ޕީއެންސީއާ އެކުގައި މަޖިލިސް އިންތިހާބަށް ނުކުންނަން ޕީޕީއެމްގެ ސެނެޓުން ނިންމައިފި

Nov 25, 2023, 7:10 PM
މިރޭ ބޭއްވި ޕީޕީއެމްގެ ސެނެޓު ބައްދަލުވުމުގެ ތެރެއިން.

މިރޭ ބޭއްވި ޕީޕީއެމްގެ ސެނެޓު ބައްދަލުވުމުގެ ތެރެއިން.

އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އެކުގައި ވާދަކުރުމަށް ޕީޕީއެމްގެ ސެނެޓުން މިރޭ ނިންމައިފި އެވެ.

މިއީ ކުރީގެ ރައީސް އަބްދުالله ޔާމީން ޕީޕީއެމްއާ އާ ދުރަށް ޖެހިވަޑައިގެން އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމެވި ފަހުން ބޭއްވި އެ ޕާޓީގެ ފުރަތަމަ ސެނެޓު ބައްދަލުވުމެވެ. ޕީޕީއެމްގެ ލީޑާޝިޕާއި ޔާމީނާއި ހިޔާލު ތަފާތުވިއިރު ލީޑާޝިޕްގެ ގިނަ ބޭފުޅުން އިހުތިޔާރު ކުރެއްވީ ވެރިކަމުގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަޅި އެވެ.

އޭގެ އިތުރުން, ޕީޕީއެމްއަށް ސެކްރެޓަރީ ޖެނެރަލް އައްޔަނުކުރަން ޕާޓީގެ ލީޑާޝިޕަށް އިހުތިޔާރު ދިނުމަށް ވެސް ވަނީ ނިންމާފަ އެވެ. އެ މަގާމު ހުސްވީ ކުރިން ހުންނެވި އަހުމަދު ތޮލާލް ސަރުކާރުގެ މަގާމަކަށް ވަޑައިގަތުމަށް އެ ޕާޓީން އިސްތިއުފާ ދެއްވުމުންނެވެ.

ހަމައެހެންމެ, މިކަމާ ގުޅޭގޮތުން ނިންމަން ޖެހޭ އިތުރު ނިންމުންތައް ދެ ޕާޓީގެ ޖޮއިންޓް ސެނެޓުން ނިންމުމަށް ވެސް ވަނީ ކަނޑައަޅާފަ އެވެ.

ޕީއެންސީ/ޕީޕީއެމުން މީގެކުރިން ހާމަކޮށްފައިވާ ގޮތުގައި މަޖިލިސް އިންތިހާބަށް ޕްރައިމަރީ ބާއްވާނީ ޖެނުއަރީ 20, 2024 ގައި ކަމަށެވެ.

އެ ކޯލިޝަނުގެ ޓިކެޓަށް ޝައުގުވެރިވާ ޕީޕީއެމް އަދި ޕީއެންސީގެ މެމްބަރުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ޑިސެމްބަރު 20 އިން 31 އަށް ހުޅުވާލާނެ ކަމަށް ވެސް މީގެކުރިން ހާމަކޮށްފައިވެ އެވެ.

މަޖިލިސް އިންތިހާބަށް ޕީޕީއެމުން ޕީއެންސީ އެކުގައި ނުކުންނައިރު ޔާމީން އުފައްދަވާ އާ ޕާޓީން ވެސް އެ އިންތިހާބުގައި ވާދަކުރާނެ އެވެ. އެހެންކަމުން, މި ދެ ޕާޓީގެ ސަޕޯޓަރުންގެ ތެރެއިން ޔާމީނާ އެކުގައި ތިއްބެވި ބޭފުޅުންގެ ވޯޓު އެމަނިކުފާނު ހޯއްދަވާނެ ކަމަށް ބެލެވެ އެވެ.

ވެރިކަމުގައި މިވަގުތު އޮތީ ޕީއެންސީ އެވެ. އެއީ ރައީސް މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވީ އެ ޕާޓީގެ ޓިކެޓުގައި ކަމަށްވާތީ އެވެ. އެ ޕާޓީގެ ޓިކެޓުގައި ވެސް ގިނަ އަދަދެއްގެ ބަޔަކު މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox