އިޒްރޭލާ ދެކޮޅަށް ހުށަހަޅާފައިވާ ގަރާރާ ގުޅިގެން ފޮރިން މިނިސްޓަރު ކޮމިޓީއަށް ހާޒިރުކުރަނީ

ފޮރިން މިނިސްޓަރު މޫސާ ޒަމީރު : އިޒްރޭލާ ދެކޮޅަށް ހުށަހަޅާފައިވާ ގަރާރާ ގުޅިގެން ފޮރިން މިނިސްޓަރު ކޮމިޓީއަށް ހާޒިރުކުރަނީ - ފޮޓޯ: ރައީސް އޮފީސް

ފޮރިން މިނިސްޓަރު މޫސާ ޒަމީރު : އިޒްރޭލާ ދެކޮޅަށް ހުށަހަޅާފައިވާ ގަރާރާ ގުޅިގެން ފޮރިން މިނިސްޓަރު ކޮމިޓީއަށް ހާޒިރުކުރަނީ - ފޮޓޯ: ރައީސް އޮފީސް

އިޒްރޭލާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރާ ގުޅިގެން ފޮރިން މިނިސްޓަރު މޫސާ ޒަމީރު މަޖިލީހުގެ ހާރިޖީ ކޮމިޓީއަށް ހާޒިރުކުރުމަށް އެ ކޮމިޓީން ފާސްކޮށްފި އެވެ.

ގަރާރު ދިރާސާ ކުރުމަށް މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައިި، ދިރާސާގެ ބޭނުމަށް އެ މައްސަލައިގައި މި ސަރުކާރުން ގެންގުޅޭ ސްޓޭންޑު ސާފުކުރަން ފޮރިން މިނިސްޓަރު ހާޒިރުކުރަން ހުށަހެޅުއްވީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމު އެވެ.

މިނިސްޓަރު ހާޒިރު ކުރަން، މި ސަރުކާރުގެ ކޯލިޝަން ޕާޓްނަރެއް ކަމަށްވާ އެމްއެންޕީގެ ލީޑަރު އަދި ދަނގެތި ދާއިރާގެ މެންބަރު އަހުމަދު ނާޒިމު ދެކޮޅު ހެއްދެވި އެވެ. އޭނާ ވިދާޅުވީ މި މައްސަލައިގައި ސަރުކާރުގެ ސްޓޭންޑު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހިތާބުތަކާއި ސަރުކާރުގެ ލިޔެކިޔުންތަކުން ސާފުވާ ކަމަށެވެ. އަދި ފޮރިން މިނިސްޓްރީގެ ބޭފުޅުން ކޮމިޓީއަށް ހާޒިރުކުރުމުން ވަގުތަކެއް ބޭކާރު ވާނެ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

Advertisement

ނާޒިމް ވިދާޅުވީ އެ ގަރާރުގެ ދަށުން މަޖިލީހުން ކުރަންވީ މަސައްކަތަތަކީ، މި މައްސަލާގައި މަޖިލީހުން ދެކޭ ގޮތް ފާސްކުރުން ކަމަށާއި އެކަން ކުރުމަށް ގަރާރު ތަޅުމަށް ފޮނުވަންޖެހޭ ކަމަށެވެ. ނަމަވެސް ވޯޓަށް އެހުމުން ކޮމިޓީގެ މެންބަރުންގެ އަގުލަބިއްޔަތުން ވަނީ އެ ގަރާރު ދިރާސާ ކުރުމަށް ކުރާ މަސައްކަތުގައި ސަރުކާރުގެ ސްޓޭންޑު ސާފުކުރަން ފާސްކޮށްފަ އެވެ.

އިޒްރޭލާ ދެކޮޅަށް މަޖިލީހަށް އޮކްޓޯބަރު 14, ގައި ގަރާރެއް ހުށަހެޅުއްވީ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން އެވެ. އޮކްޓޯބަރު 16, ގައި އޮތް ޖަލްސާގައި އެ ގަރާރުގެ ފުރަތަމަ ކިޔުން އިއްވުމަށްފަހު ބަހުސް ފެށީ އޮކްޓޯބަރު 25, ގަ އެވެ. ރިޔާސަތުގެ ހައިޖާނުގެ ތެރޭގައި މަޖިލިސް އޮތީ އެ މުއްދަތުގެ ތެރޭގައި ހުއްޓިފަ އެވެ.

އެ ގަރާރުގެ އިތުރުން، އިޒްރޭލު މީހުންނަށް ރާއްޖެ ނުވަދެވޭ ގޮތަށް އިމިގްރޭޝަން ގާނޫނު އިސްލާހު ކުރަން މަޖިލީހަށް މިހާރު ވަނީ ބިލެއް ވެސް ހުށަހަޅައިފަ އެވެ. އަދި، އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް ލަފާދީ ހާރިޖީ ކޮމިޓީން ވަނީ ރައީސަށް ސިޓީއެއް ވެސް ފޮނުވާފަ އެވެ.

ރައީސް އޮފީހުން ބުނީ ނޮވެމްބަރު 16، ގައި ފޮނުވި އެ ސިޓީއަށް މިވަގުތު އެ އޮފީހުން ދޭނެ ވަކި ޖަވާބެއް ނެތް ކަމަށެވެ. މިދިޔަ ހަފުތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވަނީ އެ މައްސަލަ އަދި ވަޒީރުންގެ މަޖިލީހާ ހަމައަށް ނާންނަ ކަމަށް ވެސް ވިދާޅުވެފަ އެވެ.

އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމަށް 75 އަހަރުވެފައިވާއިރު ވޭތުވެދިޔަ ދެ މަސްދުވަހު ގާޒާއަށް މެދުނުކެނޑި ބޮންއަޅާތާ ދެ މަހަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. އެ ހަމަލާތަކުގައި މަރުވި ފަލަސްތީނު މީހުންގެ އަދަދު 17،000 އަށް ވުރެ މައްޗަށް އަރަ އެވެ. އޭގެ ތެރޭގައި 7،000 އަށްވުރެ ގިނަ ކުޑަކުދިން ހިމެނެ އެވެ.

އިޒްރޭލުގެ އަނިޔާވެރިކަމާ ދެކޮޅަށް ރާއްޖޭގައި ދަނީ އެކި ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން ފާހަގަކުރެވެނީ ރާއްޖެއަށް އިޒްރޭލު ރައްޔިތުން އައުން މަނާކުރަން ގޮވާލާ ސިލްސިލާކޮށް ކުރަމުންދާ މުޒާހަރާތަކެވެ. ފަލަސްތީނުގެ ރައްޔިތުން ފުރިހަމަ މިނިވަންކަމަށް ކުރަމުންދާ ދަތުރުގައި ދިވެހިންނަކީ އަބަދުވެސް އެ ގައުމަށް އެންމެ ތާއީދުކޮށް ހިތްވަރުދޭ އެއް ގައުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox