ޕައިލެޓުންނާއި ޓީޗަރުންނާއި ޓޫރިޒަމްގެ މެނޭޖުމަންޓު ވަޒީފާތައް ދިވެހިންނަށް ހާއްސަކުރަން ނިންމައިފި

ހިރިޔާ ސްކޫލުގެ ޓީޗަރުންތަކެއް: ދިވެހި ޓީޗަރުން ގިނަ ކުރެވޭތޯ އެކި ސަރުކާރުތަކުން އެކި މަސައްކަތްކޮށްފައިވޭ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ހިރިޔާ ސްކޫލުގެ ޓީޗަރުންތަކެއް: ދިވެހި ޓީޗަރުން ގިނަ ކުރެވޭތޯ އެކި ސަރުކާރުތަކުން އެކި މަސައްކަތްކޮށްފައިވޭ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ޒުވާނުންގެ ހުނަރާއި ޝައުގުވެރިކަން ހުރި ދާއިރާތަކުގެ ވަޒީފާތައް ދިވެހިންނަށް ހާއްސަކުރަން ސަރުކާރުން ނިންމައިފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަން އިއުލާންކުރައްވަމުން ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ މިކަން ކުރަން ނިންމީ މިކަމާ ގުޅޭގޮތުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުށަހެޅި ކަރުދާހެއްގެ މައްޗަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރުމަށް ފަހު ކަމަށެވެ.

އެގޮތުން ދިވެހިންނަށް ހާއްސަކުރަން ހަމަޖެހިފައިވާ ވަޒީފާތަކުގެ ތެރޭގައި ހިމެނެނީ:

  • ހެއާޑްރެސާ
  • ބޭބީސިޓާ
  • ޕާސަނަލް ޓްރެއިނާ
  • ބިއުޓީޝަން
  • ގެސްޓް ރިލޭޝަންސް އޮފިސަރު
  • ޓުއާ ގައިޑް
  • ޑައިވަރުން
  • ފޮޓޯގްރާފަރުން
  • އިލެކްޓްރިކަލް އިންޖިނިއަރުން
  • ހައުސްކީޕިން މެނޭޖަރު
  • ހިއުމަން ރިސޯސަސް މެނޭޖަރު
  • ފްރަންޓު އޮފީސް މެނޭޖަރު
  • އެކައުންޓަންޓުން
  • އިމާމުން
  • ނަރުހުން
  • ޓީޗަރުން
  • އިންސްޕެކްޓަރުން
  • ސާވެޔަރުން
  • ސައިޓް ސުޕަވައިޒަރުން
  • ޕައިލެޓުން

ސަރުކާރުން ހާމަ ކުރި ގޮތުގައި މިކަން ކުރަން ނިންމާފައި ވަނީ ވަކި ތާވަލެއްގެ ތެރެއިންނެވެ. މި ތަފްސީލުތައް ކަމާގުޅޭ މިނިސްޓްރީތަކުން ކައިރި މުސްތަގުބަލެއްގައި ހާމަކުރާނެ ކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވި އެވެ.

މިގޮތަށް ދިވެހިންނަށް ބައެއް ވަޒީފާތައް ހާއްސަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ކަމެކެވެ. އަދި މިއީ ޕީޕީއެމްގެ ކުރީގެ ސަރުކާރުގައި ވެސް ތަންފީޒު ކުރެވޭތޯ މަސައްކަތް ފަށައި، ފަހުން އެކި ސަބަބުތަކާ ހުރެ ހުއްޓާލާފައިވާ ސިޔާސަތެއް ކަން ވެސް ފާހަގަކޮށްލެ ވެ އެވެ.

ދިވެހިންނަށް ހާއްސަކުރި ވަޒީފާތަކުގެ ތެރޭގައި ގިނަ އަދަދެއްގެ ބިދޭސީން ހަރަކާތްތެރިވާ ދާއިރާތައް ހިމެނޭކަން ފާހަގަކޮށްލެ ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox