ސިފައިންގެ އެންމެ ސީނިއާ ސާޖަންޓް މޭޖާ، އަހުމަދު އަބްދުﷲ ރިޓަޔާ ކުރައްވައިފި

ސިފައިންގެ އެންމެ ސީނިއާ ސާޖަންޓް މޭޖާ، އަހުމަދު އަބްދުﷲ ރިޓަޔާ ކުރައްވައިފި

ދިވެހި އަސްކަރިއްޔާގެ އެންލިސްޓެޑް ސިފައިންގެ އެންމެ އިސް މަގާމު ކަމުގައިވާ "ސާޖަންޓް މޭޖާ އޮފް އެމްއެންޑީއެފް" ގެ މަގާމު އަދާކުރައްވާފައިވާ ކޮމާންޑް ސާޖަންޓް މޭޖާ އަހުމަދު އަބްދުﷲ، ސިފައިންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވައިފި އެވެ،

އޭނާ ވަނީ 31 އަހަރަށް ވުރެ ގިނަ ދުވަހު ސިފައިންގެއަށް ހިދުމަތް ކުރައްވާފަ އެވެ. އޭނާ އެންމެ ފަހުން ހުންނެވީ އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރަރިޒަމް ކޯލިޝަން ސެންޓަރުގައި ދިވެހި އަސްކަރިއްޔާ ތަމްސީލު ކުރައްވާ މެމްބަރެއްގެ ގޮތުގަ އެވެ.

އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއާސްއިން ސިފައިންގެ ހިދުމަތް ފެއްޓެވި ކޮމާންޑް ސާޖަންޓް މޭޖާ އަހުމަދު އަބްދުﷲ ދިވެހި އަސްކަރީ ހިދުމަތުގައި ވަރަށް ގިނަ ތަމްރީނުތަކެއް ފުރިހަމަ ކުރައްވާފައިވާ ކަން އެމްއެންޑީއެފް އިން ފާހަގަ ކުރެ އެވެ.

އޭގެ ތެރޭގައި، އިންޑިއާއިން ފުރިހަމަ ކުރެއްވި އިލެކްޓްރިކަލް އިންޖިނިއަރިން ކޯސް، ދިވެހިރާއްޖެ އިން ފުރިހަމަ ކުރެއްވި ސްޕެޝަލް ޓާސްކް ފޯސް ޓްރޭނިން، ޑްރިލް އިންސްޓްރެކްޓަރ ކޯސް، ފިޒިކަލް އިންސްޓްރެކްޓާ ކޯސް، ބެލެންސް މެޓެލް އަދި އެންސީއޯ އެޑްވާންސް ކޯސް ފާހަގަކުރެވެ އެވެ.

ސްޓްރެޓެޖިކް މެނޭޖްމަންޓްގެ ދާއިރާއިން ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ ހާސިލްކުރައްވާފައިވާ ކޮމާންޑް ސާޖަންޓް މޭޖާ އަހުމަދު އަބްދުﷲ، ރާއްޖެއިން ބޭރުގައި ބޭއްވި ތަފާތު ގިނަ ސިމްޕޯޒިއަމްތަކާއި ކޮންފަރެންސްތަކުގައި ދިވެހި އަސްކަރިއްޔާ ތަމްސީލުކޮށް ދީފައިވާކަން އެމްއެންޑީއެފްއިން ފާހަގަކުރެ އެވެ.

"ކޮމާންޑް ސާޖަންޓް މޭޖާ އަހުމަދު ޢަބްދުﷲ އަކީ ސިފައިންގެ ތަފާތު ދާއިރާތަކުގައި ޚިދުމަތްކުރައްވައި، ވަރަށް މުހިންމު އެޕޮއިންޓްމަންޓެއް ފުރުއްވާފައިވާ ނަމޫނާ ސީނިއަރ އެންލިސްޓެޑް ލީޑަރެއް،" ގައުމީ ދިފާއީ ބާރު އިން ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox