އޮފީސް ފޯ ސިވިލް ރައިޓްސްއަށް ޝަކުވާ ހުށަހެޅޭނެ ނިޒާމު އެކުލަވާލައިފި

Nov 23, 2023, 11:55 AM
ބަންޑާރަ ނައިބު އަހުމަދު އުޝާމް: ޝަކުވާ ބެލުމަށްފަހު 30 ދުވަހުގެ ތެރޭގައި ޖަވާބެއް ދޭންޖެހޭެ -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ބަންޑާރަ ނައިބު އަހުމަދު އުޝާމް: ޝަކުވާ ބެލުމަށްފަހު 30 ދުވަހުގެ ތެރޭގައި ޖަވާބެއް ދޭންޖެހޭެ -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ރައްޔިތުންނަށް ލިބެންޖެހޭ މަދަނީ ހައްގުތައް ލިބޭތޯ ކަށަވަރު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި އޮފީސް ފޯ ސިވިލް ރައިޓްސްއަށް ޝަކުވާ ހުށަހެޅޭނެ ނިޒާމު މިއަދު ހަމަޖައްސައިފި އެވެ.

އޮފީސް ފޯ ސިވިލް ރައިޓްސް އުފެއްދީ ރައީސް މުއިއްޒު ހުވާ ކުރެއްވި ދުވަހު ނޮވެމްބަރު 17، ގަ އެވެ. ބަންޑާރަ ނައިބުގެ އޮފީހުގެ ދަށުން ހިންގާ އެ އޮފީހަށް ޝަކުވާ ހުށަހެޅުމަށް ވަނީ ގައިޑްލައިނެއް ހަދައިފަ އެވެ.

އެ ގައިޑްލައިނުގައިވާ ގޮތުން، މަދަނީ ހަައްގެއް ގެއްލިފައިވާ ކަމަށް އަމިއްލައަށް ފެނިއްޖެ ކޮންމެ މީހަކަށް އެ އޮފީހަށް ޝަކުވާ ހުށަހެޅޭނެ އެވެ. އަދި އަމިއްލައަށް އެކަން ކުރުމުގެ ގާބިލްކަން ނެތް ނަމަ ބަދަލުގައި އެހެން މީހަކަށް ވެސް ޝަކުވާ ހުށަހެޅިދާނެ އެވެ.

ޝަކުވާ ހުށަހަޅަންޖެހެނީ އެކަމަށް ހާއްސަކޮށްފައިވާ ފޯމެއް މެދުވެރިކޮށް ބަންޑާރަ ނައިބުގެ އޮފީހަށެވެ. ޝަކުވާތައް ބެލުމަށް ކަނޑައެޅި ގައިޑްލައިނުގައިވާ ގޮތުން ޖުމްލަ 30 ދުވަހުގެ ތެރޭގައި ކޮންމެ ޝަކުވާއެއް ވެސް ބަލައި ނިންމާ ޖަވާބެއް ދޭންޖެހެ އެވެ.

ސިވިލް ރައިޓްސް އޮފީހުގެ މަސްއޫލިއްޔަތަކީ މަދަނީ ހައްގުތައް ލިބޭކަން ކަށަވަރު ކުރުމާއި ހައްގުތައް ދިނުމުގައި ގެންގުޅޭ ތަފާތު ކުރުމުގެ މައްސަލަތައް ބެލުމާއި މަދަނީ ހައްގުތައް ހިފަހައްޓާ ކަމަށް ބުނާ މައްސަލަތައް ބެލުމެވެ.

އޭގެ އިތުރުން، ދައުލަތުގެ އިދާރާތަކުން ހިދުމަތް ދޭއިރު ރައްޔިތުންނަށް މަދަނީ ހައްގުތައް ލިބޭތޯ ކަށަވަރު ކުރުމަކީ ވެސް ސިވިލް ރައިޓްސް އޮފީހުގެ ޒިންމާއެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox