މިއަދު ބޭއްވި ކައުންސިލް ބައި-އިލެކްޝަންތަކުގެ ގިނަ ގޮނޑިތައް ޕްރޮގްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސް (ޕީޕީއެމް) އަށް ލިބިއްޖެ އެވެ.
މިއަދު ކުރިއަށް ގެންދިޔައީ ހއ. ކެލާ، ނ. މާފަރު އަދި އދ. ހަންޏާމީދޫ ކައުންސިލް މެމްބަރުންގެ ހުސްވެފައިވާ ގޮނޑިތަކާއި މާފަރުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ހުސްވެފައިވާ ގޮނޑީގެ ބައި އިލެކްޝަނެވެ.
އޭގެ ތެރެއިން ކެލާ، ހަންޏާމީދޫ މާފަރުގެ ކައުންސިލް މެމްބަރުކަމުގެ ހުސްވެފައިވާ ގޮނޑި އާއި މާފަރުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ހުސްވެފައިވާ ގޮނޑި ކާމިޔާބު ކުރީ ޕީޕީއެމްގެ ކެންޑިޑޭޓުންނެވެ. ހަންޏާމީދޫގެ ކައުންސިލް މެމްބަރުކަމުގެ ގޮނޑި ކާމިޔާބު ކުރީ އަމިއްލަ ގޮތުން ވާދަ ކުރި ކެންޑިޑޭޓެކެވެ.
އެކަން ޕީޕީއެމް އިން ކަށަވަރު ކޮށްދީފައިވެ އެވެ. އަދި އެ ރަށްތަކުގެ ކައުންސިލުންނާއި ފޯކަލް ޕޮއިންޓްތަކުން ވެސް ކަށަވަރު ކޮށްދީފައިވެ އެވެ.
އިލެކްޝަންސް ކޮމިޝަނުން އަދި މިހާތަނަށް ވަގުތީ ނަތީޖާ ހާމަކޮށްފައެއް ނުވެ އެވެ.














