދާ މަޝްރޫއުތަކުގެ ތެރޭގައި އަައްޑޫ ބްރިޖާއި ހުވަދޫ ބްރިޖު

ޗައިނާ އިންވެސްޓަރުން ހޯދާ މަޝްރޫއުތަކުގެ ތެރޭގައި އަައްޑޫ ބްރިޖާއި ހުވަދޫ ބްރިޖު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުގެ ތެރެއިން އިއްޔެ ބޭއްވި އިންވެސްޓް މޯލްޑިވްސް ފޯރަމްގައި އިންވެސްޓަރުންނަށް ހުށަހެޅި މަޝްރޫއުތަކުގެ ތެރޭގައި އައްޑޫ ބްރިޖާއި ހުވަދޫ ބްރިޖު ހިމަނައިފި އެވެ.

އައްޑޫ ހިތަދޫ އާއި ހުޅުމީދޫ ގުޅުވާލަ ދޭ ބްރިޖެއް އެޅުމާއި ގދ. ތިނަދޫ އާއި ކާޑެއްދޫ ގުޅުވާލަދޭ ބްރިޖެއް އެޅުމަކީ ރައީސްގެ ވައުދުފުޅެކެވެ. އެގޮތުން ރިޔާސީ ކެމްޕެއިންގެ ތެރެއިން މި ސަރަހައްދުތަކަށް ވަޑައިގެން ވެރިކަމުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި މި ދެ ބްރިޖުގެ މަސައްކަތް ފައްޓަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައި ވެ އެވެ.

ހިތަދޫ އާއި ހުޅުމީދޫ 23 ކިލޯމީޓަރު ހުންނައިރު، ތިނަދޫ އާއި ކާޑެއްދޫގެ ދުރުމިނުގައި 4.4 ކިލޯމީޓަރު ހުރެ އެވެ.

މީގެ ތެރެއިން ހިތަދޫ އާއި ހުޅުމީދު ގުޅާލަދޭ ބްރިޖު އެޅުމުގެ މަސައްކަތަށް ބޭނުންވާ ސާވޭއަށް މި އަހަރުގެ ބަޖެޓުގައި 30 މިލިއަން ރުފިޔާ ބަޖެޓުކޮށްފައި ވެ އެވެ. އަދި ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މި މަސައްކަތް ފަށަން ސަރުކާރުގެ "ހަފުތާ14" ރޯޑުމެޕުގައި ހިމަނާފައި ވެ އެވެ.

އިންވެސްޓް މޯލްޑިވްސް ފޯރަމާ ގުޅޭ ގޮތުން "އަދަދު" ނޫޙަށް މައުލޫމާތު ދިން އިކޮނޮމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުން ނަމަ، ޗައިނާއިން އިންވެސްޓްމަންޓުތައް ހޯދަން މަސައްކަތް ކުރަމުން އަންނަނީ ރައީސް މުއިއްޒުގެ ތަސައްވުރުގައި ހިމެނޭ ޕްރޮޖެކްޓުތަކަށެވެ. އޭގެ ތެރޭގައި ހިމެނޭ އެންމެ ބިޔަ ޕްރޮޖެކްޓުތަކަކީ ވެލާނާ އެއާޕޯޓު ތަރައްގީކުރުމުގެ ތިންވަނަ ފިޔަވައްސާއި ރަސްމާލެ މަޝްރޫއު އާއި މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއު އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ޕްލޭނުގައި މާލޭ ވިޔަފާރި ބަނދަރު ބަދަލުކުރަން ރާވާފައި އޮތީ ގުޅިފަޅަށެވެ.

ޗައިނާ އިންވެސްޓްމަންޓުތަކަށް ހުޅުވާލި އެހެން މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ:

  • ޒީރޯ-ކާބަން ސޭފް އައިލެންޑް ކޮންސެޕްޓަށް ތަރައްގީކުރާ ރަސްމާލެއަށް ބޭނުންވާ ވަސީލަތްތައް
  • 70،000 އެފޯޑަބަލް ހައުސިން ޔުނިޓު އެޅުން
  • އިހަވަންދިއްޕޮޅު ބަނދަރާއި ޓޫރިޒަމް ޒޯން
  • 15 ސަރަހައްދެއްގައި ޑޮމެސްޓިކް އެއާޕޯޓު ތަރައްގީކުރުން
  • މަތީފަންތީގެ ރިސޯޓެއް ހިމެނޭ ގޮތަށް ހޮސްޕިޓާލިޓީ އިންސްޓިޓިއުޓެއް ތަރައްގީކުރުން

މީގެ އިތުރުން ވެސް ދަނޑުވެރިކަމުގެ ބިޔަ ޕްރޮޖެކްޓުތަކާއި ކުނި ނައްތާލުމާއި އިއާދަކުރަނިވި ހަކަތަ އާއި ފައިނޭންޝަލް ސާވިސަސްގެ ދާއިރާއިން ވެސް ރާއްޖޭގައި ހުރި އިންވެސްޓްމަންޓުތަކުގެ މައުލޫމާތު އިންވެސްޓް މޯލްޑިވްސް ފޯރަމްގެ ތެރެއިން ދިނެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި ފޯރަމްގައި އެ ގައުމުގައި ވިޔަފާރިތަކުން 250 މަންދޫބަކު ބައިވެރިވި ކަމަށެވެ. އަދި ދިވެހި ވިޔަފާރިތަކުން 30 މަންދޫބަކު ވެސް މި ފޯރަމްގައި ބައިވެރިވީ ކަމަށް މިނިސްޓްރީން މައުލޫމާތު ދިން އޮފިޝަލް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox