ރެއިން ފެށިގެން ވެހެމުން އަންނަ ވާރެއިން މުޅި މާލެ ފެނު އަޑީގައި!

މިއަދު އައިޖީއެމްއެޗް ކައިރިން މީހަކު ހިނގާފައި ދަނީ: މާލޭގެ ބޮޑު ބައެއް އޮތީ ފެނު އަޑީގައި -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

މިއަދު އައިޖީއެމްއެޗް ކައިރިން މީހަކު ހިނގާފައި ދަނީ: މާލޭގެ ބޮޑު ބައެއް އޮތީ ފެނު އަޑީގައި -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ވެރި ރަށް މާލެއަށް ރެއިން ފެށިގެން ވެހެމުން އަންނަ ވާރޭގައި މުޅި ރަށް ފެންބޮޑުކޮށްލައި، މީހުންނަށް ހިނގާބިނގާވެ އުޅުމަށް ދަތިވެއްޖެ އެވެ.

މުޅި ރާއްޖެއަށް ވެސް މި ދުވަސްވަރު މޫސުން ގޯސްއިރު، މެދުރާއްޖެތެރެއަށް މެޓު އޮފީހުން ވަނީ ޔެލޯ އެލާޓެއް ނެރެފަ އެވެ.

ރެެއިން ފެށިގެން ހުއްޓާނުލާ ވެހެމުން އަންނަ ވާރޭގައި މާލޭގެ ހުރިހާ ބޮޑެތި މަގުތަކެއް އޮތީ ފެނު އަޑީގަ އެވެ. އެގޮތުން މަޖީދީމަގާއި އަމީނީ މަގާއި ޗާންދަނީ މަގާއި ބޮޑުތަކުރުފާނުގެ މަގުގެ ބޮޑު ސަރަހައްދެއް އޮތީ ފެނު އަޑީގަ އެވެ.

ގާތްގަނޑަކަށް 212,138 މީހުން މާލޭގައި ދިރިއުޅެމުންދާއިރު، ފެންބޮޑުވުމުގެ ސަބަބުން ވެހިކަލް ދުއްވުމާއި ހިނގާބިނގާވެ އުޅުމަށް ވަނީ ދަތިވެފަ އެވެ. ބައެއް ސަރަހައްދުތަކުގައި ޕާކުކޮށްފައި ހުރި ސައިކަލުތަކުގެ އިންޖީނާ ހަމައަށް އޮތީ ފެން ބޮޑުވެފަ އެވެ.

އަމީނީ މަގު
އަމީނީ މަގު

އަލަށް ހެދި އަމީނީ މަގުގެ ސަރަހައްދެއްގައި ފެން ބޮޑުވެފައި: ފެންބޮޑުވެފައިވާތީ ވެހިކަލްތައް ދުއްވުމަށް ވަނީ ދަތިވެފައި -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ފެންބޮޑުވުމުގެ ސަބަބުން ބައެއް ސަރަހައްދުތަކުގައި ހުރި ސައިކަލުތައް ހުރީ މަގުމައްޗަށް ވެއްޓިފަ އެވެ. ބައެއް ސައިކަލުތައް ހުރީ އިންޖީނަށް ފެން އެޅުމާއި އެހެން މައްސަލަތައް ދިމާވެގެން ހުއްޓިފަ އެވެ.

އާންމު ދުވަސްތަކާ ހިލާފަށް މަގުމަތި ވެސް ފެންނަނީ ވަރަށް ބޮޑަށް ހުސްކޮށެވެ. ގިނައިން ބޭރަށް ނުކުމެ އުޅެނީ ޒަރޫރީ ބޭނުންތަކުގައި ކޮންމެހެން ނުކުންނަންޖެހޭ މީހުން ކަމަށް ބެލެވެ އެވެ.

މާލޭ މަގުތަކުން ފެން ހިންދުމަށް ސިފައިންގެ ފަޔާ އެންޑް ރެސްކިއު ޑިޕާޓްމަންޓުން ދަނީ ހަރަކާތްތެރިވަމުންނެވެ. ނަމަވެސް ބޯކޮށް ވެހޭ ވާރޭ ނުހުއްޓާތީ މަސައްކަތުގެ މާ ބޮޑު ނަތީޖާއެއް އަދި ނުފެނެ އެވެ.

ފެން
ފެން

ފެން ބޮޑުވެފައި އޮތް މަގަކުން މީހަކު ސައިކަލުގައި ދުއްވާފައި ދަނީ: ބައެއް ސައިކަލުތައް މަގުމައްޗަށް ވެއްޓިފައި ހުރިއިރު، ޕާކުކޮށްފައި ހުރި ސައިކަލުތަކުގެ އިންޖީނާ ހަމައަށް ބައެއް ސަރަހައްދުތަކުގައި ހުރީ ފެންބޮޑުވެފަ -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

މެޓު އޮފީހުން ވަނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހަވީރު 5:00 ޖެހުމާ ހަމައަށް ޔެލޯ އެލާޓެއް ނެރެފަ އެވެ. މިދިޔަ ހަފުތާގައި މޫސުން ގޯސްވުމުގެ ސަބަބުން ފުވައްމުލައް އަދި އައްޑޫ ސިޓީއަށް މެޓު އޮފީހުން އޮތީ އޮރެންޖު އެލާޓެއް ނެރަފެ އެވެ. ވާރޭ ވެހުމުގެ ސަބަބުން ފުވައްމުލަކާއި އައްޑޫގެ ވަރަށް ގިނަ ގެތަކަށް ވަނީ ގެއްލުންވެފަ އެވެ.

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފ. ނިލަންދޫ، ކ. ގުރައިދޫ، ލ. ގަން އަދި ފޮނަދޫގައި ވެސް ފެންބޮޑުވެ ވަރަށް ގިނަ ގެތަކަށް ވަނީ ގެއްލުން ލިބިފަ އެވެ.

މިދުވަސްވަރު ކުރަމުން މިދާ ވިއްސާރަކީ އާންމުކޮށް ކޮންމެ އަހަރަކު ވެސް އިރުވައި މޫސުން ފެށޭ ދުވަސްވަރަކު ކުރާ ވިއްސާރައެއް ކަމަށާއި، މި އަހަރު މޫސުން ރަނގަޅު ނުވެ ދިގުލައިގެން ގޮސްފައި ވަނީ މި ސަރަހައްދާއި އަރަބި ކަނޑުގައި އުފެދިފައިވާ ކުދި ކޮޅިގަނޑުތަކުގެ ސަބަބުން ކަމަށް މެޓް އޮފީހުން ބުނެ އެވެ.

މިއަދަކީ އިރުވައި މޫސުމުގެ ދެ ވަނަ ނަކަތް ކަމުގައިވާ ފުރަހަޅަ ނަކަތުން ނުވައެކެވެ. މި ނަކަތް ނިމޭނީ ޖެނުއަރީ 5، 2024 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox