ޔާމީން ވަކި ވުމަކުން، ލީޑާޝިޕުން މީހަކު މަދެއް ނުވޭ: އަދުރޭ

އަބްދުއްރަހީމް އަބްދުﷲ އާއި ޕީއެންސީ/ޕީޕީއެމްގެ ލީޑަރޝިޕްގެ ބޭފުޅުން، ޔާމީންގެ އާ ޕާޓީއާއެކު ލީޑަރޝިޕުން ބޭފުޅަކު ވަކި ވެފައި ނުވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އަބްދުއްރަހީމް އަބްދުﷲ އާއި ޕީއެންސީ/ޕީޕީއެމްގެ ލީޑަރޝިޕްގެ ބޭފުޅުން، ޔާމީންގެ އާ ޕާޓީއާއެކު ލީޑަރޝިޕުން ބޭފުޅަކު ވަކި ވެފައި ނުވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ޕީއެންސީ/ ޕީޕީއެމްގެ ކޯލިޝަނުން ކުރީގެ ވަކިވެވަޑައިގަތުމަކީ އެ ދެޕާޓީއަށް ގެއްލުމެއް ނޫން ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ސިފަކުރައްވައިފި އެވެ.

ޕީއެންސީގެ އާ އޮފީސް ރަސްމީކޮށް ހުޅުވައި، ރޭ ބޭއްވި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ވަކިވުމަކުން، ޕާޓީގެ ލީޑާޝިޕުން އެއްވެސް މެމްބަރަކު ވަކިވެފައި ނުވާ ކަމަށެވެ.

އެ ބައްދަލުވުމުގައި ނޫސްވެރިޔާ ސުވާލުކުރީ" ޕީއެންސީ/ ޕީޕީއެމް ކޯލިޝަން ދޫކުރައްވާ ޔާމީން ވަޑައިގަތުމުން ޕާޓީއަށް އެއްވެސް އަސަރެއް ކޮށްފާނެކަމަށް ގަބޫލުކުރައްވަންތޯ" އެވެ. އެސުވާލަށް ޖަވާބުދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ޕާޓީން ވަކިވެ ވަޑައިގަތީ އަމިއްލައަށް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ޕާޓީގެ ލީޑަރޝިޕުން ވެސް އަދި އާންމެ މެމްބަރަކު ވެސް ވަކިވެފައި ނުވާ ކަމަށް ވިދާޅުވި އެވެ.

"މެމްބަރުންގެ އަދަދު ދަނީ އިތުރުވަމުން، މަޖިލީހަށް މި ނުކުންނަނީ އިންތިހާބު ގައި ވާދަކުރަނީ ހަމައެކަނި އަޅުގަނޑުމެން ކަމަށް ދެކިގެނެއް ނޫން، ވާދަވެރި ކެންޑިޑޭޓުން ތިބޭނެ، އެ މީހުންނާ ވާދަކޮށް ކާމިޔާބު ކުރުމަށް ނުކުންނަނީ" އަބްދުއްރަހީމް ވިދާޅުވި އެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަކޮށް، ވީހާވެސް ގިނަ ގޮނޑި ނެގުމަކީ އެ ކޯލިޝަނާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމާޒުކަން މީގެ ކުރިން ވެސް ހާމަކޮށްފައިވެ އެވެ. އިންތިހާބަށް އެ ކޯލިޝަނުން ކެންޑިޑޭޓުން ނުކުންނާނީ ވަކި ޕާޓީއެއްގެ ޓިކެޓުގައި ނޫން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީއެންސީއިން ނުވަތަ ޕީޕީއެމްގެ ޓިކެޓުން ޕްރައިމަރީގައި ވާދަކުރި ނަމަވެސް، ޕްރައިމަރީ ބާއްވާނީ އެކުގައި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. ރޭ ބޭއްވި ސެނެޓު ބައްދަލުވުމުގައި އެ ކަން އެގޮތަށް ނިންމައި، ދެ ޕާޓީ ގުޅިގެން މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

ޔާމީންގެ އާ ޕާޓީ، ޕީއެންއެފްއަކީ އެ ކޯލިޝަަނަށް އޮތް ގޮންޖެހުމަކަށް ނުވާނެ ކަމަށް ރައީސް ވެސް ވިދާޅުވި އެވެ. އަދި އެކަމުން ކުރިމަތިވާ ގޮންޖެހުމަކީ ހިތްވަރެއްގެ ގޮތުގައި ދެކިގެން މަސައްކަތް ކުރާނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox