މައްސަލަ ހައްލުކޮށް އައްޑުއަށް ފެން ދޫކޮށްފި، ހިދުމަތް ކެނޑުނީ ގަވާއިދުން މަރާމާތުނުކުރުމުން!

އައްޑޫ ފެން ޕްލާންޓު މަރާމާތު ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަނީ. -- ފޮޓޯ: ފެނަކަ ކޯޕަރޭޝަން

އައްޑޫ ފެން ޕްލާންޓު މަރާމާތު ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަނީ. -- ފޮޓޯ: ފެނަކަ ކޯޕަރޭޝަން

އައްޑޫ ސިޓީގެ ފެން ޕްލާންޓަށް ދިމާވި މައްސަލަ ހައްލުކޮށް އެ ސިޓީގެ ރަށްތަކަށް ރޭ ފެން ދޫކޮށްފި އެވެ.

މާލެ ފިޔަވައި ދިވެހިރާއްޖޭގެ އާބާދީ އެންމެ ބޮޑު ސިޓީގެ ފެން ޕްލާންޓު ހަލާކުވެގެން ފެން ކެނޑުނީ ބުރާސްފަތި ދުވަހު އެވެ. ހަލާކުވި ބަޔަކީ ޕްލާންޓުން އުފައްދާ ފެން ދައުރުކުރުވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ވީއެފްޑީ ޑްރައިވެ އެވެ. ފެން ދޫކުރާ މިންވަރާއި ބާރުމިން ރެގިއުލޭޓް ކުރާނީ އެ ބައި ބޭނުންކޮށްގެނެވެ.

އެ މައްސަލަ ހައްލުކުރުމަށްޓަކައި ވެރިރަށް މާލެއިން ދެ ވަނަ ފަހަރަށް ސްޕެއާ ޕާޓްސް ގެންދިޔަ އެވެ. އެއަށް ފަހު މުޅި މައްސަލަ ހައްލުކޮށް ފެން ދޫކުރެވުނީ ރޭ ދަންވަރު އެވެ.

ގާތްގަނޑަކަށް 20،500 މީހުން ދިރިއުޅޭ އައްޑޫ ސިޓީއަށް ފެނުގެ ހިދުމަތް ކެނޑުނީ ފެނަކަ ކޯޕަރޭޝަނުން ބުނި ގޮތުގައި ގަވާއިދުން ފެން ޕްލާންޓު މަރާމާތު ނުކުރުންނެވެ.

"އައްޑޫ ސިޓީގައި މި ދިމާވި ފެނުގެ މައްސަލައަކީ ތާވަލު ކުރެވިގެން ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތައް ކުރުމަށް އިސްކަން ދެވިފައި ނުވާތީ އާއި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން އިންސްޕެކްޓުކޮށް، ހައްލުކުރަންޖެހޭ ކަންކަން ހައްލުކުރުމަށް އަންގަވައި ފޮނުއްވާފައިވާ ރިޕޯޓަށް އެ އޮތޯރިޓީން ދެއްވާފައިވާ ޓައިމްލައިނާ އެއްގޮތަށް އަމަލުކުރެވިފައި ނުވުމުގެ ސަބަބުން ދިމާވި މައްސަލައެއްކަން މިހާތަނަށް ބެލި ބެލުމުން ފާހަގަ ކުރެވިފައިވެ އެވެ،" ފެނަކަ ކޯޕަރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ފެން ޕްލާންޓަށް މައްސަލަ ދިމާވިތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ފެން ފޯރުކޮށް ދިނުމުގެ މުޅި ހިދުމަތް މެދުކެނޑެން ޖެހުނީ އެކަށީގެންވާ މިންވަރަށް ފެނުގެ ސްޓޮކެއް ނެތުމުން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެހެންވެ، ކުރިޔަށް އޮތް ތަނުގައި އައްޑޫ ސިޓީގައި މިފަދަ ގޮތަކަށް ފެނުގެ ހިދުމަތް ކެނޑިގެން ނުދާނެ ގޮތެއް ހޯދަން، ފެނުގެ ސްޓޯރޭޖު އިތުރުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށް ފެނަކައިން ބުނެ އެވެ.

މިފަހަރު އައްޑޫ ސިޓީގެ ފެން ޕްލާންޓުން ހަލާކުވި ވީއެފްޑީ ޑްރައިވް ފޯރުކޮށް ދިނީ އެމްޑަބްލިޔޫއެސްސީން ކަމަށާއި އަދި މައްސަލަ ހައްލުކުރަން ފަންނީ އެހީ ވެސް އެ ކުންފުނިން ލިބުނު ކަމަށް ފެނަކައިން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox