އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް މިއަދުގެ ވަގުތެއްގައި ފެނުގެ ހިދުމަތް އަލުން ދޫކުރަން ފަށާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
އައްޑޫގެ ރަށްތަކުން ފެނުގެ ހިދުމަތް ކެނޑުނީ ފެން އުފައްދާ ޕްލާންޓުގެ މުހިންމު ބައެއް ކަމުގައިވާ ވީއެފްޑީ ޑްރައިވް ހަލާކުވުމުންނެވެ. އެއީ ޕްލާންޓަށް ވަންނަ ފެން ދައުރުވުން ރެގިއުލޭޓްކޮށް، ވަކި މިންތަކެއްގައި ހިފަހައްޓައިދޭ ޑްރައިވް އެވެ.
"މިހާރު ވީއެފްޑީ ޑްރައިވް އެއް ހޯދި މާލެއިން އައްޑޫ އަށް އެންމެ އަވަހަށް ދަތުރުކުރާ ފްލައިޓް އަކުން އެއާ ފްރައިޓް ކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ" ފެނަކައިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައިވެ އެވެ.
ފެނުގެ ހިދުމަތް މެދު ކެނޑިފައި ވަނީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ އިންނެވެ.
ފެންޕްލާންޓަށް އާ ވީއެފްޑީ ޑްރައިވް ހޯދައި މިއަދު މެނދުރުގެ ފްލައިޓުން މިހާރު ވަނީ ގެންގޮސްފަ އެވެ.

އައްޑޫން ފެނުގެ ހިދުމަތް ކެނޑުމުން ގިނަ ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ.












