ސިޓީ ކައުންސިލަށް ބަދަލުވި އާބަންކޯ މުވައްޒަފުންގެ މުސާރަ ކުޑަ ނުވާނެ ކަމުގެ ޔަގީންކަން ދީފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި އާބަންކޯގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު ވާހަކައެއް ދަންނަވަނީ -- ފޮޓޯ: މިރާޝް/އަދަދު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި އާބަންކޯގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު ވާހަކައެއް ދަންނަވަނީ -- ފޮޓޯ: މިރާޝް/އަދަދު

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލަށް ބަދަލުވުމާ އެކު، ސިޓީ ކައުންސިލަށް ބަދަލުވި މުވައްޒަފުންގެ މުސާރައަށް ބަދަލު ނާންނާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.

ރައީސް މުއިއްޒު އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލޭ މުނިސިޕަލް ހިދުމަތްތައް ސިޓީ ކައުންސިލަށް ބަދަލުކޮށް، އެ ހިދުމަތުގައި ހިމެނޭ މުވައްޒަފުން ސިޓީ ކައުންސިލަށް ބަދަލުކުރަން ނިންމި ނިންމުމާ އެކު ބައެއް މުވައްޒަފުން ކަންބޮޑުވުން ފާޅުކުރި ކަމަށެވެ.

ކުރިން ނިންމީ އެއް އަހަރު ދުވަހަށް މުވައްޒަފުންގެ މުސާރައަށް ބަދަލު ނުގެނައުމަށް ނަމަވެސް، އޭގެ ފަހުންވެސް އާބަންކޯއިން ކައުންސިލަށް ބަދަލުވާ މުވައްޒަފުންގެ މުސާރައަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ހުޅުމާލެއަކީ މާލެ ސިޓީގެ ބައެއް ނަމަވެސް މިހާތަނަށް އެ ރަށް ބަލަހައްޓަމުންދިޔައީ އާބަންކޯއިންނެވެ. އާބަންކޯއަކީ ސަރުކާރުގެ ކުންފުންޏެވެ. މާލޭ ސިޓީ ކައުންސިލުގެ ދަށަށް ހުޅުމާލެ ބެލެހެއްޓުން ބަދަލު ކުރުމަށް މީގެ ކުރިން ވެސް އެ ކައުންސިލް މަސައްކަތް ކުރި އެވެ. ނަމަވެސް ކުރީ ސަރުކާރުން ނިންމީ، އަބަދުވެސް ހުޅުމާލެ ހިންގަމުން އައި ގޮތަށް އާބަންކޯގެ ދަށުން ހިންގުމަށެވެ.

އެ މައްސަލަގަނޑުގެ ތެރޭގައި ޑިސެމްބަރު، 2021، ގައި އާބަންކޯގެ ދަށުގައި ރަޖިސްޓްރީކޮށްފައިވާ ހުރިހާ ބިމެއްގެ ރަޖިސްޓްރީ މާލޭ ސިޓީ ކައުންސިލުން ބާތިލު ކުރި އެވެ. ނަމަވެސް އެ މައްސަލަ ކޯޓަށް ވެއްދުމުން ކޯޓުން އެންގީ ރަޖިސްޓްރީތައް ބާތިލް ކުރަން ނިންމި ނިންމުމަށް އަމަލު ނުކުރުމަށެވެ.

ހުޅުމާލޭގެ މުނިސިޕަލް މަސައްކަތް އާބަންކޯއިން އަތުލުމަށްފަހު، މާލޭ ސިޓީ ކައުންސިލަށް ބަދަލު ކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެއީ ސަރުކާރާ ހަވާލުވެވަޑައިގަންނަވާތާ 100 ދުވަހުގެ ތެރޭގައި ފުއްދަން އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox