މާލޭގައި ފެންބޮޑުވުން ހައްލު ކުރަން ނަޝީދުގެ ހިޔާލަކީ ކުޅި އާއި ވެވު އަލުން ތައާރަފު ކުރުން

Jan 2, 2024, 7:50 AM
ކުރީގެ ރައީސް ނަޝީދު: ވިދާޅުވީ ސްޓޯމް ވޯޓާ ޑްރެއިނޭޖް ސިސްޓަމުތައް ކުރިއަށް އޮތް ތަނުގައި ވެސް ފެއިލްވުން ގާތް ކަމަށް -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ކުރީގެ ރައީސް ނަޝީދު: ވިދާޅުވީ ސްޓޯމް ވޯޓާ ޑްރެއިނޭޖް ސިސްޓަމުތައް ކުރިއަށް އޮތް ތަނުގައި ވެސް ފެއިލްވުން ގާތް ކަމަށް -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ވެރި ރަށް މާލޭގައި މިހާރު ގާއިމުކޮށްފައިވާ ސްޓޯމް ވޯޓާ ޑްރެއިނޭޖް ސިސްޓަމުތައް ކުރިއަށް އޮތް ތަނުގައި ވެސް ފެއިލުވުން އެކަށީގެންވާ ކަމަށާއި ފެންބޮޑުވުމުގެ މައްސަލަ ހައްލު ކުރެވޭނީ ގުދުރަތީ ނިޒާމުގެ ތެރެއިން އުފަންކުރާ ޑިޒައިނަކުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އާދަޔާ ހިލާފަށް ބޯކޮށް ވާރޭ ވެހި އާދީއްތަ ދުވަހު މުޅި މާލެ ފެންބޮޑުވުމާ ގުޅޭ ގޮތުން ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކޮންކްރީޓު ސްޓޯމް ވޯޓާ ޑްރެއިންސްގެ ބަދަލުގައި ގުދުރަތީ ނިޒާމުގެ ބޭނުން ހިފައި، މައްސަލައަށް ހައްލު ހޯދުން މުހިންމު ކަމަށެވެ.

"ގުދުރަތީ ނިޒާމުގެ ބޭނުން ހިފައި، މި މައްސަލަ ހައްލު ކުރަން އާ ޑިޒައިންތަކެއް ތައާރަފު ކުރަންޖެހޭ. މިސާލެއްގެ ގޮތުން، މާލޭގެ ކުޅިތަކާއި ވެވުތައް އަލުން ތައާރަފު ކުރެވިދާނެ،" ސިޔާސީ މަސައްކަތާ ދުރަށްޖެހި ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު މިވަގުތު އަދާކުރައްވާ ނަޝީދު ވިދާޅުވި އެވެ.

ކުޅިއަކީ ފެންބޮޑުވުމަށް އޮތް ހައްލެއް ކަމަށާއި ކުޅި ނައްތާލުމުން ފެންބޮޑުވުމުގެ ނުރައްކާ އިތުރުވާ ކަމަށް ދިރާސާތަކުން ދައްކަ އެވެ. ވެވަކީ އިހު ޒަމާނުގައި ފެންވެރުމަށް ހަދާފައި ހުރި ވަޅުގަނޑުތަކެކެވެ.

މާލޭގައި ފެންބޮޑުވެގެން ހާލުގައި ޖެހުނު ބައެއް ގޭގެއަށް ޒިޔާރަތް ކުރެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މާލޭގައި ފެންބޮޑުވުމުގެ މައްސަލަ ހައްލު ކުރުމަށް ހުރިހާ މަގެއް ހަދައި، މިހާރަށްވުރެ ވަރުގަދަ ސްޓޯމް ވޯޓާ ޑްރެއިނޭޖް ސިސްޓަމްތަކެއް ހަރުކުރަންޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން ނިންމާފައި އޮތީ މާލޭގެ ހުރިހާ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުން. ހަދާއިރުގައި އަޑީގައި ވަރަށް ވަރުގަދަ ސްޓޯމް ވޯޓާ ނިޒާމެއް ގާއިމްކުރަން. ވަރަށް ފަލަ ހޮޅި ތަކެއް ލާފައި ވަރަށް ވަރުގަދަ ޕަމްޕިން ނިޒާމެއް ލާފައި،" ރައީސް ވިދާޅުވި އެވެ.

މިދިޔަ އާދީއްތަ ދުވަހު، 24 ގަޑިއިރުގެ ތެރޭގައި މާލެއަށް 118 މިލިމީޓަރުގެ ވާރޭ ވެހުނެވެ. މާލެއާ ޖެހިގެން އޮންނަ ހުޅުލެއަށް 179 މިލިމީޓަރުގެ ވާރޭ ވެހުނެވެ. ހުޅުލެއަށް ވާރޭ ވެހުނީ ރިކޯޑު މިންވަރަކަށެވެ.

މާލެއަށް ކުރި ވިއްސާރާގައި މާލޭގެ 180 އަށްވުރެ ގިނަ އިމާރާތަށް ފެނުގެ އަސަރުކޮށްގެން އެހީތެރިކަމަށް އެދުނެވެ. އޭގެ ތެރޭގައި މީހުން ދިރިއުޅޭ 164 ގެ ހިމެނެ އެވެ. ބައެއް ގޭގެއަށް ފެން ވަދެ, ގޭތެރޭގައި ތަނބިކައްޓާ ހަމައަށް ފެން އަރައި, ފަރުނީޗަރުތަކަށް ވެސް ފެނުގެ އަސަރު ކޮށްފައިވާ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox