މިނިސްޓަރު ވިދާޅުވަނީ އިންޑިއާއިން ފިޔާ އެކްސްޕޯޓްކުރުން މަނާކުރިޔަސް ރާއްޖެއަށް ދަތިނުވާނެ ކަމަށް

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު : އޭނާ ވިދާޅުވީ އެކުވެރި ގައުމުތަކުން އަބަދުވެސް ރާއްޖެއަށް އިސްކަންދޭނެ ކަމަށް - ފޮޓޯ: ރައީސް އޮފީސް

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު : އޭނާ ވިދާޅުވީ އެކުވެރި ގައުމުތަކުން އަބަދުވެސް ރާއްޖެއަށް އިސްކަންދޭނެ ކަމަށް - ފޮޓޯ: ރައީސް އޮފީސް

އަވަށްޓެރި އިންޑިއާއިން ފިޔާ އެކްސްޕޯޓު ކުރުން މަނާކުރިޔަސް ރާއްޖެއަށް އެކަމުން ދަތިނުވާނެ ކަމުގެ ޔަގީންކަން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ދެއްވައިފި އެވެ.

ނުސީދާކޮށް އެ ޔަގީންކަން ދެއްވައި އެކްސްގައި ލިއުއްވި ލިއުމެއްގައި ސައީދު ވިދާޅުވީ އެކުވެރި ގައުމުތަކުން އަބަދުވެސް ރާއްޖެއަށް އިސްކަންދޭނެ ކަމަށެެވެ.

އިންޑިއާއިން ފިޔާ އެކްސްޕޯޓުކުރުން މަނާކުރަން ނިންމީ އަންނަ އަހަރުގެ މާޗް މަހާ ހަމައަށެވެ. މިއީ އަންނަ އަހަރު އޮންނަ އިންޑިއާގެ ލޮކް ސަބާ އިންތިހާބާ ދިމާކޮށް އިންފްލޭޝަން ހުއްޓުވުމުގެ ގޮތުން އެ ގައުމުގެ ސަރުކާރުން އަޅާފައިވާ ފިޔަވަޅެކެވެ.

Advertisement

މިކަމާ ގުޅިގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއަށް އަސާސީ އެއްވެސް ބާވަތެއްގެ މުދާ އެތެރެކުރުމުގައި ހުރަހެއްނެތް ކަމަށެވެ. އަދި އެކުވެރި ގައުމުތަކުން އަބަދުވެސް ރާއްޖެއަށް އިސްކަން ދޭނެ ކަމަށް، ޕީޕީއެމްގެ ކުރީގެ ސަރުކާރުގައިވެސް އިކޮނޮމިކް މިނިސްޓަރުކަން އަދާކުރެއްވި ސައީދު ވިދާޅުވި އެވެ.

އެ ސަރުކާރުގައި އަވަށްޓެރި އިންޑިއާއާއެކު އޮތް ހާރިޖީ އަދި ވިޔަފާރީގެ ގުޅުން ހީނަރުވެގެންދިޔަ އެވެ.

"ދުނިޔޭގެ ކާބޯތަކެތީގެ ބާޒާރަށް ނުވަތަ ވަކިވަކި ގައުމުތަކުގެ އެކްސްޕޯޓް ސިޔާސަތަށް ބަދަލުއައުމަކީ އެކިދުވަސްވަރު ހިނގާ ކަންކަން"

އޭނާ އިތުރަށް ލިޔުއްވާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ އިސްކަންދެއްވާ ސިޔާސަތަކީ ރައްޔިތުންގެ "ފުޑް ސެކިއުރިޓީ" ގާއިމުކުރުން ކަމަށާއި އެކަން ކާމިޔާބު ކުރާނީ "ދެމެހެއްޓެނި ވަށާޖެހޭ ހައްލަކާއިއެކު" ކަމަށެވެ.

އިންޑިއާގެ އިއުލާނުގައިވާ ގޮތުން މިއަދުން ފެށިގެން އިންޑިއާއިން ފިޔާ ބޭރު ކުރެވޭނީ ހާއްސަ ތިން ހާލަތެއް އިންޑިއާއިން ބުނެފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ އިއުލާނު ކުރުމުގެ ކުރިން އެކި ޕްރޮސެސްތައް ހިނގާފައިވާ ހާލަތްތަކެވެ.

އެ އިއުލާނުގައިވާ ގޮތުގައި މި ތިން ހާލަތުގައި ވެސް ފިޔާ އެކްސްޕޯޓް ކުރުމުގެ ހުއްދަ ދެވޭނީ ޖެނުއަރީ 5 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެހެން ނަމަވެސް, އެހެން ގައުމުތަކުގެ ސަރުކާރުން, އިންޑިއާ ސަރުކާރުގައި ފިޔާ އެކްސްޕޯޓް ކުރުމުގެ ހުއްދައަށް އެދިއްޖެނަމަ އެކަން ކޮށްދޭނެ ކަމަށް އެ އިއުލާނުގައި ވެއެވެ.

އެކަމާ ގުޅިގެން ރާއްޖެއިން ހާއްސަ ހުއްދައަކަށް އެދިފައިވޭތޯ ސާފުކުރުމަށް ރައީސް އޮފީހުގެ އިރުޝާދުގެ ދަށުން މިނިސްޓަރު ސައީދާ މުވާސަލާތު ކުރުމަށް މިހާތަނަށް ކުރި މަސައްކަތް ފޯނަށް ޖަވާބު ނުދެއްވާތީ ކާމިޔާބުވެފައެއް ނުވެ އެވެ.

އިންފްލޭޝަން ހިފެހެއްޓުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން އިންޑިއާ އިން ވަނީ ހަނޑުލާއި ބާސްމަތީ ނޫން ހުދު ބަތް އެކްސްޕޯޓް ކުރުން ވެސް މަނާކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox