އިޖުތިމާއީ ހިދުމަތުގެ ތެރެއިން ސިޔާސީ މައިދާނަށް؛ އިޝާން އަކީ މީހުންގެ މީހެއް!

ޕީއެންސީ/ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރާ އިޝާން އަލީ

ޕީއެންސީ/ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރާ އިޝާން އަލީ

"އިޝާންގެ ބައިވެރިވުމެއް ނެތި ގަލޮޅުގައި އިޖުތިމާއީ އެއްވެސް ހަރަކާތެއް ނުހިނގާނެ. މަންޒަރުގެ ހަފަރާތުން އޭނާ ނުފެންނަނަމަ އެހަރަކާތެއްގެ ފަރުދާގެ ފުރަގަހުގައި ހަރަކާތްތެރިވާން ހުންނާނީ އޭނަ." ގަލޮޅަށް އުފަން، މިހާރު އުމުރުން ފަންސާހުގެ އަހަރުތައް ގުނަމުންދާ ހާރިސް، ގަލޮޅު އައިނާ އެޑަމްސް އިޝާން އަލީ އާމެދު ބުނީ މިހެންނެވެ.

އިޝާންގެ ހިންގުންތެރިކަމުގެ ތަމްރީނާއި، ބަސްމޮށުންތެރިކަމުގެ ހުނަރުގެ ފުރަތަމަ ބިންގާ އެޅުނީ އަމީނިއްޔާ ސުކޫލުގެ ހަތަރުފާރުގެ އެތެރެއިންނެވެ. ނުވަދިހައިގެ އެ ހިތްގައިމު ދުވަސްތައް އިޝާން ހަނދާންކުރަނީ އޭނާގެ އެދުރުންނަށާއި، މަދަރުސީ ހަޔާތުގެ އެހީތެރިންނަށް ހުސްނުވާނޭ ޝުކުރު އަދާކުރަމުންނެވެ. އޭރު އޭނާގެ ހިންގުންތެރިކަމުގެ ހުނަރު ދެއްކީ ރާދަފަތި ހައުސްގެ ކެޕްޓަނުގެ ހައިސިއްޔަތުންނެވެ. ހައުސްއިން ހިންގި ކޮންމެ ހަރަކާތަކީ އެދުރުންގެ އެހީތެރިކަމާއެކު އިޝާން ރާވައި ހިންގި ހަރަކާތްތަކެވެ.

ނުވަދިހައިގެ ފަހުކޮޅު ރާއްޖެ ތަޖުރިބާކުރި އަޑެއްބަޑެއް ނެތް، ސިޔާސީ ހަލަބޮލިކަމަށް ގިނަ މީހުން ހޭލުންތެރިއެއް ނޫނެވެ. ސިޔާސީ ކަންކަމަކީ އޭރު ގިނަ މީހުންގެ ވިސްނުމުން ޖާގައެއް ދޭ، ނުވަތަ ގިނަ ބަޔަކު ކަންބޮޑުވާ ކަންކަމެއް ވެސް ނޫނެވެ. އެހެންނަމަވެސް، އޭރުވެސް 'ހުކުރާއި ސަންގަށް' އިޝާން ފަރިތަ އެވެ. ރާއްޖޭގައި ސިޔާސީ ކަންކަން އެތުރިފައި ހުރި ގޮތާއި، ގެންނާންޖެހޭ ބަދަލުތަކާމެދު އޭނާ ފިކުރު ކުރެ އެވެ. ސިޔާސީ އެކިއެކި ކަންކަމުގައި ދެކޭގޮތް ހާމަކޮށް، އޭނާގެ ހިޔާލުތައް ފާޅުކުރަމުން ގެންދިޔައީ ސިޔާސީ ވާހަކަތައް ސިއްރުސިއްރުންވެސް ދައްކަން މީހުން ޖެހިލުންވި ދުވަސްވަރެއްގަ އެވެ.

ސިޔާސީ ދާއިރާއަށް އޭނާގެ ހިތުގައި އުފެދުނު ޝައުގުވެރިކަމަކީ ހަގީގަތުގައި މުޖުތަމައުއަށް އޮތް ލޯތްބެވެ. އެކަން އޭނާ ރާވައި އިންތިޒާމުކުރި، ސިޔާސީ ވިސްނުމާ ދުރު އިޖުތިމާއީ ކިތަންމެ ހަރަކާތަކުން ފެންނާނެ އެވެ. އަވަށް ސާފުކުރުމުގެ ހަރަކާތަކަސް، ފަލަސްތީނަށް އެހީ ހޯދުމަށް ހިންގާ ހަރަކާތަކަސް އެންމެ ކުރީ ސަފުން އޭނާ ފެންނަ ސަބަބަކީ އެއީ އެވެ.

އިޝާންގެ މަދަރުސީ ދައުރުގައިއާއި، އޭގެ ފަހުންވެސް ތައުލީމު ހާސިލުކުރުމަށް ހާއްސަ އަހައްމިއްޔަތުކަމެއް ދެއްވި އެވެ. އޯލެވެލް އިމްތިހާނަށްފަހު މެލޭޝިއާގެ ލިމްކޮކްވިންގ އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އިން ޕަބްލިކް ރިލޭޝަންސްގެ ދާއިރާއިން ޑިޕްލޮމާ ހާސިލުކުރެއްވި އެވެ. ފުރަތަމަ ޑިގްރީ ހާސިލުކުރެއްވީ އޮސްޓްރޭލިއާގެ ކާރޓިން ޔުނިވަރސިޓީއިން މާސްކޮމިއުނިކޭޝަންސްގެ ދާއިރާއިންނެވެ. އޭގެ ފަހުން މެލޭޝިއާގެ ސަންވޭ ކޮލެޖްގަ މެނޭޖްމަންޓް ޑިޕްލޮމާއެއް ހާސިލުކުރެއްވި އެވެ. އިޝާން މާސްޓަރސް ހާސިލުކުރީ އިނގިރޭސި ވިލާތުގެ އީސްޓް ލަންޑަން ޔުނިވަރސިޓީގައި މާކެޓިންގ މެނޭޖްމަންޓްގެ ދާއިރާއިންނެވެ.

ގިނަ ގޮންޖެހުންތަކާއި އުނދަގޫތަކާއެކު، ތައުލީމީ ހަޔާތް ފުރިހަމަކުރެއްވުމަށްފަހު އިޝާންއަށް އެނބުރި ރާއްޖެއަށް އާދެވުނުއިރު، ރާއްޖޭގައި އޮތީ ސިޔާސީ އިސްލާހީ މަސައްކަތް ފެށިފަ އެވެ. ދެވަނަ ވިސްނުމަކަށް ނުގޮސް، އިޝާން ވަގުތުން އެމަސައްކަތުގެ ބައިވެރިޔަކަށްވި އެވެ. އެ މަސައްކަތުގައި ބައިވެރިވިއިރު އޭނާއަކީ އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ މެންބަރެއް ނޫނެވެ. ގާނޫނު އަސާސީގެ ދެވަނަ ބާބުގައި މިހާރު ލިޔެވިފައި އެހުރި އަސާސީ ހައްގުތައް ރައްޔިތުންނަށް ކަށަވަރުކޮށްދިނުމުގައި ކުރެވުނު މަސައްކަތްތައް އިޝާން ފާހަގަކުރީ ފަހުރުވެރިކަމާއެކު އެވެ. އޭގެ ތެރެއިންވެސް އުމުރުން 18 އަހަރު ފުރިފައިވާ ކޮންމެ މީހަކަށްމެ ވޯޓު ދިނުމުގެ ހައްގު ދިނުމަށް ގޮވާލައި ހިންގުނު ހަރަކާތްތައް އިޝާން ހާއްސަ ގޮތެއްގައި ފާހަގަކުރެ އެވެ.

ސިޔާސީ މަސައްކަތުގައި އިޝާން އެންމެ ފުރަތަމަ ގުޅުނު ޕާޓީއަކީ އެމްޑީޕީ އެވެ. އެހެންނަމަވެސް އޭނާއަށް މުހިންމީ ސިޔާސީ ވަކި ޝަހުސިއްޔަތެއް ނުވަތަ ވަކި ޕާޓީއެއް ނޫނެވެ. އޭނާގެ ފިކުރަކީ ވަކި މީހެއްގެ ފަހަތުގައި ނުވަތަ ވަކި ޕާޓީއެއްގެ ވަށައިގެން އެނބުރޭ ފިކުރަކަށް ނުހެދުމަކީ ސިޔާސީ މަސައްކަތަށް ނުކުތްއިރު އޭނާ ކަނޑައެޅި ފުރަތަމަ އަޒުމެވެ. އަދިވެސް އިޝާން އެހުރީ އެ ވިސްނުމުގަ އެވެ.

ދިރިއުޅުމަށްޓަކައި އާމްދަނީ ހޯދުމަށް އިޝާން މަސައްކަތް ކުރަނީ އާއިލީ ވިޔަފާރީގެ ތެރޭގަ އެވެ. ފުޅާވެ ގާއިމުވެފައި އޮތް ވިޔަފާރިއެއްގެ ބައިވެރިޔަކަށްވެ، އެ ވިޔަފާރި ހިންގުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވަނީ ސިޔާސީ އަދި އިޖުތިމާއީ މަސައްކަތް އަދިވެސް އެންމެ އުހުގައި ބާއްވައިގެންނެވެ. އެއާއެކުއެކީ، އުނގަންނައި ދެއްވުމުގެ މަސައްކަތުގައި އުޅުއްވަ އެވެ. ރާއްޖޭގެ އެކި ކޮލެޖުތަކާއި ޔުނިވަރސިޓީތަކުގައި ލެކްޗަރަރއެއްގެ ގޮތުގައި މަސައްކަތްކުރައްވައިފި އެވެ. މަސައްކަތުގެ އަހުލާގާއި، މުއާމަލާތުކުރުމުގެ ހުނަރު އުނގަންނަވައި ދެއްވައި، އެތައް ބެޗެއް ތަމްރީނުކުރެއްވީ އެ އަހުލާގު އަމިއްލައަށްވެސް ދައްކަމުންނެވެ.

ސިޔާސީ ދާއިރާގައި ހަރަކާތްތެރިވެ، ރައްޔިތުންނަށް ހިދުމަތްކުރުމުގެ އަޒުމުގައި އިޝާން މިހާރު ނުކުމެ އެހުރީ ގަލޮޅު އުތުރު ދާއިރާއިން ރައްޔިތުންގެ މަޖިލީހަށް ވާދަކުރުމަށެވެ. ދާއިރާގެ ތަރައްގީއާއި ކުރިއެރުމަށްޓަކައި ސަރުކާރުގެ އެއްބާރުލުން ލިބޭނޭކަމުގެ ކަށަވަރުކަން މިހާރު ވެރިކަން ކުރާ ޕީއެންސީގެ މެންބަރު އިޝާންއަށް އެބައޮތެވެ. ޕީޕީއެމް-ޕީއެންސީ ގެ ޕްރައިމަރީގައި އޭނާ ވާދަކުރަނީ އެ ޕާޓީއަށް ނިސްބަތްވާ ގަލޮޅުގެ ގިނަ ރައްޔިތުންގެ އެދުމުގެ މަތީންނެވެ. އިޝާންއަކީ ސިޔާސީ ވަކި އެޖެންޑާއެއް ކުރިއެރުވުމުގެ ބަދަލުގައި ރައްޔިތުންނަށް ހިދުމަތްކުރުމުގެ ވިސްނުމުގައި މަސައްކަތްކުރާނޭ މީހެއްކަން އެ ރައްޔިތުން ދަނެ އެވެ.

އިޝާންއަކީ ގަލޮޅަށް އުފަން ގަލޮޅުގެ ދަރިއެކެވެ. އުޅެ ބޮޑުވީ އެތަނުގަ އެވެ. ގަލޮޅުގެ އެއްވެސް ރައްޔިތަކަށް އިޝާންއަކީ އާ މޫނަކަށް ނުވާއިރު، ގަލޮޅު ރައްޔިތުންގެ ހާލަތާއި، އެ ހާލަތު ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އިޝާންއަށް އެނގެ އެވެ. ގަލޮޅުގައި ތިބީ ހާއްސަ އެހީއަށް ބޭނުންވާ ކިތައް މީހުންކަމާއި، އެކަނިވެރި މައިންގެ އަދަދަކީ ކޮބައިކަމާއި، އެމީހުންނަށް ލިބެންޖެހޭ އިނާޔަތްތައް ލިބުމުގައި ހުރި ދަތިކަން އިޝާން ކިޔާލީ އަމިއްލަ ގޭތެރޭގެ ހާލަތު މީހަކު ކިޔައިދޭނެހާ ފަރިތަކަމާއެކުގަ އެވެ.

"ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި އެކަނިވެރި މައިންނަށް ދޭންޖެހޭ އިނާޔަތްތައް އެކަށައެޅި ގާނޫނު މުރާޖައާކުރެވެމުން ނުދޭ. ކޮންމެ އަހަރަކު ގައުމުގެ އިންފްލޭޝަން މައްޗަށް ދާއިރު، މި އިނާޔަތްތަކެއް އިންފްލޭޝަނާ އެއްހަމަ ނުކުރެވޭ. ނަތީޖާއަކަށްވަނީ އަނެއްކާވެސް ނިކަމެތިމީހާ އިތުރަށް ނިކަމެތިވުން" ކަންބޮޑުވުމާއެކު އިޝާން ފާހަގަކުރި އެވެ.

އިޝާން ދެކޭ ގޮތުގައި ގައުމެއްގެ ނިސްބަތުން ރާއްޖެއަށް ލިބޭ އާމްދަނީ މަދެއް ނޫނެވެ. އުނި ކަމެއް ހުރީ ހަރަދު ކުރުމުގެ ވައްޓަފާޅީގަ އެވެ. ހަމައެކަނި ސިޔާސީ ބޭނުމަކަށް ސަރުކާރުތަކުން ކޮށްލާ ހަރަދުތައް ގައިދުކޮށް ހިފެހެއްޓޭނޭ މެކޭނިޒަމެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިންކަމަށް އިޝާން ދެކެ އެވެ. ރާއްޖެއަށް ލިބޭ އާމްދަނީ އިތުރުވާނޭ ކަންކަމަށް މަގުފަހިކުރުމަށް ގާނޫނުތައް އެކުލަވާލުމާއި، އާމްދަނީ ނުލިބި ހަރަދު ލާޒިމުކުރާ ގާނޫނުތައް ނުވަތަ ސަރުކާރުގެ މައްޗަށް 'އަންފަންޑެޑް މެންޓޭޓްސް' މަތިކުރާ ގާނޫނުތައް ތައާރަފްކުރުން މަދުކުރުމަކީ އިޝާންގެ ވިސްނުމެކެވެ.

ދާއިރާގެ ރައްޔިތުންނަށް އިޝާން ހުށަހަޅަނީ ނަލަ މާލޭގެ ހިތްގައިމު ގަލޮޅެއްގެ ތަސައްވުރެކެވެ. ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލީ އަމިއްލައަށް ނުފުދޭ ހުވަފެނެއް އޮވެގެނެއް ނޫނެވެ. ހަމައެކަނި ނިޔަތަކީ ރައްޔިތުންނަށް ހިދުމަތްކުރުމެވެ. ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަކީ އަމިއްލަ ސިޔާސީ މުސްތަގުބަލު ބިނާކުރުމަށް ބޭނުންކުރާ ވިޔަފާރި ވަސީލަތަކަށް ހަދާފައި އޮތްއޮތުން ނިމުމަކަށް ގެނައުމަކީ އިޝާންގެ ތަސައްވަރެވެ. ރައްޔިތުންނަށް ބޯހިޔާވަހިކަމާއި، އާމްދަނީގެ ވަސީލަތްތަކާއި، ވިޔަފާރީގެ ފުރުސަތުތައް ތަނަވަސްވާނޭ މަގަށް ގާނޫނުތައް ބައްޓަންކުރުމަކީ އިޝާން މައިގަނޑު އެޖެންޑާ އެވެ.

"އަޅުގަނޑަކީ މީހުންގެ މީހެއް! ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެއްޖެނަމަ އަޅުގަނޑަށް ވޯޓު ދިން ރައްޔިތުން ވޯޓު ދިނީ ކީއްވެގެންކަން އަޅުގަނޑު ހަނދާން ނައްތައެއް ނުލާނެ. ރައްޔިތުން ވޯޓު ދިނީ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދުމާއި، އާމްދަނީ އިތުރުކުރެވޭނޭ ގޮތްތައް ގާނޫނުގެ ތެރެއިން ކަށަވަރުކުރުމަށް. އަޅުގަނޑު އެ ޒިންމާ އަދާކުރުމުގައި ފަސް ނުޖެހޭނޭކަން ގަލޮޅުގެ ރައްޔިތުން ދަންނާނެ." ނިންމާލަމުން އިޝާން ދިން ކަށަވަރުކަމަކީ މިއީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox