މުޒާހަރާގެ ބައިވެރިން ފޮރިން މިނިސްޓްރީ އަށް، މިނިސްޓަރު ނުކުމެވަޑައިގެން ގޮވައިލެއްވީ އިޒްރޭލުގެ ހަމަލާތައް ހުއްޓައިލަން

ފޮރިން މިނިސްޓަރު މޫސާ ޒަމީރު : ގޮވާލެއްވީ އިޒްރޭލުގެ ހަމަލާތައް ހުއްޓާލުމަށް - ފޮޓޯ: އަދަދު

ފޮރިން މިނިސްޓަރު މޫސާ ޒަމީރު : ގޮވާލެއްވީ އިޒްރޭލުގެ ހަމަލާތައް ހުއްޓާލުމަށް - ފޮޓޯ: އަދަދު

އިޒްރޭލުގެ ޕާސްޕޯޓު މަނާކޮށް، އެ ގައުމުގެ ފަތުރުވެރިން ރާއްޖެ އައުން މަނާކުރަން ގޮވާލައި މާލޭގައި ކުރަމުންދާ މުޒާހަރާގެ ބައިވެރިން ފޮރިން މިނިސްޓްރީ ދޮށަށް ދިއުމުން މިނިސްޓަރު މޫސާ ޒަމީރު ނުކުމެވަަޑައިގެން ފަލަސްތީނު މީހުންގެ ދިފާއުގައި ޝުއޫރު ފާޅުކުރައްވައިފި އެވެ.

މިއަދުގެ މުޒާހަރާ ފުރަތަމަ ކުރިއަށްދިޔައީ ރައްޔިތުންގެ މަޖިލިސްގެ ބޭރުގަ އެވެ. އެވަގުތު މަޖިލީހުގެ ބައެއް ،މެމްބަރުން ނުކުމެވަޑައިގެން އެމީހުންނަށް ދެއްވީ އިޒްރޭލާ ދެކޮަޅަށް ހުށަހެޅި ގަރާރުގެ މަސައްކަތް އަވަސްކޮށްދެއްވާނެ ކަމުގެ ޔަގީންކަމެވެ.

އެއަށްފަހު، މުޒާހަރާގެ ބައިވެރިން ވަނީ ފޮރިން މިނިސްޓްރީ ދޮށަށް ގޮސް، ގޮވައިލީ އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށާއި އިޒްރޭލުގެ އިސް ފަރާތްތައް ބްލެކު ލިސްޓު ކުރުމަށެވެ. މުޒާހަރާގެ ބައެއް ބައިވެރިން މިނިސްޓަރު ޒަމީރާ ބައްދަލުކުރަން އެދުމުން އޭނާ ނުކުމެވަޑައިގެން މުޒާހަރާގެ ބައިވެރިންގެ އަޑު އެއްސެވި އެވެ.

Advertisement

"ރައީސް މިދިޔަ ދުވަސްތަކުގެ ތެރޭގަ އޯއައިސީގެ ސެކެޓްރީ ޖެނެރަލާއި ފަލަސްތީނުގެ ސަފީރުގެ އިތުރުން، އެހެން ގައުމުތަކުގެ ބޭފުޅުންނާ ބައްދަލުކުރެއްވި، އެ ހުރިހާ ބޭފުޅުންގެ އަރިހުގައިވެސް ވިދާޅުވެފައިވީ އިމީޑިއެޓް ސީޒްފަޔާ އެއް އަޅުގަނޑުމެން ބޭނުންވާ ކަމަށާއި ހިއުމަނިޓޭރިއަން ކޮރިޑޯޒް ހުޅުވާލަން ޖެހޭނެ ކަމަށާއި 1967 ގެ ބޯޑަރުތަކަށް އަނބުރާ ދިއުމަށް، އެއީ އަޅުގަނޑުމެން ހުށަހަޅާ ހުށަހެޅުމަކީ" ފަލަސްތީނު މީހުންގެ ހައްގުގައި ސަރުކާރުން ކުރާ މަސައްކަތުގެ ތަފްސީލު ދެއްވަމުން ޒަމީރު ވިދާޅުވި އެވެ.

މިނިސްޓަރު އެމޭރުމުން ވާހަކަ ދައްކަވަނިކޮށް، " ސީޒް ފަޔާ ނައު[ހަމަލާ ދިނުން މިހާރު ހުއްޓައިލާ]" އޭ ކިޔައި މުޒާހަރާގެ ބައިވެރިން އަޑު އުފުލަން ފެށި އެވެ.

ޒަމީރު ވިދާޅުވީ ސަރުކާރުގެ ވެސް އޮތީ ހަމަ އެ ވިސްނުން ކަމަށެވެ.

"ސީޒް ފަޔާ ނައު އިނގޭތޯ އަޅުގަނޑުމެންގެ ވެސް ސްޓޭންޑަކީ. ސީޒް ފަޔާ ނައު" އޭނާ ވިދާޅުވި އެވެ.

ޒަމީރު މިހެން ވިދާޅުވި ނަމަވެސް، ސީޒްފަޔާއަށް ރައީސް ގޮވާލެއްވި ވާހަކަ އެއިން އެއްވެސް ބައްދަލުވުމަކަށްފަހު ރައީސް އޮފީހުން ޝާއިރުކުރި އެއްވެސް ހަބަރެއްގައި ހިމަނާފައެއް ނުވެ އެވެ.

މިދިޔަ އޮކްޓޫބަރު މަހު 7 ގައި ފެށި ހަނގުރާމައަށް ދޮޅު މަސް ވާން ގާތްވެފައިވާއިރު މިހައިތަނަށް އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުގެ 12،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ. އޭގެތެރެއިން 5000 އަކީ ކުޑަކުދިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox