ޔާމީނުގެ މެސެޖު ސަޕޯޓަރުންނަށް: "ޕާޓީ އުފެއްދުމުގައި ފޯރީގައި އުޅެދެއްވާ"

ރައީސް ޔާމީން ގޭބަންދަށް ބަދަލު ކުރެއްވި ދުވަހު ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ރައީސް ޔާމީން ގޭބަންދަށް ބަދަލު ކުރެއްވި ދުވަހު ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްކޮށް ހުންނަވައި އުފެއްދުމަށް މަސައްކަތް ކުރައްވާ ސިޔާސީ ޕާޓީގެ ކަންކަމުގައި އެމަނިކުފާނުގެ ސަޕޯޓަރުންނާއި ސަޕޯޓަރުންގެ އާއިލާތަކުން ފޯރީގައި އުޅެދޭން ޔާމީން އެދިވަޑައިގެންފި އެވެ.

ރައީސް ޔާމީން އެގޮތަށް އެދިވަޑައިގެންނެވީ ޕީޕަލްސް ނެޝަނަލް ފުރަންޓުގެ ނަމުގައި އުފައްދާ އައު ސިޔާސީ ޕާޓީގެ ކަންކަމުގައި އިސްކޮށް އުޅުއްވާ، ކުރީގެ މިނިސްޓަރު، މުހައްމަދު މަލީހު ޖަމާލު މެދުވެރިކުރައްވައި "އަދަދު" އަށް ދެއްވި މެސެޖެއްގަ އެވެ.

"[ރައީސް ޔާމީންގެ] މެސެޖަކީ ފޯރީގައި މި ޕާޓީ އުފެއްދުމުގައި އެމަނިކުފާނުގެ ހުރިހާ ސަޕޯޓަރުންނާއި ސަޕޯޓަރުންގެ އާއިލާއިން އުޅެދެއްވުން،" މެސެޖުގައި ރައީސް ޔާމީން ވިދާޅުވެފައިވެ އެވެ.

ސަޕޯޓަރުންނަށް ރައީސް ޔާމީން ހާއްސަ މެސެޖެއް ދެއްވިއިރު، ރެއިން ފެށިގެން ރައީސް ޔާމީނުގެ ސަޕޯޓަރުން ގެންދަނީ ޕީއެންއެފްއަށް ސޮއި ކުރަމުންނެވެ. ޒޭން އަބްދުﷲ ޔާމީންގެ މުއައްސިސް ކަމުގެ ދަށުން ރެޖިސްޓަރީ ކުރުމަށް މަސައްކަތް ކުރާ އެ ޕާޓީއަށް އެންމެ ފުރަތަމަ ބޭފުޅަކަށް ރޭގައި ސޮއި ކުރެެއްވީ ރައީސް ޔާމީން އެވެ.

ޒޭންގެ އިތުރުން އެ ޕާޓީގެ މުއައްސިސުންގެ ގޮތުގައި ތިއްބަވާނީ ރައީސް ޔާމީނާއި, އެމަނިކުފާނުގެ ވެރިކަމުގައި ނައިބު ރައީސަކަށް ހުންނެވި ޑރ. މުހައްމަދު ޖަމީލު އަހުމަދާއި ކުރީގެ ސީޕީ ހުސައިން ވަހީދާއި މުލިއާގޭގެ ޗީފް އޮފް ސްޓާފް އަހުމަދު މުސްތަފާގެ އިތުރުން އަދްލީ އިސްމާއީލް އާއި ޑރ. ޖިހާދު ހަސަން އަދި ކަކާގޭ އަލީ އާދަމް އެވެ.

ޔާމީނުގެ އާ ޕާޓީ އުފެއްދުމަށް އިއްޔެ ހެނދުނު ވަނީ އީސީގެ ހުއްދަށް އެދިފަ އެވެ. ޕީއެންއެފް ޕާޓީގެ ނަމާއި ލޯގޯ އާންމުކުރީ އިއްޔެ ރޭގެ ވަގުތެއްގައި ސޯޝަލް މީޑިއާ މެދުވެރިކޮށެވެ.

ޕީޕީއެމުން ވަކިވެ، އައު ޕާޓީއެއް ހެއްދެވުމަށް ރައީސް ޔާމީން ނިންމެވީ ޕްރޮގުރެސިވް ކޯލިޝަނުގެ ލީޑާޝިރުޕުން އެމަނިކުފާނު އެއްފަރާތް ކޮށްފައިވާ ކަމަށް ބުނެ އެވެ. ޔާމީންގެ ފަރާތުން ރައީސް މުއިއްޒަށް ގިނަ ތުހުމަތުތަކެއް ކޮށްފައިވާއިރު އޭގެ ތެރޭގައި، އެމަނިކުފާނުގެ ފޯނު ކޯލަށް ރައީސް ޖަވާބު ނުދެއްވުމާއި ޖަލު ހުކުމުން މިނިވަން ނުކުރުން ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox