ޑިމޮކްރެޓްސްގެ ރައީސަކަށް ހަސަން ލަތީފު

ޑެމޮކްރެޓްސްގެ ޖަލްސާއެއްގައި ހަސަން ވާހަކަ ދައްކަވަނީ. 24 ގަޑިއިރު ފަހުން އިއުލާނުކުރި ނަތީޖާއިން ރައީސަކަށް ހަސަން ލަތީފު - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ޑެމޮކްރެޓްސްގެ ޖަލްސާއެއްގައި ހަސަން ވާހަކަ ދައްކަވަނީ. 24 ގަޑިއިރު ފަހުން އިއުލާނުކުރި ނަތީޖާއިން ރައީސަކަށް ހަސަން ލަތީފު - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އިއްޔެ ކުރިއަށްދިޔަ ދަ ޑިމޮކްރެޓްސްގެ ފުރަތަމަ އެތެރޭގެ އިންތިހާބުގެ ނަތީޖާ, އިންތިހާބަށް 24 ގަޑިއިރު ފަހުން އިއުލާނު ކުރިއިރު، އެ ޕާޓީގެ ރައީސަކަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި މިވަގުތު ޑިމޮކްރެޓްސްގެ އިންޓެރިމް ޗެއާޕާސަން ހަސަން ލަތީފު ހޮވިއްޖެ އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަތީޖާ އިއުލާނުކުރެއްވީ އެ ޕާޓީގެ ޕީޖީ ގްރޫޕު ލީޑަރު މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެވެ.

އޭނާ ވިދާޅުވި ގޮތުން ހަސަން ލަތީފު އިންތިހާބު ކާމިޔާބުކުރެއްވީ 1,704 ވޯޓެވެ. އޭނާއާ ވާދަކުރެއްވި، ނިމިދިޔަ ސަރުކާރުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި ހުސެއިން އަމްރުއަށް ލިބުނީ 1,300 ވޯޓެވެ. އަދި, 50 ބާތިލު ވޯޓުލާފައިވާ ކަމަށް ވެސް އާޒިމް ހާމަކުރެއްވި އެވެ.

އޭގެއިތުރުން، އިއްޔެ ކުރިއަށް ގެންދިޔަ އިންތިހާބުގައި އެ ޕާޓީގެ އިސް އެހެން މަގާމުތަކަށް ހޮވުނު ފަރާތްތަށްވެސް އާޒިމު ވަނީ އިއުލާނުކުރައްވާފަ އެވެ.

އެގޮތުން، ޕާޓީގެ ނައިބު ރައީސް (އަންހެން) ގެ މަގާމަށް ހޮވުނީ އައިޝަތު އަލައިކާ އަދުނާނެވެ. ޕާޓީގެ ނައިބު ރައީސް (ޔޫތު) ގެ މަގާމަށް ހޮވުނީ ހަސަން ފިރުޝާނެވެ. ޕާޓީގެ އަންހެން ލީޑަރެއްގެ ގޮތުގައި ހުވުނީ ފާތުމަތު ހަމްދާ އެވެ. ޑިމޮކްރެޓްސްގެ ޒުވާނުންގެ ރައީސަކަށް ހޮވުނީ މުހައްމަދު މާސިހު އެވެ.

މިރޭ އާޒިމް އިއުލާނުކުރެއްވީ މި މަގާމުތަކުގެ ނަތީޖާ އެކަންޏެވެ. ވިދާޅުވީ ދެން ހުރި މަގާމުތަކާއި ވަކި ރަށްތަކުގެ ނަތީޖާތައް ޕާޓީން އިއުލާނުކުރަމުންދާނެ ކަމަށެވެ.

އިއްޔެ ހެދުނު 10:00 ހަވީރު 16:00 އަށް ވޯޓުލުން ކުރިއަށް ދިޔަ ނަމަވެސް ޕާޓީއިން ރަސްމީ ސިފައެއްގައި އިންތިހާބާއިގުޅޭ މައުލޫމާތު އަދި ވަގުތީ ނަތީޖާ އިއުލާނުކުރުން ލަސްވާތީީ އެ ޕާޓީގެ އާންމު މެމްބަރުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.

އަދި، ރޭގެ ވަގުތެެއްގައި ރައީސްކަމަށް ވާދަކުރެއްވި ހަސަން ލަތީފު އަދި އަމްރުވެސް ވަނީ އިންތިހާބު ކާމިޔާބުވެފައިވާ ކަަމަށް ވިދާޅުވެ ސޯޝަލް މީޑިއާގައި ޕޯސްޓުތަކެއް ކުރައްވާފަ އެވެ.

ޑިމޮކްރަޓްސްގެ އެތެރޭގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 5،835 މެމްބަރުންނަށް ލިބުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox