ސައިފް ހުށަހެޅީ ހަވާސާކޮށްފައިވާ އަންހެނުންގެ ކޮމިޓީ ބައިވެރިކޮށް ހަރަކާތްތެރި ކައުންސިލެއް އުފައްދާނެ ގޮތް

ސައިފް ހުށަހެޅީ ހަވާސާކޮށްފައިވާ އަންހެނުންގެ ކޮމިޓީ ބައިވެރިކޮށް ހަރަކާތްތެރި ކައުންސިލެއް އުފައްދާނެ ގޮތް

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ ވެސް ސިޓީ ކައުންސިލްގެ ހިންގުންތަކުގައި ބައިވެރިކޮށް، ހަރަކާތްތެރި ސިޓީ ކައުންސިލެއްގެ ހިދުމަތް ގެނެސްދެއްވާނެ ކަމަށް، މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު މުހައްމަދު ސައިފް ފާތިހު ވިދާޅުވެއްޖެ އެވެ.

އަންނަ ހޮނިހިރު ދުވަހު އޮންނަ ބައި އިލެކްޝަންގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ދައުލަތުގެ މީޑިއާ، ޕީއެސްއެމުން މިރޭ ބޭއްވި ބަހުސްގައި ސައިފް ވިދާޅުވީ ސިޓީ ކައުންސިލްގެ ހިންގުން ހަރުދަނާ ކުރުމަށް ޓަކައި އަންހެނުންގެ ކޮމިޓީ ހަވާސާވެފައި އޮތް އޮތުން ނިމުމަކަށް ގެންނަވާނެ ކަމަށެވެ.

އޭނާ ހުށަހަޅުއްވަނީ ސިޓީ ކައުންސިލްގައި އެކި މަސައްކަތްތަކަށް އުފައްދާފައިވާ ކޮމިޓީތަކުގައި ކައުންސިލަރުންގެ އިތުރަށް އަންހެނުންގެ ކޮމިޓީގެ މެންބަރުން ވެސް ހިމެނުމަށެވެ. އަދި އެ މެންބަރުން ކޮމިޓީތަކުގައި ތިބޭނީ، ކަންކަން ނިންމުމުގެ ބާރު ވެސް ލިބިދޭ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ހަވާސާވެފައި ތިބި ޑަބިލުއިޑީސީގެ މެންބަރުން ސިޓީ ކައުންސިލްގެ ދާއިމީ ކޮމިޓީތަކުގައި ވޯޓިން މެންބަރުންގެ ގޮތުގައި އަޅުގަނޑުމެން ހިމަނާނަން، ޑިޒިޝަން މޭކިން ޓޭބަލްގައި ބާރު ހޯދައިދޭނަން،" ސައިފް ވިދާޅުވި އެވެ.

މާލެ ސިޓީ ކައުންސިލް ހިންގާނީ ދެފުށް ފެންނަ ހާމަކަން ބޮޑު ގޮތެއްގައި ކަމަށް ސައިފް ވިދާޅުވާ ވާހަކަ މިރޭ ވެސް ތަކުރާރު ކުރެއްވި އެވެ. ފަހުބަސް ދެންނެވުމަށް ދިން ފުރުސަތުގައި ވިދާޅުވީ، މިހާތަނަށް ސިޓީ ކައުންސިލުން ހަދާފައިވާ އެކި އެއްބަސްވުންތައް ވެސް ހާމަކުރާނެ ކަމަށެވެ.

"ހުރިހާ ކޮންޓްރެކްޓެއް، ކުރީގެ ވެސް، އަދި އަޅުގަނޑު މޭޔަރު ކަމަށް އައުމަށް ފަހު ވެސް ހުރިހާ ކޮންޓްރެކްޓެއް ހާމަ ކުރާނަން،" މި ވަގުތު ގަލޮޅު އުތުރު ދާއިރާގެ ކައުންސިލެއްގެ ގޮތުގައި ހުންނެވި ސައިފް ވިދާޅުވި އެވެ.

އޭގެ އިތުރުން ސިޓީ ކައުންސިލްގެ އާމްދަނީ އާއި ހަރަދުތަކުގެ އިތުރަށް، ކައުންސިލަރުންގެ ހާޒިރީ ވެސް އާންމު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދުރާލާ އެޕޮއިންޓް މަންޓް ހެއްދުމަކާ ނުލާ ކައުންސިލަރުންނާ ބައްދަލު ކުރެވޭނެ ކޮންސަލްޓެންޓް އަވާސްތައް ގާއިމު ކުރުމަކީ ވެސް ސިޓީ ކައުންސިލްގެ ހިންގުން ހަރުދަނާ ކުރުމަށް ސައިފް ހުށަހަޅުއްވާ ސިޔާސަތެކެވެ.

މިރޭގެ ބަހުސްގައި މާލޭގެ މަގުމަތީގެ ހާލަތު ރަނގަޅު ކުރުމާއި، ކުށުގެ ވެށި އާންމުވަމުން ދިޔުމާއި، ރައްޔިތުންގެ ރައްކާތެރިކަމާއި، މާލޭގައި އުޅޭ ބިދޭސީން ރެގިއުލޭޓް ކުރުމާ ގުޅޭ ސުވާލުތަކެއް ކުރެވުނެވެ.

އާންމު ރައްކާތެރިކަން ކަށަވަރު ކުރަން ސައިފްގެ ސިޔާސަތަކީ، ސިޓީ ކައުންސިލުން ހަށިފާރަވެރިންގެ ހިދުމަތް ދިނުމެވެ. ގާނޫނީ ބާރާ އެކު ހަށިފާރަވެރިންނަށް މާލޭގެ މަގުތައް މަތީގައި ހަރަކާތްތެރި ވެވޭނެ ގޮތެއް ހޯދައިދީ، މާލޭގެ އާންމު ޖާގަތަކާއި ޕާކުތައް 24 ގަޑިއިރު ސެކިއިރިޓީ ބަލަހައްޓައި އެ ތަންތަން ހުޅުވާފައި ބޭއްވުމެވެ.

ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް، މާލޭގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރެއް އެކުލަވާލަން ޖެހޭ ކަމަށް ސައިފް ވިދާޅުވި އެވެ. އަދި ނުގަވައިދުން ހިންގާ ވިޔަފާރިތައް ފާހަގަކޮށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުން ރެހިބިިލިޓޭޓް ކުރުމަށް ޓަކައި މިހާރު ދެވޭ ފަރުވާއަށް ފަހު ވެސް އެ މީހުންނަށް އާފްޓަ ކެއާ ހިދުމަތްތަކާއި ނަފުސާނީ ސިއްހަތުގެ ހިދުމަތްތައް ދެވޭ ގޮތަށް މާލޭގެ ދެ ސަރަހައްދެއްގައި ސެންޓަރުތަކެއް ގާއިމު ކުރުމުގެ ވިސްނުން ހުންނެވި ކަން ފާހަގަ ކުރެއްވި އެވެ.

ޒުވާނުންނަށް ހާއްސަކޮށް ޓިވެޓް ޓްރެއިނިން ޕްރޮގްރާމްތަކެއް ހިންގައި، ލިބިދޭ ހުނަރުތަކާއި ތަމްރީނުތަކާ ގުޅޭ ވަޒީފާތައް ސިޓީ ކައުންސިލާއި މާލޭން ހަމަޖައްސާނެ ގޮތުގެ ޕްލޭނެއް އޮތް ކަން ވެސް ފާހަގަ ކުރެއްވި އެވެ.

މަގުމަތި ތޮއްޖެހުމުގެ މައްސަލައަށް ގިނަ ސިޔާސަތުތަކެއް

މާލޭގެ މަގުމަތި ތޮއްޖެހުމުގެ މައްސަލަ ހައްލު ކުރުމަށް ޓަކައި ޕާކިން ބިލްޑިންތައް ގާއިމު ކުރަންވީ، ޑޭކެއާ ސާވިސަސްތަކާއި ކުޅިވަރުގެ ވަސީލަތްތައް ވެސް ހިމެނޭ ގޮތަށް ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

މާލޭގެ ޓްރެފިކް މެނޭޖު ކުރުމަށާއި މާލޭގެ މަގުތައް ގިންތި ކުރަން ވެސް ސައިފް ވާހަކަ ދެއްކެވި އެވެ. ވަކި ވަގުތުތަކެއްގައި އުޅަނދުތަކަށް ނުދުއްވޭ، އެއް ގޮތަކަށް ވެސް އުޅަނދުތަކަށް ނުދެއްވޭ މަގުތަކެއްގެ އިތުރުން ހަމައެކަނި ދެ ފޮރުޅުލީ އުޅަނދުތައް ދުއްވޭ މަގުތަކެއް ކަނޑައެޅުން ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.

އޮފީސް ގަޑިތަކާއި ސްކޫލް ފެށޭ ގަޑިއާއި ނިމޭ ގަޑި ފަދަ ހާއްސަ ވަގުތުތަކަށް ޓްރެފިކް މެނޭޖު ކުރާނެ ގޮތުގެ ހާއްސަ ގަވައިދެއް އެކުލަވާލައި ތަންފީޒު ކުރައްވަން ޖެހޭ ކަމަށް ވިދާޅުވި އެވެ. ޓެކްސީއާއި ވެހިކަލް މަޑުކުރަން ހާއްސަ ޖާގަތަކެއް ކަނޑައެޅުމަކީ ވެސް ސައިފް ހުށަހަޅުއްވާ ސިޔާސަތެކެވެ.

މާލޭގެ ބަހުގެ ހިދުމަތް ވެސް ފުޅާ ކުރެވޭނެ ހަމަތަކެއް ހޯދުމަކީ ސައިފް ތަކުރާރުކުރައްވަމުން ގެންދަވާ ސިޔާސަތުތަކެއް އޮތް ކަމެކެވެ. އެ ގޮތުން، މާލެއަށް ފެތޭ ސައިޒުގެ ބަސްތަކެއް ތައާރަފުކުރުމަކީ ސައިފްގެ ވިސްނުމެކެވެ.

ސްކޫލް ފެށޭ ވަގުތާއި ނިމޭ ވަގުތު ދަރިވަރުންނަށް އެކަނި ހިދުމަތް ދެވޭ ގޮތަށް ބަސް ރޫޓް އިސްލާހު ކުރުމަކީ ވެސް އެ ސިޔާސަތުގެ ބަޔެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox