މައްސަލަ ބެލުމަށްފަހު ޕީޕީއެމުން މަލީހު ވަކި ކުރަން ސުލޫކީ ކޮމިޓީން ނިންމައިފި

މަލީހު ޕީޕީއެމްގެ ޖަލްސާއެއްގައި:

މަލީހު ޕީޕީއެމްގެ ޖަލްސާއެއްގައި:

ޕާޓީއަށް ނާންގައި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި މައްސަލައިގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ސެނެޓު މެމްބަރު މުހައްމަދު މަލީހު ޖަމާލު މިރޭ އެ ޕާޓީން ވަކިކޮށްފި އެވެ.

މަލީހުގެ މައްސަލަ ބެލުމަށް މިއަދު އެ ކޮމިޓީއަށް ހާޒިރުވާން އޭނާއަށް އޮތީ އަންގައިފަ އެވެ. ނަމަވެސް ކޮމިޓީއަށް އޭނާ ހާޒިރެއް ނުވެ އެވެ. އެނގިފައިވާ ގޮތުގައި މަލީހު ވަކި ކުރަން ނިންމީ ކޮމިޓީގެ އަގުލަބިއްޔަތުންނެވެ.

ޕީޕީއެމްގެ އޮފީހުގައި އަންގާރަ ދުވަހުގެ ރޭ ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވީ އެ ޕާޓީގެ ބާނީ އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަންގަވައިގެން ސްޓިއަރިން ކޮމިޓީއެއް އެކުލަވާލިކަން އިއުލާނު ކުރުމަށެވެ. ބައްދަލުވުން ބޭއްވީ މަލީހުގެ އިތުރުން އައްބާސް އާދިލް ރިޒާ އެވެ.

މި ނޫހާ މިއަދު ވާހަކަ ދައްކަވަމުން މަލީހު ވިދާޅުވީ ސުލޫކީ ކޮމިޓީއަށް އޭނާ ހާޒިރުވުމަށް އަންގާފައި ވަނީ ގަވާއިދާ ހިލާފަށް ކަމަށާއި އެ ބައްދަލުވުމަށް އޭނާ ވަޑައިގަންނަވަން ނުޖެހޭނެ ކަމަށެވެ.

އަންގާރަ ދުވަހުގެ ރޭގެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށްފަހު ބުދަ ދުވަހު އޭނާ ވަނީ ޕާޓީގެ މަގާމުތަކުން ސަސްޕެންޑުކޮށްފަ އެވެ. ސުލޫކީ ކޮމިޓީއަށް މައްސަލަ ފޮނުވީ އެއަށްފަހެވެ. ޕީޕީއެމުން ބުނީ، ޔާމީންގެ އެންގެވުމަށް އެކުލަވާލި ކަމަށް ބުނާ ސްޓިއަރިން ކޮމިޓީއަކީ ގަވާއިދާ ހިލާފު، ޕާޓީގެ އަސާސްތަކާ ހިލާފު ކޮމިޓީއެއް ކަމަށެވެ.

"ޕާޓީގެ ލީޑަޝިޕު ނުވަތަ ޕާޓީގެ ސެނެޓުގެ އެއްވެސް މަޝްވަރާއެއް ހޯދުމެއް ނެތި ޕާޓީ ނަމުގައި ޕްރެސް ކޮންފަރެންސެއް ބާއްވަވައި އެ ޕްރެސް ކޮންފަރެންސް ލީޑުކުރައްވާ އަދި ޕާޓީގެ އަސާސްތަކާ ހިލާފަށް ޕާޓީ ބަދުނާމުކޮށް، ޕާޓީ ބައިބައިކުރުމުގެ މަސައްކަތްތަކެއް މަނިކުފާނު ވަނީ ކުރައްވާފަ،" މަލީހު ސަސްޕެންޑުކޮށް ޕާޓީން އޭނާއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވެ އެވެ.

އަންގާރަ ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި އައްބާސް ވިދާޅުވެފައި ވަނީ ސްޓިއަރިން ކޮމިޓި އެކުލަވާލީ ޕާޓީގެ ތަރުޖަމާނު ހީނާ ވަލީދު މަގާމުން އިސްތިއުފާ ދެއްވައި، ވަޒީފާ އަދާ ކުރަން އުޒުރުވެރިވާ ކަމަށް ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް އަންގާފައި އޮތުމުން ކަމަށެވެ. ނަމަވެސް ޕާޓީން ވަނީ އެކަން ދޮގުކޮށްފަ އެވެ.

"އެހެންވީމާ ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީނު އަބްދުލް ގައްޔޫމު މިވަނީ ވަގުތީ ގޮތުން ސްޓިއަރިން ކޮމިޓީއެއް އެކުލަވައިލައްވާފައި، އެމަނިކުފާނަށް ލިބިވަޑައިގަންނަވާ، ޕާޓީގެ އަސާސީ ގަވައިދުން ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން،" އެ ރޭ އައްބާސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox