މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެމްޑީއެފް) އިން, މޭޖާ ޖެނެރަލް ރޭންކުގައި ތިއްބެވި ދެ ބޭފުޅަކު ރިޓަޔާ ކުރައްވައިފި އެވެ.
މިއަދު އެމްއެންޑީއެފުން ރިޓަޔާ ކުރެއްވީ 33 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރެއްވި މޭޖާ ޖެނެރަލް ހާމިދު ޝަފީގު އާއި, 34 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި މޭޖާ ޖެނެރަލް ވައިސް ވަހީދު އެވެ.
ހާމިދު ސިފައިންގޭގައި މަސައްކަތް ކުރައްވަމުން ގެންދެވީ 1990, މާޗް 11 އިން ފެށިގެންނެވެ. ރިޓަޔާ ކުރެއްވިއިރު ހުންނެވީ ކޮމާންޑަންޓް އެމްއެމްޑީއެފް ސާވިސް ކޯޕްސްގެ މަގާމުގަ އެވެ.
ވައިސް ސިފައިންގޭގައި މަސައްކަތް ކުރައްވަމުން ގެންދެވީ 1989, ޖޫން 19 އިން ފެށިގެންނެވެ. ރިޓަޔާ ކުރެއްވިއިރު ހުންނެވީ ކޮމާންޑަންޓް އެމްއެންޑީއެފް މެރިން ކޯޕްސް އަދި ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްގެ ކޮމާންޑިން އޮފިސަރުގެ މަގާމުގަ އެވެ.
ވައިސް ވަނީ ސިފައިންގޭގެ އިތުރު ގިނަ މަގާމުތައް ފުރުއްވާފަ އެވެ.

މޭޖާ ޖެނެރަލް ރޭންކަކީ ސިފައިންގޭގެ ރޭންކުތަކުގެ ތެރެއިން ތިން ވަނައަށް އެންމެ މަތީ ރޭންކެވެ.













