އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް އަލުން ފެނުގެ ހިދުމަތް ފޯރުކޮށް ދެވޭނެ ގަޑިއެއް ނޭނގޭ ކަމަށް އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
ގުޅިފައިވާ ރަށްތަކުން ސަޕްލައި ފެނުގެ ހިދުމަތް މެދު ކެނޑިފައި ވަނީ މިއަދު މެންދުރުން ފެށިގެންނެވެ. އައްޑޫ ސިޓީއަށް ފެނުގެ ހިދުމަތް ފޯރުކޮށްދެމުން ދަނީ ފެނަކަ ކޯޕަރޭޝަނުންނެވެ.
ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ ފެނުގެ ހިދުމަތް މެދު ކެނޑެން ދިމާވީ ފެން ފޯރުކޮށްދޭ ޕަމްޕްތަކަށް ދިމާވި ކަރަންޓުގެ މައްސަލައަކުން ކަމަށެވެ.
"ހިދުމަތް މެދު ކެނޑުން ވަގުތުން ފެށިގެން އެކަން ހައްލު ކުރުމަށް މަސައްކަތް ކުރަމުން ދަނީ، ބައެއް ސާމާނު މާލެއިން ވެސް ގެންނަން ޖެހިދާނެ،" މޭޔަރު ވިދާޅުވި އެވެ.
ފެނުގެ ހިދުމަތް މެދު ކެނޑިފައި ވަނީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ އިންނެވެ.













