ލަންކާ މުބާރާތުން ރިހާން އާއި ލޫތު އަށް ލޯ މެޑަލް

Dec 28, 2023, 6:56 AM
ލަންކާ މުބާރާތުން ރިހާން އާއި ލޫތު އަށް ލޯ މެޑަލް

ސްރީ ލަންކާގެ ނެޝަނަލް/ނެޝަނަލް ޖޫނިއާ ޝޯޓްކޯސް ފެތުމުގެ މުބާރާތުން ރާއްޖޭގެ ރިހާން ޝިޔާމް އާއި ލޫތު މުހައްމަދު ހުސެއިން ލޯ މެޑަލް ހޯދައިފި އެވެ.

ލަންކާގެ ކެންޑީ ހިލްވުޑް ކޮލެޖް ސްވިމިން ޕޫލުގައި ކުރިއަށްދާ މި މުބާރާތުން ރިހާން މެޑަލް ހޯދީ 400 މީޓަރު މެޑްލީ ރޭހުންނެވެ. އަށް ފެތުންތެރިންނާ ވާދަކޮށް ރިހާން ތިން ވަނަ ހޯދީ ފަސް މިނިޓް، 03.53 ސިކުންތުން ރޭސް ނިންމައިގެންނެެވެ.

މިއީ، ބައިނަލްއަގުވާމީ ލެވަލްގައި ރިހާން ހޯދި ފުރަތަމަ މެޑަލެވެ.

ލޫތު، މެޑަލް ހޯދާފައިވަނީ 200 މީޓަރު ބްރެސްޓް ސްޓްރޯކް ރޭހުންނެވެ. ޖުމްލަ އެކު، ނުވަ ފެތުންތެރިން ވާދަކުރި މި ރޭހުން ލޫތު ތިން ވަނަ ހޯދާފައިވަނީ، ދެ މިނިޓް، 50.43 ސިކުންތުން ރޭސް ނިންމައިގެންނެވެ. މިއީ، ލޫތަށް ބައިނަލްއަގުވާމީ ލެވަލްގައި ލިބުނު ފުރަތަމަ މެޑަލް އެވެ.

އިއްޔެ، ގައުމީ ޖޫނިއާ ފިރިހެން ރިލޭ ޓީމުން ވަނީ 100 މީޓަރު ފްރީސްޓައިލް ރިލޭ އިން ރިހި މެޑަލް ހޯދައިފަ އެވެ. އަދި ފިރިހެން ސީނިއާ ޓީމުން ވަނީ 50 މީޓަރު ފްރީސްޓައިލް ރިލޭ ރޭހުން ލޯ މެޑަލް ހޯދައިފަ އެވެ.

އިއްޔެގެ ތިން މެޑަލާ އެކު، ލަންކާ މުބާރާތުގައި ރާއްޖޭން ހޯދި މެޑަލްގެ އަދަދު ހަޔަކަށް އެރީ އެވެ.

މީގެ ކުރިން، ރާއްޖޭގެ މެރާލް އައިން ލަޠީފު، 100 މީޓަރު ބަޓަފްލައި އިވެންޓުން ރަން މެޑަލް ހޯދިއިރު، ޖޫނިއާ ފިރިހެން ރިލޭ ޓީމުން 4 ގުނަ 100 މީޓަރު މެޑްލީ ރިލޭއިން ރިހި މެޑަލް އަދި ސީނިއާ ފިރިހެން ރިލޭ ޓީމުން 4 ގުނަ 100 މީޓަރު މެޑްލީ ރިލޭއިން ލޯ މެޑަލް ހޯދައިފަ އެވެ.

މި މަހު 26 އިން ފެށިގެން 30 އާ ހަމައަށް ކުރިޔަށްދާ މި މުބާރާތުގައި ރާއްޖޭގެ ފެތުންތެރިން ދެން ވާދަކުރަނީ ޖޫނިއާ ނެޝަނަލް ފިރިހެން އަދި ނެޝަނަލް އަންހެން ފިރިހެން ބައިގަ އެވެ. މި ހަތަރު ބައިގައި އެކު ޖުމުލަ ދިވެހި 25 ފެތުންތެރިން މިމުބާރާތުގައި ވާދަކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox