މި މަހު 10 ގެ ކުރިން މަސްވެރިންނަށް ނުދެވި ހުރި ފައިސާގެ "ރަނގަޅު" މިންވަރެއް ދެނީ

ފިޝަރީޒް މިނިސްޓަރު، އަހުމަދު ޝިޔާމް މީގެ ކުރިން "އަދަދު" އަށް އިންޓަވިއުއެއް ދެއްވަނީ -- ފޮޓޯ: މިރާން ނާޝިމް

ފިޝަރީޒް މިނިސްޓަރު، އަހުމަދު ޝިޔާމް މީގެ ކުރިން "އަދަދު" އަށް އިންޓަވިއުއެއް ދެއްވަނީ -- ފޮޓޯ: މިރާން ނާޝިމް

މަސްވެރިންނަށް ނުދެވި ހުރި ފައިސާގެ ރަނގަޅު މިންވަރެއް މިމަހު 10 ގެ ކުރިން ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފިޝަރީޒް މިނިސްޓަރު، އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

މިއަދު ކުރިއަށް ގެންދިޔަ ވަޒީރުންގެ ބައްދަލުވުން ނިންމަވާލެއްވުމަށް ފަހު ރައީސް އޮފީސް ބޭރުގައި ހުންނަވައި "އަދަދު" އަށް ޝިޔާމް ވިދާޅުވީ މި ވަގުތަކީ ދައުލަތަށް މާލީ ދަތިކަން ވަރަށް ބޮޑު ދުވަސްވަރެއް ކަމަށާއި ނޮވެމްބަރު 15 ވަނަ ދުވަހުން ފެށިގެން މަސްވެރިންނަށް ފައިސާ ނުދެވޭ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ [މި މަހު] 10 ގެ ކުރިން މަސްވެރިންނަށް ނުދެވި ހުރި ފައިސާގެ ހަމަ ރަނގަޅު އަދަދެއް ދެވޭތޯ އެބަ މަސައްކަތް ކުރޭ މިފްކޯއިން،"

މަސްވެރިންގެ އަތުން މަސް ގަންނަ އަގާ އެކީގައި ސަބްސިޑީގެ ގޮތުގައި ދައުލަތުން ވަރަށް ބޮޑު އެއްޗެއް ދޭންޖެހޭކަން ފާހަގަ ކުރައްވައި ޝިޔާމް ވިދާޅުވީ ކޮންމެ މަހަކު ވެސް މަސްވެރިންނަށް ފައިސާ ދެނީ ފިނޭންސް މިނިސްޓަރީގެ އެހީތެރިކަމާ އެކީގައި ކަމަށެވެ.

މަސްވެރިންނަށް ނުދެވި ހުރި ފައިސާގެ މިންވަރެއް މި މަހުގެ ތެރޭގައި ދިނުމަށް ސަރުކާރުގެ މަސް ކުންފުނި، މިފްކޯއާ އެކުގައި ފިނޭންސް މިނިސްޓަރީން ވެސް މަސައްކަތް ކުރައްވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

މިފްކޯއަށް ކިރުވާ މަހަށް ފައިސާ ނުލިބޭތާ ދެމަހަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް ބުނެ ގިނަ އަދަދެއްގެ މަސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭގެތެރޭގައި ހއ. އިހަވަންދޫ މަސްވެރިންގެ ޖަމިއްޔާ އާއި ތ. ގުރައިދޫ މަސްވެރިންގެ ޖަމިއްޔާގެ އިތުރުން ތ. ހިރިލަންދޫ މަސްވެރިންގެ ޖަމިއްޔާއިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު މަސްވެރިންނަށް ނުދީ އޮތް 200 މިލިއަން ރުފިޔާގެ ތެރެއިން 190 މިލިއަން ރުފިޔާ ދީފައިވާ ކަމަށް، މިނިސްޓަރު ޝިޔާމް މިދިޔަ މަސްވެރިންގެ ދުވަހު (10 ޑިސެމްބަރު) ގައި ވިދާޅުވިއިރު، 140 މިލިއަން ރުފިޔާ ނުދެވި އޮތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަ އެ ދުވަހު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox