ކުރީގެ ނާއިބު ރައީސްގެ އިންޓަވިއުއެއް ހިންދީބަހުން؛ ވިދާޅުވީ މިކަން ތަކުރާރުވެގެން ނުވާނެކަމަށް!

ކުރީގެ ނާއިބު ރައީސްގެ އިންޓަވިއުއެއް ހިންދީބަހުން؛ ވިދާޅުވީ މިކަން ތަކުރާރުވެގެން ނުވާނެކަމަށް!

އިންޑިއާ އާއި ރާއްޖެއާ ދެމެދު ހިނގައިމިދިޔަ ކަންކަމަކީ ވަރަށް ހިތާމަވެރި ކަންތައްތަކެއް ކަމަށާއި މިއީ ތަކުރާރުވެގެން ވާނެ ވަރުގެ ކަމެއް ނޫން ކަމަށް ކުރީގެ ނައިބު ރައީސް، އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ޓީވީ9 އަށް ހިންދީ ބަހުން ދެއްވި އިންޓަވިއުއެއްގައި އަދީބު ވިދާޅުވީ މިހާރުގެ ސަރުކާރުން ވެރިކަމަށް އައީ ވެސް އިންޑިއާ އައުޓު ކެމްޕޭނެއް ވިއްކައިގެން ކަމަށާއި ސަރުކާރުގެ މިނިސްޓަރުންތަކެއް އިންޑިއާއާ ގުޅޭގޮތުން ދެއްކެވި ވާހަކަތައް ދިވެހި ރައްޔިތުން ގަބޫލު ނުކުރާ ކަމަށެވެ.

"މިއީ ވަރަށް ހިތާމަވެރި ކަމެއް، މިކަން އިތުރަށް ދެން ތަކުރާރުވެގެން ނުވާނެ، ސިޔާސީ މަގާމުތަކުގައި ތިބި ހުރިހާ ބޭފުޅުން ވެސް އިންޑިއާއަށް އިހުތިރާމު ކުރަންޖެހޭނެ، އިންޑިއާގެ ބޮޑުވަޒީރަށް ގަދަރު ކުރަންޖެހޭނެ،" އަދީބު ވިދާޅުވި އެވެ.

"މިއަދުން މިއަދަށް ރައީސް އެބަޖެހޭ މި ޓުވީޓުތަކުގެ މައްސަލަ އިންޑިއާއާ ވާހަކަދައްކައިގެން ހައްލު ކުރަން، މީސްމީޑިއާގައި މިވާހަކަތައް ދައްކައިގެން ނުވާނެ، ރާއްޖެއިން އެބަޖެހޭ އިންޑިއާއަށް ދާން ޑިޕްލޮމެޓިކް ގުޅުންތަކުގެ ތެރެއިން ހައްލެއް ހޯދަން."

އިންޑިއާއަކީ ޓްރިލިއަން ޑޮލަރުގެ އިގުތިސާދެއް އޮތް ގައުމެއްކަން ފާހަގަ ކުރައްވައި އަދީބު ވިދާޅުވީ އިންޑިއާއާއެކު ތަރައްގީވުމުގެ ވިސްނުން ދިވެހިން ގެންގުޅެން ޖެހޭ ކަމަށެވެ.

"އަހަރުމެން ޖެހޭ އިންޑިއާއާ އަތާއި އަތް ގުޅައިލަން، އަޅުގަނޑުމެންގެ ވަރަށް ގާތް ގައުމެއް އިންޑިއާއަކީ، ރާއްޖޭގެ ފަތުރުވެރިމާއި އިގުތިސާދަށް އަބަދުވެސް އިންޑިއާގެ އެހީތެރިކަން ބޭނުންވޭ،" އަދީބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިނިސްޓަރު ފެންވަރުގެ މަގަމުގައި ތިބި ބޭފުޅުންގެ ޓުވީޓުތަކާ ގުޅިގެން އިންޑިއާގެ ބައެއް ފަރާތްތަކުން ވެެސް ޖަޒުބާތީ ޝުއޫރުތަކެއް މީސްމީޑިއާއަށް ދޫކޮށްލާފައިވާ ކަމަށެވެ. އެ މިނިސްޓަރުންނާ މެދު ސަރުކާރުން ފިޔަވަޅު އެޅީ ހުރިހާ ކަންތައްތަކަށް ރިއާޔަތްކޮށްފައި ކަމަށް ގަބޫލު ކުރެއްވޭ ކަމަށް އަދީބު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އިންޑިއާ ފަތުރުވެރިން ބޭނުން، ބޮލީވުޑުގެ މަޝްހޫރު ފިލްމީފަންނާނުންނަކީ ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓު ކުރުމަށް ވަރަށް މަސައްކަތް ކޮށްދެއްވި ބައެއް،" އަދީބު ވިދާޅުވި އެވެ.

ނަމަވެސް ސަރުކާރުގެ ތިން މިނިސްޓަރެއްގެ ޓުވީޓުތަކާ ގުޅިގެން އެކަންކަން މުޅިން ބަދަލުވެފައިވާ ކަމަށް އަދީބު ވިދާޅުވި އެވެ.

އަދީބު ވިދާޅުވީ އިންޑިއާއާ ދެކޮޅަށް ރާއްޖެއިން މަސައްކަތް ކުރާއިރު އެ ހުރިހާ އެއްބަސްވުންތަކެއް ހެދީވެސް މިހާރުގެ ރައީސް، ޑރ. މުހައްމަދު މުއިއްޒު އޭރުވެސް ނިސްބަތްވެވަޑައިގެންނެވި ސަރުކާރުން ކަމަށެވެ. އެ ސަރުކާރުގައި ނައިބު ރައީސްކަން ވެސް ކުރެއްވި އަދީބު ވިދާޅުވީ ބަލި މީހުން އުފުލުމަށް އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބެން ފެށީ ވެސް 2012 ވަނަ އަހަރު ޔާމީނުގެ ސަރުކާރުން ހެދި އެގްރީމެންޓުތަކުގެ ދަށުން ކަމަށެވެ. އެހެނަސް އިންޑިއާއާ ދެކޮޅު ކެމްޕޭނެއް 2018 ވަނަ އަހަރުގެ އިންތިހާބުގެ ތެރޭގައި ވުޖޫދު ކުރީ ވެސް ކުރީގެ ރައީސް ޔާމީންކަން އަދީބު ފާހަގަކުރެއްވި އެވެ.

"[އެކަމަކު] މިހާރު ހުރީ އެހެން ރައީސްއެއް، ޑރ. މުއިއްޒުއަކީ ހަމަ އެއް ޕާޓީއަކުން ވެރިކަމަށް އައި މީހެއް ނަމަވެސް އެއީ އައު ވެރިއެއް، އެކަމަކު މުއިއްޒުއަށް ވެސް ވަނީ ކުރީގެ ރައީސް ޔާމީންގެ ފަރާތުން އިންޑިއާ އައުޓް ކެމްޕޭނު ވާރުތަވެފައި،" އަދީބު ވިދާޅުވި އެވެ.

އިންޑިއާއާއި ރާއްޖެއާ ދެމެދު މައްސަލަ އުފެދި ހޫނުވެގެން ދިޔައީ، އިންޑިއާގެ ޖަޒީރާ އަތޮޅެއްގެ ގޮތުގައި އޮންނަ ލަކްޝަދީޕް އަށް މޯދީ ކުރެއްވި ޒިޔާރަތުގެ ވީޑިއޯއަކާއެކު އިންޑިއާ މީހަކު ޖެނުއަރީ 4، ގައި އެކްސްގައި ކުރި ޕޯސްޓަކަށް، ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރުން ކޮށްފައިވާ ރިޕްލައިތަކަކާ ގުޅިގެންނެވެ.

"މިސްޓަ ސިންހާ" ގެ ނަމުގައި އުފައްދާފައިވާ އެކްސްގެ އެކައުންޓުން ކޮށްފައިވާ ޕޯސްޓުގައި ބުނެފައި ވަނީ މޯދީ ލަކްޝަދީބު ޕްރޮމޯޓު ކުރުމަކީ އެޅުއްވި މުހިއްމު ފިޔަވަޅެއް ކަމަށެވެ. އަދި ރާއްޖޭގައި މިހާރު އޮތީ ޗައިނާގެ ޕަޕެޓު ސަރުކާރެއް ކަމަށް އެ ޕޯސްޓުގައި ބުނެފައިވެ އެވެ.

އެ ޕޯސްޓަށް ރައްދެއްގެ ގޮތުގައި ޔޫތު މިނިސްޓަރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމުގައި ހުންނެވި، ޝިއުނާ ކުރެއްވި ޕޯސްޓުގައި މޯދީ އަކީ "ކްލައުނެއް" ކަމާއި އިޒްރޭލުގެ "ޕަޕެޓެއް" ކަމަށް ވިދާޅުވެފައިވެ އެވެ. އެ ޕޯސްޓާ ގުޅިގެން ޝިއުނާ އަށް އޮއްސައިލި ފާޑުކިޔުމާ ގުޅިގެން ފަހުން ޕޯސްޓް ވެސް ޑިލީޓުކުރެއްވި އެވެ. ހަމަ އެ މިނިސްޓަރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމުގައި ހުންނެވި މަލްޝާ ވެސް އިންޑިއާއާ ގުޅޭގޮތުން ކުރެއްވި ޕޯސްޓުޓުތައް ވެސް ފާޑުކިޔުން އަމާޒުވުމުން ފަހުން ޑިލީޑް ކުރެއްވީ އެވެ.

މި މައްސަލައިގައި އެކްސްގައި އުފެދުނު "ހަނގުރާމަ" ގޯސްވެގެން ދިޔައީ ބޮއިކޮޓްމޯލްޑިވްސް ކެމްޕޭނުގައި އިންޑިއާގެ ފިލްމީ ތަރިންނާއި ކުޅިވަރު ޝަހުސިއްޔަތުން އިއްޔެ ބައިވެރިވާން ފެށި ހިސާބުންނެވެ.

ބޮލީވުޑްގެ ތަރިންގެ މެދުގައި އެންމެ މަގުބޫލު މަންޒިލަކީ ރާއްޖެކަމަށް ވިޔަސް، މަޝްހޫރު ފިލްމީތަރިންތަކެއް އިއްޔެ ގޮވާލީ، ރާއްޖެއަށް ޒިޔާރަތް ކުރުމުގެ ބަދަލުގައި ލަކްޝަދީޕް ހިޔާރު ކުރުމަށެވެ. އެ ކެމްޕޭނުގައި އަކްޝޭ ކުމާރާއި ސަލްމާން ހާން އާއި ޝްރައްދަ ކަޕޫރާއި ޖޯން އަބްރަހަމާއި ޓައިގާ ޝްރޮފް އެކްސްގައި ޕޯސްޓު ކުރި އެވެ. އަދި މުޅި ދުނިޔެއަށް ވެސް މަޝްހޫރު ކްރިކެޓު ތަރި ސަޗިން ޓެންޑުލްކާ ވެސް ވަނީ އެފަދަ ބައިވެރިވެފަ އެވެ.

އެ ކެމްޕޭނާއެކު ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީން ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.

މައްސަލަ ހޫނުވެފައި ވަނިކޮށް އިންޑިއާގައި ހުންނަވާ ރާއްޖޭގެ އެމްބަސެޑަރު ވަނީ އިންޑިއާގެ އެކްސްޓާނަލް އޮފީހަށް މިއަދު ހެނދުނު ހާޒިރުކޮށްފަ އެވެ. އަދި ރާއްޖޭގައި ހުންނަވާ އިންޑިއާގެ އެމްބަސެޑަރު ވެސް ވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރީއަށް މިއަދު މެންދުރު ހާޒިރުކޮށްފަ އެވެ. ނަމަވެސް އެ ދެ ބައްދަލުވުމުގެ ތަފުސީލެއް މިހައިތަނަށް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox