އަގުބޮޑުކޮށް ބޮޑުހިލަ ގަންނަން އުޅުނު ކަމަށް ބުނާ ވާހަކަ ދޮގުކޮށް މައްސަލަ ބަލައިދޭން އެމްޓީސީސީން އެދެފި

އަގުބޮޑުކޮށް ބޮޑުހިލަ ގަންނަން އުޅުނު ކަމަށް ބުނާ ވާހަކަ ދޮގުކޮށް މައްސަލަ ބަލައިދޭން އެމްޓީސީސީން އެދެފި

މާކެޓް ރޭޓަށް ވުރެ ޓަނަކުން 11 ޑޮލަރު ބޮޑުކޮށް އެމްޓީސީސީއަށް ބޮޑުހިލަ ޝިޕްމަންޓެއް ގަންނަން އުޅޭ ކަމަށް ބުނާ ވާހަކަ އެކުންފުނިން ދޮގުކޮށް، އެ މައްސަލަ ބަލައިދޭން އެދެފި އެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އިސްވެ ހުންނަވައިގެން އެކުންފުނީގެ އިސް ވެރިންތަކެއް ނާޖާއިޒު މާލީ މަންފާއެއް ލިބޭނެހެން ބޮޑުހިލަ ގަންނަމުންދާ ކަމަށް ބުނެ ހަބަރެއް ޝާއިއު ކުރީ ރާއްޖޭގައި ހިންގާ ނޫހަކުންނެވެ.

އެ ހަބަރަށް ރައްދުދީ އެމްޓީސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ލިޔުމަކީ ރައްޔިތުންނަށް އޮޅުވާލައި އެ ކުންފުނި ބަދުނާމު ކުރުމުގެ ނިޔަތުގައި އެ ނޫހުން ފަތުރާ ހަގީގަތާ ހިލާފު ހަބަރެއް ކަމަށާއި އެއީ އެއްވެސް އަސާސެއް އަދި ބުރަދަނެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ.

އެކުންފުނިން ކުރިއަށްގެންދާ މަޝްރޫއުތަކަށް ބޭނުންވާ ތަކެއްޗާއި ކުންފުނީގެ އެކިއެކި ބޭނުމަށް ގެނެވޭ މުދަލުގެ މުއާމަލާތްތަކަކީ ކުންފުނީގެ ބޯޑުން ފާސްކޮށްފައިވާ ޕްރޮކިއުމަންޓް ޕޮލިސީ އާއި އެއްގޮތަށް ކުރިއަށްދާ މުއާމަލާތްތަކެއް ކަމަށާއި އެ ޕޮލިސީގައި މިފަދަ މުއާމަލާތްތަކުގެ ހުއްދަ ދިނުމަށް ވާނީ އެކި މަރުހަލާތަކުގައި ހުއްދަ ދިނުމަށް ގިންތި ކަނޑައަޅައި ޑޮކިޔުމަންޓު ވެސް ކޮށްފައި ކަމަށް އެމްޓީސީސީން ބުންޏެވެ.

"މި ކުންފުނިން އަބަދުވެސް އިސްކޮށްފައިވާނީ ކުންފުންޏާއި ކުންފުނީގެ ހިއްސާދާރުންގެ މަސްލަހަތަށް. އެގޮތުން ކޮންމެ މުއާމަލާތެއްގައި ވެސް އަމަލުކޮށްފައިވާނީ ރަނގަޅު ގަވަނަންސްގެ ތެރެއިންކަމަށާއި އަދި ވިޔަފާރީގައި ގެންގުޅޭ ބައިނަލްއަގުވާމީ ބެސްޓް ޕްރެކިޓްސްގެ ހަމަތަކާއި މިންތަކާއި އެއްގޮތްވާގޮތުގެ މަތިންކަމުގައި ދަންނަވަން،" އެމްޓީސީސީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެމްޓީސީސީން ބުނީ އެފަދަ ކަމެއް ހިނގާފައިވޭތޯ ބެލުމަށް ތަހުގީގެއް ހިންގުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުގައި މިހާރު އެދިފައިވާނެ ކަމަށެވެ. އަދި އެފަދަ ތަހުގީގެއް ހިންގާ ނަމަ ކުންފުނިން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ވެސް އެމްޓީސީސީން ބުނެފައިވެ އެވެ.

".... ނޫހުގެ ހަބަރަކީ ރައްޔިތުންގެ ހިތުގައި މިކުންފުންޏަށާއ،ި ކުންފުނީގެ އިސްވެރިންނަށް ލިބިފައިވާ އިތުބާރާއ،ި ލޯބި ފަނޑުކޮށްލުމަށް ގަސްތުގައި ކޮށްފައިވާ ނާތަހުޒީބީ އަމަލެއްކަން ހިތާމައާއެކު ފާހަގަކުރަން،" އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީގެ ވެރިންގެ ބޮލުގައި އެއްވެސް ހެއްކެއް ނެތި މިފަދަ ބޮޑެތި ތުހުމަތު އަޅުވަމުން ގެންދަނީ އަބުރު ކަތިލުމުގެ ނުބައި ރޫހުގައިކަން ފާހަގަކޮށް އެކުންފުނިން ބުނީ ހަގީގަތް އޮޅުވާލުމަށް އެ ނޫހުގައި އެކި ފަހަރުމަތިން އެމްޓީސީސީ އާއި ކުންފުނީގެ ވެރިން ބަދުނާމުވާ ގޮތަށް މިފަދަ ހަގީގަތާ ހިލާފު ދޮގު ހަބަރު ފަތުރަމުންދާ ކަމަށާއި އެއީ ވަރަށް ނާތަހުޒީބީ އަމަލެއް ކަމަށެވެ.

އަދި އެނޫހުން ދޮގު ހަބަރު ފަތުރަނީ ޒާތީ ތައައްސުބް އިސްކޮށް ސިޔާސީ މަންފާއެއް ހޯދުމުގެ ވިސްނުމުގައި ކަމަށާއި އެމްޓީސީ އާއި އެ ކުންފުނީގެ ވެރިން ބަދުނާމުވާ ގޮތަށް އަދި އާންމު ރައްޔިތުންގެ މެދުގައި ކުންފުންޏަށް އޮތް އިތުބާރު ގެއްލޭ ގޮތަށް އެފަދަ ދޮގު ހަބަރު ނުފެތުރުމަށް އެކުންފުނިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox