ރައީސް ޔާމީނުގެ ގާނޫނީ ވަކީލުޑރ. ޖަމީލު ވެސް ޕީޕީއެމުން ވަކިވެވަޑައިގެންފި

ޕާޓީން ވަކިވުމަށް އެދޭ ފޯމުގައި ޑރ. ޖަމީލު ސޮއި ކުރައްވަނީ -- ފޮޓޯ: ރައީސް ޔާމީންގެ ހަރަކާތް

ޕާޓީން ވަކިވުމަށް އެދޭ ފޯމުގައި ޑރ. ޖަމީލު ސޮއި ކުރައްވަނީ -- ފޮޓޯ: ރައީސް ޔާމީންގެ ހަރަކާތް

ރައީސް ޔާމީނުގެ އިސް ގާނޫނީ ވަކީލު، ޑރ، މުހައްމަދު ޖަމީލު އަހުމަދު ވެސް ޕްރޮގުރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސް (ޕީޕީއެމް) އިން ވަކިވެވަޑައިގެންފި އެވެ.

ޑރ. ޖަމީލު ޕާޓީއިން ވަކިވެވަޑައިގެންފައިވާކަން ރައީސް ޔާމީންގެ އައު ސިޔާސީ ހަރަކާތުގެ އިސްކޮށް އުޅުއްވާ އައްބާސް އާދިލް ރިޒާ ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ.

ޕްރޮގުރެސިވް ކޯލިޝަން ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގައި އެ ކޯލިޝަން ރޫޅުނުއިރު، ޑރ. ޖަމީލު ހުންނެވީ ރައީސް ޔާމީންގެ ފަހަތްޕުޅުގަ އެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކުގައި ރައީސް ޔާމީން ވެސް ވަނީ މިދިޔަ ބުރާސްފަތު ދުވަހުގެރޭ ޕީޕީއެމުން ވަކިވެވަޑައިގެންފަ އެވެ.

ރައީސް ޔާމީންއާއި އެމަނިކުފާނަށް ވަފާދާރު ބޭފުޅުން ޕީޕީއެމުން ވަކިވަމުން މިދަނީ މިހާރު ސަރުކާރުން ޔާމީންއާ އެއްކޮށް ގުޅުން ކަނޑައިލާ އަނިޔާ ކުރަމުންދާ ކަމަށް ބުނެ އެވެ.

މިހާރުގެ ސަރުކާރު ގެނައުމަށް ވެސް ބުރަ މަސައްކަތްތަކެއް ކުރެއްވި ޑރ. ޖަމީލު ޕީޕީއެމްއާ ވަކިވެވަޑައިގެންފައި ވާއިރު، އެބޭފުޅުން ގެންދަވަނީ ރައީސް ޔާމީންގެ ނަންފުޅުގައި އައު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުންނެވެ. އެޕާޓީއަށް ކިޔާނެ ނަމަކާއި ލޯގޯއެއް މިހާރު ކަނޑައަޅާފައިވާކަމަށް އެކަމުގައި އިސްކޮށް އުޅުއްވާ މުހައްމަދު މަލީހު ޖަމާލް އިއްޔެ ވިދާޅުވެފައިވެ އެވެ.

ރައީސް ޔާމީން އިސްކޮށް ހުންނަވައި އުފައްދަވާ ޕާޓީ އުފެއްދުމުގެ ހުއްދައަށް މާދަމާ އިލެކްޝަންސްގައި އެދޭނެ ކަމަށް އެ ޔާމީންއަށް ވަފާތެރި ބޭފުޅުން ވިދާޅުވެ އެވެ.

މިއީ ވެރިކަން ލިބުމަށްފަހު ޕީޕީއެމް ދެފަޅިވި ދެވަނަ ފަހަރެވެ. މިހާރު އިލެކްޝަންސްއިން ގަބޫލު ކުރާ މިންވަރަށް މެންބަރުން ނެތުމުގެ ސަބަބުން އުވައިލަން ނިންމާފައިވާ އެމްއާރުއެމް އަކީ މީގެ ކުރިން 2013 ވަނަ އަހަރު ރައީސް ޔާމީނު ވެރިކަމަށް ވަޑައިގަތުމަށްފަހު، އޭރު އެ ޕާޓީގެ އިސް ލީޑަރެއްގެ ގޮތުގައި ހުންނެވި، ޔާމީނުގެ އެއްބަފާ ބޭބޭފުޅު، ރައީސް މައުމޫން އަބްދުލް ގައްޔޫމްއާ ހިޔާލު ތަފާތުވެ، މައުމޫން އުފެއްދެވި ޕާޓީއެކެވެ.

މިހާރު ވެރިކަން ކުރާ ޕީއެންސީއަކީ އޭރު، ރައީސް ޔާމީންއަށް ޕީޕީއެމް ގެއްލިދާނެ ކަމުގެ ބިރު ހީވުމުން، އުފެއްދެވި ޕާޓީ އެކެވެ. ނަމަވެސް ޕީޕީއެމްގެ ބާރުތައް ރައީސް ޔާމީނަށް ލިބިވަޑައިގަތުމުން ޕީޕީއެމްގެ ހިިޔަނީގައި ޕީއެންސީ ހިންގަމުން ގެންދިޔައީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox