އައްޑޫގެ ގުޅިފައިވާ ރަށްތަކުން ފެނުގެ ހިދުމަތް ކެނޑިފައި އޮންނަތާ 48 ގަޑިއިރު

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ފެނުގެ ހިދުމަތް ކެނޑިފައި އޮންނަތާ 48 ގަޑިއިރު

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ފެނުގެ ހިދުމަތް ކެނޑިފައި އޮންނަތާ 48 ގަޑިއިރަށްވުރެ އިތުރުވެފައިވާއިރު، ފެން ދޫކުރަން ބޭނުުންވާ އިތުރު ވޭރިއޭބަލް ފްރިކުއެންސީ ޑްރައިވްއެއް (ވީއެފްޑީ) އައްޑޫއަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކައިން ބުނެފި އެވެ.

ފެނަކައިގެން މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ އައްޑޫއިން ފެން ކެނޑިފައި ވަނީ އާރޯ ޕްލާންޓުގެ ވީއެފްޑީއަށް ދިމާވި މައްސަލައަކުން ކަމަށާއި އެ މައްސަލަ ހައްލު ކުރުމަށްޓަކައި މާލެއިން އިއްޔެ އެކޮޅަށް ވީއެފްޑީއެއް ގެންގޮސް ފެނުގެ ހިދުމަތް ފެށޭތޯ މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އެ ޑްރައިވް ގެންގޮސް އިންސްޓޯލު ކުރިފަހުން މަސައްކަތް ނުކުރާތީ ފެނުގެ ހިދުމަތް އަދިވެސް ނުފެށޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ވީއެފްޑީއަކީ އިންޕުޓް ކަރަންޓުގެ ފްރިކުއެންސީ ތަފާތުކޮށްގެން ފެން އުފައްދާ ޕްލާންޓުގެ ސްޕީޑާއި ޓޯކް ކޮންޓްރޯލްކުރާ އޭސީ މޮޓޯ ޑްރައިވް (މޮޓަރެއް ހިމެނޭ ސިސްޓަމް) ގެ ބާވަތެކެވެ. ޕްލާންޓުގެ ޓޮޕޮލޮޖީއަށް ބެލުމަށްފަހު، އެސޯސިއޭޓެޑް ވޯލްޓޭޖް ނުވަތަ ކަރަންޓް ވޭރިއޭޝަން އޭގެން ކޮންޓްރޯލް ކުރެ އެވެ.

"މިހާރު އަޅުގަނޑުމެންނަށް އަނެއްކާ ވެސް އެމްއެންޑީއެފްގައި ހުރި ވީއެފްޑީއެއް ލިބިފައި ވަނީ، އެމްޑަބްލިއުއެސްސީ އިންޖިނޭރުންނާ ގުޅިގެން އެ ޑްރައިވް ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުން މިދަނީ، ޓެސްޓުކޮށް ނިމުމާއެކު މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރުކޮށްގެން އެކޮޅަށް ފޮނުވުމުގެ މަސައްކަތް ކުރާނަން،" މުއާޒް ވިދާޅުވި އެވެ.

އައްޑޫގެ އެންމެ އާބާދީ ބޮޑު ހަތަރު ރަށުން ސަޕްލައި ފެން ކެނޑިފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު ދިމާވި ކަރަންޓު މައްސަލައަކާ ގުޅިގެންނެވެ. އެ މައްސަލަ ހައްލު ކުރުމަށްޓަކައި އެ ދުވަހުން ފެށިގެން ފެނަކައާއި އެމްޑަބްލިއުއެސްސީގެ އިންޖިނޭރުން ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.

އައްޑޫއިން ފެން ކެނޑުމާ ގުޅިގެން ގިނަ ބަޔަކު ދަނީ މީސްމީޑިއާގައި ވެސް ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ނަމަވެސް މައްސަލަ ހައްލު ކުރުމުގައި ދަތިތަކެއް ކުރިމަތިވަމުން ދަނީ ވީއެފްޑީއަކީ ރާއްޖެއިން ލިބެން ހުންނަ އެއްޗަކަށް ނުވާތީ ކަމަށް މުއާޒް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox